Roadha Mihaaru
ސީކްރެޓް ސާވިސްގެ ވެރިޔާ އިސްތިއުފާ ދެއްވައިފި

ޓްރަމްޕަށް ހަމަލާދިން ހާދިސާއާ ގުޅިގެން ސީކްރެޓް ސާވިސްގެ ވެރިޔާ އިސްތިއުފާ ދެއްވައިފި

23 ޖުލައި 2024

އެމެރިކާގެ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ސީކްރެޓް ސާވިސްއަށް އަމާޒުވި ބޮޑެތި ފާޑުކިޔުންތަކަށް ފަހު އެ އިދާރާގެ ޑިރެކްޓަރު ކިމްބަލީ ޗީޓްލް އަންގާރަ ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.

އެމެރިކާގެ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ސީކްރެޓް ސާވިސްއަށް އަމާޒުވި ބޮޑެތި ފާޑުކިޔުންތަކަށް ފަހު އެ އިދާރާގެ ޑިރެކްޓަރު ކިމްބަލީ ޗީޓްލް އަންގާރަ ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.

ކެމްޕެެއިން ރެލީއެއްގައި ވާހަކަ ދައްކަން ހުންނަވަނިކޮށް، އުމުރުން 20 އަހަރުގެ މީހަކު ދިން ބަޑީގެ ހަމަލާގައި ޓްރަމްޕް ޒަހަމްވި ހާދިސާއަށް ފަހު ޗީޓްލް އިސްތިއުފާ ދެއްވުމަށް، ވެރިކަންކުރާ ޑިމޮކްރެޓުންނާއި ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން ވެސް ވަނީ ގޮވާލައިފަ އެވެ.

"މިހާރުވެސް މާ ލަސްވެއްޖެ. މިކަން މިދިޔަ ހަފްތާގައި އޮންނަން ޖެހޭނީ ނިމިފައި،" ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް، ރިޕަބްލިކަން ޕާޓީގެ މެންބަރު މައިކް ޖޯންސަން ވިދާޅުވި އެވެ. "އެކަމަކު ޑިމޮކްރެޓުންނާއި ރިޕަބްލިކަންގެ ގޮވާލުމަށް އިޖާބަ ދިނީތީ އުފާކުރަން."

ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް ފަހު މިހާރު ވާދަ ނުކުރަން ނިންމަވާފައިވާ ރައީސް ޖޯ ބައިޑެން ވަނީ ޗީޓްލްސް ތިރީހަކަށް އަހަރު ސީކްރެޓް ސާވިސްގައި ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވަނީ ގައުމު ދިފާއުކުރުމުގައި ފުރާނަ ނުރައްކަލަށް ހުށަހެޅޭ ހާލަތުގައި ވެސް ތެދުވެރި މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށް ބައިޑެން ވިދާޅުވި އެވެ.

ޗީޓްލްގެ އިސްތިއުފާއާ ގުޅިގެން ބައިޑެން ނެރުއްވި ބަޔާނުގައި ވިދާޅުވީ "އެ ދުވަހު ވީ ގޮތް އެންމެންނަށް ވެސް އެނގޭ" ކަމަށާއި އެކަމަކު "ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެ" ކަމަށެވެ. ބައިޑެން ވިދާޅުވީ ޗީޓްލްގެ ބަދަލުގައި ވަރަށް އަވަހަށް މަގާމަށް ބޭފުޅަކު ހަމަޖައްސާނެ ކަމަށެވެ.

ކޮންގްރެސް އަށް ހާޒިރުކުރުމުން ޗީޓްލް ވަނީ ޓްރަމްޕަށް ހަމަލާ ދެވުމަކީ ސީކްރެޓް ސާވިސްގެ ފަހުގެ ތާރީހެއްގައި އެންމެ ބޮޑު އޮޕަރޭޝަނަލް ފެއިލިއާ ކަމަށް ވިދާޅުވެފަ އެވެ.

ޗީޓްލް ވަނީ 27 އަހަރު ވަންދެން ސީކްރެޓް ސާވިސް އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ފަހުން އޭނާ 2021 ވަނަ އަހަރު ވަނީ ޕެޕްސީކޯ ނޯތު އެމެރިކާގެ ސެކިއުރިޓީ ހެޑްގެ މަގާމަށް ވަޑައިގެންފަ އެވެ.

ސީކްރެޓް ސާވިސްގެ އިސްވެރިއަކަށް ހަމަޖެއްސެވީ 2022 ވަނަ އަހަރު ރައީސް ބައިޑަން އެވެ. -- އޭއެފްޕީ