08 ސެޕްޓެމްބަރ 2024
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ސާބިތުވެފައިވާ، ކުށްތަކަށް އަދަބު ކަނޑައަޅައި ހުކުމްކުރުން އިންތިހާބުގެ ފަހަށް ތާވަލްކޮށް ފަސްކޮށްފި އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ސާބިތުވެފައިވާ، ކުށްތަކަށް އަދަބު ކަނޑައަޅައި ހުކުމްކުރުން އިންތިހާބުގެ ފަހަށް ތާވަލްކޮށް ފަސްކޮށްފި އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ނައިބު ރައީސް ކަމަލާ ހެރިސްއާ ވަރަށް ވާދަވެރި ކެމްޕޭނެއްގައި އުޅުއްވާ ރިޕަބްލިކަން ކެންޑިޑޭޓް ޓްރަމްޕަށް މިއީ ލިބިވަޑައިގަތް ބޮޑު ހިތްހަމަޖެހުމެކެވެ.
ޓްރަމްޕަށް ސާބިތުވެފައިވަނީ އެންމެ ފުރަތަމަ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރެއްވި އިރު ކެމްޕެއިން ތެރޭ އޭނާއާ ދެކޮޅު ވާހަކަތަަކެއް ހުއްޓުވަން ކެމްޕެއިން ފައިސާއިން ހަރަދުކޮށް އެކަމާ ގުޅޭ ލިޔެކިޔުންތަކާއި ހިސާބުތައް އޮޅުވާލި މައްސަލައިގެ ދައުވާ އެވެ. ބަރަހަނާ ފިލްމު ކުޅޭ މީހެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކު ބޭއްވި ނަހަމަ ގުޅުމުގެ ވާހަކަ އޭނާ ދައްކަފާނެތީ ޓްރަމްޕް އޭނާގެ ވަކީލް މެދުވެރިކޮށް ޑެނިލިއަލްސް އަށް ކެމްޕެއިން ފައިސާއިން 130،000 ޑޮލަރު ދިންކަން އޮތީ ސާބިތުވެފަ އެވެ.
މި ދައުވާގެ އަދަބު ކަނޑައެޅުން މި މަހުގެ 18 އަށް ތާވަލްކޮށްފައި އޮތަސް ހުކުރު ދުވަހު ފަނޑިޔާރު ނިންމެވީ ނޮވެމްބަރު މަހުގެ 26 އަށް މިކަން ފަސްކުރުމަށެވެ. އެެއީ ނޮވެމްބަރު 5 ގައި އޮންނަ އިންތިހާބުގެ ތިން ހަފްތާ ފަހެވެ. މިއީ ޓްރަމްޕުގެ ވަކީލުން ވެސް އެދިވަޑައިގަތް ގޮތެވެ.
"މިއީ ކޯޓުން ނިންމި އާދައިގެ ކަމެއް ނޫން. މިއީ ކޯޓުން ގަބޫލުކުރާ ގޮތުގައި މިކަމުގައި އެންމެ އިންސާފުވެރި ގޮތް،" ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.
ކޯޓުގެ ނިންމުމަށް މަރުހަބާ ވިދާޅުވެ ޓްރަމްޕް ވަނީ މި ދައުވާތައް ބާތިލްކުރަން ޖެހޭ ކަމަށް އަނެއްކާވެސް ވިދާޅުވެފަ އެވެ.
ކޯޓުގެ މި ނިންމުން އައިސްފައި މި ވަނީ ޓްރަމްޕާއި ކަމަލާގެ ރިޔާސީ ބަހުސް މި އަންގާރަ ދުވަހަށް ތާވަލްކޮށް އެކަމުގެ ފޯރި އާއި ވާދަވެރިކަން ވަރަށް ބޮޑުވެފައިވާ ވަގުތެއްގަ އެވެ. -- އޭއެފްޕީ
ޓްރަމްޕް އަވަހާރަކޮށްލަން އަނެއްކާވެސް މަސައްކަތްކޮށްފި
ޓްރަމްޕުގެ ޓްވީޓެއް: އައި ހޭޓް ޓޭލާ ސްވިފްޓް
ޓްރަމްޕް ވިދާޅުވަނީ މިއީ ފޭކް ފޮޓޯއެއް ކަމަށް
ޓްރަމްޕަށް ހަމަލާދިން ސަބަބާއި ރޭވި ބަޔަކު ވެސް ނޭނގެ
ޓްރަމްޕަށް މަހަކު 45 މިލިއަނެއް ނުދެން: މަސްކް
ސީކްރެޓް ސާވިސްގެ ވެރިޔާ އިސްތިއުފާ ދެއްވައިފި
ސީކްރެޓް ސާވިސްގެ އަންހެނުންނަށް މަލާމާތްކުރާތީ ރައްދެއް
އީރާނުން ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެފި
ޓްރަމްޕް: ސަލާމަތް ވިޔަސް މި ހުރީ "މަރުވެފައި"
ސީކްރެޓް ސާވިސްގެ ރިިވިއުއެއް ހަދަން ފުރުސަތު ދެނީ