އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕެއިނަށް މަހުޖަނު އީލޮން މަސްކު މަހަކު 45 މިލިއަން ޑޮލަރު ހޭދަކުރައްވާ ކަމަށް ބުނާ ރިޕޯޓްތަކަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕެއިނަށް މަހުޖަނު އީލޮން މަސްކު މަހަކު 45 މިލިއަން ޑޮލަރު ހޭދަކުރައްވާ ކަމަށް ބުނާ ރިޕޯޓްތަކަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި އަންގާރަ ދުވަހު ކުރެއްވި ޕޯސްޓެއްގައި މަސްކް ވަނީ ޕޮލިޓިކަލް ސުޕަ-ޕީއޭސީއަކަށް ފަންޑުކުރާ ކަމަށް ބުނާ ވާހަކަ އަކީ ތާކުންތާކުޖެހޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ސުޕަ ޕީއޭސީއަކީ ސިޔާސީ ކެންޑިޑޭޓުންނަށާއި އެކި ކަންކަމަށް ވަކި ލިމިޓެއް ނެތި ހަރަދުކުރެވޭ ގޮތަށް ހާއްސަކޮށް ހަދާފައި އޮންނަ ގްރޫޕްތަކެކެވެ.
"އަޅުގަނޑު އެމެރިކާ ޕީއޭސީއަކަށް ހަރަދުކުރަން. އެކަމަކު އެއީ އެ ބުނާ ވަރަށް ވުރެ މާ މަދުން. އަދި އެ ޕީއޭސީގެ މައިގަނޑު އަސާސަކީ ސަރުކާރުގެ ހިންގުންތެރިކްނާއި ފަރުދުންގެ މިނިވަންކަމަށް ބާރުއެޅުން."
"ރިޕަބްލިކަން އަކީ ޖުމްލަ ގޮތެއްގައި މި ކަންކަމަށް ތާއީދުކުރާ، އެކަމަކު މުޅިން އެގޮތަށް އަމަލުކުރާ ބައެއް ނޫން،" މަސްކް ލިޔުއްވާފައިވެ އެވެ.
މަސްކް މިހެން ވިދާޅުވެފައި މި ވަނީ ނައިބު ރައީސް ކަމަލާ ހެރިސް އަށް ފުރުސަތު ދެއްވުމަށް ފަހު ރައީސް ޖޯ ބައިޑަން ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމާ އެކު ޑިމޮކްރެޓުންގެ ކެމްޕެއިން އަލުން ވަރުގަދަވެފައި ވަނިކޮށެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަސްކް ޕީއޭސީއަށް މަހަކު 45 މިލިއަން ޑޮލަރު ހަދިޔާ ކުރަން ނިންމާފައިވާ އިރު، މަސްކް މީގެ މަހެއްހާ ދުވަސް ކުރިން ޓްރަމްޕަށް ވެސް އަދި ރައީސް ބައިޑަން އަށް ވެސް ފަންޑެއް ނުކުރައްވަ އެވެ.
ޓެސްލާގެ ވެރިޔާ މަސްކް ރަސްމީކޮށް ޓްރަމްޕަށް ތާއީދު ކުރައްވައި އެކަން އިއުލާނުކުރައްވާފައި ވަނީ ޕެންސިލްވޭނިއާގައި ބޭއްވި ރެލީއެއްގައި ޓްރަމްޕް އަވަހާރަކޮށްލަން ބަޑިން ހަަމަލާދިން ހާދިސާއަށް ފަހު އެވެ. -- އޭއެފްޕީ
މަސްކް އުޅޭ ގޮތުން ނަތީޖާ ވަރަށް ގޯސްވެދާނެ: ޓްރަމްޕު
ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ބޮޑެތި މުޒާހަރާތަކެއް
މަސްކް ކޮންމެ ދުވަހަކު އެއް މިލިއަން ޑޮލަރު ދެނީ!
ޓްރަމްޕަށް ޓުވީޓާ އެކައުންޓް އަލުން ދީފި
އިޒްރޭލް ކުށްވެރިކޮށް ޝީ އާއި ޕުޓިންގެ އިންޒާރެއް!
އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް ޓްރަމްޕްގެ ރުހުން
ޝަރުތަކާ ނުލައި އިރާނުން އަމާން ދޭންޖެހޭ: ޓްރަމްޕް
ސަރުކާރުން ނުކުތުމަށް ފަހު މަސްކް ޓްރަމްޕަށް ފާޑުކިޔަނީ
އީލޮން މަސްކް އެމެރިކާ ސަރުކާރުން ވަކިވެއްޖެ
ގާނޫނުއަސާސީ ހިމާޔަތްކުރަންޖެހޭ ކަމެއް ނޭނގެ: ޓްރަމްޕު