Roadha Mihaaru

މަސްކް އުޅޭ ގޮތުން ނަތީޖާ ވަރަށް ގޯސްވެދާނެ: ޓްރަމްޕު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހަޅުއްވާފައިވާ، ހަރަދުގެ ބިލަށް އޭނާގެ ކުރީގެ އެޑްވައިޒަރު އީލޮން މަސްކް ފާޑުކިޔަމުން ދާތީ އާއި އެ ބިލަށް ވޯޓު ދޭ ރިޕަބްލިކަން ޕާޓީގެ މެންބަރުންނާ ދެކޮޅަށް ޕްރައިމަރީގައި މަސައްކަތްކުރުމަށް ބައެއް މެންބަރުން ގޮވާލަމުން ދާތީ ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

އެންމެ ނުފޫޒު ގަދަ ރައީސް އާއި އެންމެ މުއްސަނދި މީހާގެ ގާތް ގުޅުން ކުއްލިއަކަށް ވަރަށް ބޮޑަށް ގޯސްވެ ބަހުގެ ހަމަލާ ދެމުން ގެންދާއިރު ޓްރަމްޕް ވިދާޅުވީ ބިލާ ދެކޮޅު މެންބަރުން އެދެމުންދާ ގޮތަށް، ބިލަށް ތާއީދުކުރާ މެންބަރުންނާ ދެކޮޅަށް މަސްކް މަސައްކަތްކުރާ ނަމަ "ސީރިއަސް ނަތީޖާތަކެއް ނުކުމެދާނެ" ކަމަށެވެ.

އެމެރިކާގެ ދަރަނި ވަރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވޭ އެކަމަކު ޓްރަމްޕުގެ ބަހުން ނަމަ، ބިގް، ބިއުޓިފުލް" ބިލަކީ މަސްކު ބުނާ ގޮތުން އޭނާ ސަރުކާރުގައި ހުރެގެން އެޅި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ބޭނުން ކެނޑޭނެ ބިލެކެވެ.

ބިލާ މެދު އޮތް ދެކޮޅުވެރިކަމުގައި މަސްކުގެ ފާޑުކިޔުން ހަރުކަށިވުމުން ޓްރަމްޕު ވެސް ރުޅިވެރިކަމާ އެކު ރައްދު ދެއްވަން ވަނީ ފައްޓަވައިފަ އެވެ.

މި ބިލާ ދެކޮޅު ބައެއް މެމްބަރުން ވަނީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް މާލީ ގޮތުން އެންމެ ގިނަ އެހީވި އެއް ސަޕޯޓަރު ކަމަށްވާ މަސްކްގެ ކިބައިން، އެ ބިލަށް ތާއީދު ކުރި ރިޕަބްލިކަން މެމްބަރުންނާ ދެކޮޅަށް ޕްރައިމަރީގައި ކޮށްދިނުމަށް އެދިފަ އެވެ.

"އެގޮތަށް ކަންތައް ކޮށްފި ނަމަ ވަރަށް ސީރިއަސް ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ،" މަސްކް އަކީ މީހުންނަށް އިހުތިރާމް ނުކުރާ މީހެއް ކަމަށް ސިފަކުރަައްވަމުން ޓްރަމްޕް ހޮނިހިރު ދުވަހު އެންބީސީ ނިއުސްއަށް ވިދާޅުވި އެވެ.

ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯގެ މަގާމުގައި ހުންނެވި މަސްކާ ގުޅުން ރަނގަޅު ކުރަން ބޭނުން ނުވާ ކަމަށާއި އޭނާއާ މުއާމަލާތް ކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.