Roadha Mihaaru
ރާއްޖެ އަށް އިތުރު 1،000 ހައްޖު ކޯޓާ ލިބިއްޖެ

ރާއްޖެ އަށް އިތުރު 1،000 ހައްޖު ކޯޓާ ލިބިއްޖެ

20 އޯގަސްޓް 2017

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ރާއްޖެ އަށް އިތުރު 1،000 ކޯޓާ ސައޫދީ އަރަބިއްޔާގެ ސަރުކާރުން މިއަދު ހަމަޖައްސައިދީފި އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ރާއްޖެ އަށް އިތުރު 1،000 ކޯޓާ ސައޫދީ އަރަބިއްޔާގެ ސަރުކާރުން މިއަދު ހަމަޖައްސައިދީފި އެވެ.

ކުރިން ހަމަޖެހިފައި އޮތް އަދަދު ކަމަށްވާ 1،000 މީހުންގެ ޖާގަ އަށް ހަތަރު ކުންފުންޏެއް މެދުވެރިވެގެން ހައަޖުވެރިން މިހާރު ތިބީ މައްކާ އަށް އައިހެވެ. އެއީ ސަރުކާރުގެ ކުންފުނި، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް އައި 700 މީހުންނާއި ޒައީމާ ގުރޫޕްގެ ހަވާލުގައި އައި 100 މީހުންނާއި ސިސިލްފަރު ޖަމާއަތުގެ ހަވާލުގައި އައި 100 މީހުންނާއި ހަރަމައިން ޖަމާއަތުގެ ހަވާލުގައި އައި 100 މީހުންނެވެ.

އަލަށް ހަމަޖެހުނު 1،000 މީހުންގެ ޖާގައިގެ ތެރެއިން 500 މީހުންނާ ހަވާލު ވަނީ ހައްޖު ކޯޕަރޭޝަންގެ ފަރާތުންނެވެ. އަނެއް 500 ކޯޓާ ބަހާލުމަށް ހަމަޖެހިފައިވަނީ އަނެއް ތިން ކުންފުންނަށެވެ. ނަމަވެސް އެ ކުންފުނިތަކުން ހަވާލުވަނީ ކިތައް މީހުންނާ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.