03 ސެޕްޓެމްބަރ 2017
ދިވެހި ހައްޖުވެރިން މިނާ އިން މައްކާ އަށް މިއަދު ދާން ފަށައިފި އެވެ.
ދިވެހި ހައްޖުވެރިން މިނާ އިން މައްކާ އަށް މިއަދު ދާން ފަށައިފި އެވެ.
ސިސިލްފަރު ގްރޫޕުގެ މީހުން ނޫން އެހެން ގްރޫޕްތަކުގެ މީހުން މައްކާ އަށް ދާން ފެށީ މިއަދު މެންދުރު ނަމާދަށް ފަހު އެވެ. ހަރަމައިން ގްރޫޕުގެ ބައެއް މީހުން މިހާރު ވަނީ މައްކާ އަށް ފުރައިފަ އެވެ.
ހައްޖު ކޯޕަރޭޝަނާއި ޒައީމާ ގްރޫޕުގެ އެންމެން ވެސް މިއަދު ހަވީރު މައްކާ އަށް ފުރާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ހައްޖު ކޯޕަރޭޝަނުގެ ގިނަ އަދަދެއްގެ ބަޔަކު މައްކާ އަށް ދާނީ ހިނގައިފަ އެވެ. ބަހުގައި ދާގޮތަށް އޮތީ ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.
ސިސިލްފަރު މީހުން މައްކާ އަށް ދާނީ މާދަމާ ހިލަ އުކުމަށް ފަހު އެވެ.
ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅެވެ.
ދިވެހި ބައެއް ހައްޖާޖީން މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގްރޫޕާ ވަކިވެ، މަގު އޮޅިގެން ގެއްލުނެވެ. އޭގެތެރެއިން އެންމެ މީހަކު ފިޔަވައި އެންމެން ވަނީ ފެނިފަ އެވެ. ގެއްލުނު މީހުންގެ ތެރެއިން މިހާރު ހޯދަމުން އަންނަނީ 71 އަހަރުގެ ފިރިހެނެކެވެ.
މިއަހަރުގެ ހައްޖުގައި ރާއްޖޭގެ 1،300 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ. މިއަހަރުގެ ހައްޖަށް ސައޫދީ ސަރުކާރުން އެންމެ ފުރަތަމަ ރާއްޖެ އަށް ދިނީ 1،000 މީހުންގެ ޖާގަ އެވެ. ނަމަވެސް އެ ޖާގަ އަށް ހުރިހާ ދިވެހިން މައްކާ އަށް އައި ފަހުން، ސައޫދީ ސަރުކާރުން އިތުރު 1،000 ޖާގަ ރާއްޖެ އަށް ދިނެވެ. ނަމަވެސް ވަގުތު ކުޑަތަންވެފައި ވުމުގެ ސަބަބުން، އެ ޖާގަ އަށް ރާއްޖޭން އާދެވުނީ 300 މީހުންނަށެވެ.
މިއަހަރުގެ ހައްޖަށް ރާއްޖޭން މީހުން ގެނައީ ހަތަރު ކުންފުންޏަކުންނެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައި 1،000 މީހުންނާއި ޒައީ ގުރޫޕްގެ ހަވާލުގައި އައި 100 މީހުންނާއި ސިސިލްފަރު ޖަމާއަތުގެ ހަވާލުގައި އައި 100 މީހުންނާއި ހަރަމައިން ޖަމާއަތުގެ ހަވާލުގައި އައި 100 މީހުންނެވެ.
ހައްޖާޖީންގެ ފުރަތަމަ ގުރޫޕު ރާއްޖެ އަންނާނީ މާދަމާ
ރާއްޖެ އަށް އިތުރު 1،000 ހައްޖު ކޯޓާ ލިބިއްޖެ
ހައްޖަށް ފުރުމުގެ އަސަރު ގަދަ ވަގުތުކޮޅު
ދިވެހި ހައްޖުވެރިން ފުރަން ފަށައިފި
ހައްޖަށް ގެންދިޔުމަށް ހަ ކުންފުންޏަކަށް ހުއްދަ ދީފި
އާންމުންނާ އެކު ދިވެހި ސަފީރުގެ ތަފާތު ހައްޖު ދަތުރު!
ހާޓް އެޓޭކެއް ޖެހި ހައްޖަށް ދިޔަ ދިވެއްސަކު މަރުވެއްޖެ
ހުއްދަ ނެތި މައްކާ އަށް ވަންނަން އުޅުނު 70،000 މީހުން ބޭރުކޮށްފި
ހަރަމައިން ކުންފުނިން ވެސް އިތުރަށް ފައިސާ ނަގަނީ!
ހައްޖުގެ އަޅުކަމަށް ފުރޭތީ ހިނިތުންވެފައި