Roadha Mihaaru
އަދީބަށް ކުރާ އާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފަށަނީ

އަދީބަށް ކުރާ އާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި

16 އޯގަސްޓް 2017

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއްކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ އާ އަށް ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއްކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ އާ އަށް ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އެކި ފަރާތްތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ މައްސަލާގައި މަގާމުގެ ނުފޫޒު ބޭނުންކޮށް ފައިދާއެއް ހޯދައި ދިނުމުގެ ދައުވާގެ ނުވަ ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައިވާއިރު މާދަމާ ފަށަނީ އޭގެ ތެރެއިން އަށް ދައުވާއެއްގެ ޝަރީއަތެވެ. އެއީ ނުވަ ރަށަކާ ގުޅޭ ވަކި ނުވަ ދައުވާއެކެވެ.

މިހާރު ވެސް އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ އަދީބުގެ މައްޗަށް އެ ނުވަ ދައުވާ ސާބިތުވެއްޖެ ނަމަ ގިނަވެގެން 27 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބަ އޮތެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ ޚިޔާނާތުގެ 25 ދައުވާއެއް އުފުލައިފަ އެވެ. ޒިޔަތު މިވަގުތު ވެސް ގެންދަވަނީ ޚިޔާނާތުގެ މައްސަލައެއްގައި އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.