Roadha Mihaaru
ވަކީލަކު އައްޔަންކުރަން އަދީބަށް 10 ދުވަސް ދީފި

ވަކީލަކު އައްޔަންކުރަން އަދީބަށް 10 ދުވަސް ދީފި

17 އޯގަސްޓް 2017

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ އެތައް ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ހުށަހެޅި އާ ދައުވާތަކާ ގުޅިގެން ވަކީލަކު އައްޔަން ކުރަން އެމަނިކުފާނަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ އެތައް ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ހުށަހެޅި އާ ދައުވާތަކާ ގުޅިގެން ވަކީލަކު އައްޔަން ކުރަން އެމަނިކުފާނަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އެކި ފަރާތްތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ މައްސަލާގައި މަގާމުގެ ނުފޫޒު ބޭނުންކޮށް ފައިދާ ހޯދައިދިން ކަމަށް ބުނެ، ދައުލަތުން ކުރާ ދައުވާއާ ގުޅިގެން މިއަދު ކޯޓުގައި އޮތީ އޭގެ ތެރެއިން އަށް ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ.

އެ މައްސަލާގައި އިތުރު ދައުވާއެއް ވެސް އަދީބުގެ މައްޗަށް ކުރެ އެވެ.

ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ މައްސަލަތައް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ވިދާޅުވެ، އެކަމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިވަޑައިގެންފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތަށް ފަހު، އަދީބު އަނބުރާ ދޫނިދު އަށް ގެންދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތަށް ފަހު، އަދީބު އަނބުރާ ދޫނިދު އަށް ގެންދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އެކަމަކު، އެ މައްސަލަ ބައްލަވާ އާދަމް އާރިފް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވަކީލަކު އައްޔަން ކުރަން ދެވޭނީ 10 ދުވަސް ކަމަށެވެ. އަދި މަގުބޫލު އުޒުރެއް ދިމާވެއްޖެ ނަމަ، އެ މުއްދަތު އިތުރުކޮށްދެވިދާނެ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.

އާދަމް ވަނީ މި މައްސަލަތަކުގެ އަޑުއެހުންތައް 10 ދުވަސް ފަހުން ބާއްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި އާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތަކުގައި އަދީބު މިހާރު ވެސް ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އާ ދައުވާތައް ސާބިތުވެއްޖެ ނަމަ، އަދީބަށް ގިނަވެގެން 27 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ ޚިޔާނާތުގެ 25 ދައުވާއެއް އުފުލައިފަ އެވެ. ޒިޔަތު މިވަގުތު ވެސް ގެންދަވަނީ ޚިޔާނާތުގެ މައްސަލައެއްގައި އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.