Roadha Mihaaru
އަދީބުގެ ދެ ޝަރީއަތެއް ސިއްރުކޮށްފި

ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދީބުގެ ދެ ޝަރީއަތެއް ސިއްރު

04 ޖޫން 2016

ކްރިމިނަލް ކޯޓުގައި މިއަދު ބާއްވަން އޮތް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ޝަރީއަތެއް އެ ކޯޓުން ސިއްރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބާއްވަން އޮތް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ޝަރީއަތެއް އެ ކޯޓުން ސިއްރުކޮށްފި އެވެ.

މިއަދު ހެނދުނު 9:00 އަދި މެންދުރު 1:00 އަށް ތާވަލްކޮށްފައިވާ ދެ ޝަރީއަތް ސިއްރުކުރީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އެވެ.

އަދީބުގެ ދެ ޝަރީއަތުގެ ތެރެއިން ހެނދުނު 9:00 ގައި ބާއްވަން ނިންމާފައި ވަނީ އޭނާ ފިސްތޯލައެއް ގެންގުޅުނު ކަމުގެ މައްސަލަ އެވެ. މެންދުރު 1:00 ގައި އޮތީ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްވި ކަމުގެ ތުހުމަތުގައި އަދީބުގެ މައްޗަށް ކުރާ ޝަރީއަތެވެ. މި ދެ މައްސަލާގައި ވެސް މިއަދު އޮތީ ހުލާސާ ބަޔާން އިއްވުން ކަމަށްވާއިރު، ދެން އޮންނާނީ ހުކުމް ކުރުމެވެ. އެކަމަކު ހުކުމް އިއްވާނެ ދުވަހެއް އަދި ނޭނގެ އެވެ.

އަދީބުގެ ދެ ޝަރީއަތް ސިއްރުކުރިއިރު، ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެން އުޅުނު ކަމަށް ބުނެ ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ކުރާ ޝަރީއަތުގައި މިދިޔަ ބުރާސްފަތިދުވަހުގެ އަޑުއެހުމުގައި އޭނާ އާއި ގާޒީ އަބްދުލް ބާރީ ޔޫސުފްއާ ދެމެދު ވަނީ ހޫނު ޒުވާބެއް ހިނގައިފަ އެވެ. އަދި ގާޒީ ބާރީ އަށް މުހުތާޒް ވަނީ ހޫނު ރައްދެއް ދީފަ އެވެ.

އެގޮތަށް ޒުވާބު ދިޔައީ މާ އަވަސް އަރުވާލައިގެން ޝަރީއަތްތައް ކުރިއަށް ގެންދަވާތީ އެވެ. މިދިއަ ބުރާސްފަތިދުވަހު ހެނދުން ފެށިގެން ރޭގަނޑު 1:30 އާ ހަމައަށް ގާޒީ ބާރީ ވަނީ ޝަރީއަތްތައް ކުރިއަށް ގެންދަވައިފަ އެވެ.