06 ސެޕްޓެމްބަރ 2022
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެ ރަށް ވަކި ބަޔަކަށް ކުއްޔަށް ދޭން ނިންމައި އަދި ރަށުގެ އަގު ކުޑަކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެ ރަށް ވަކި ބަޔަކަށް ކުއްޔަށް ދޭން ނިންމައި އަދި ރަށުގެ އަގު ކުޑަކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
އާރަށް މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އާރަށް ކުއްޔަށް ދިނުމުން ޔާމީނަށް އެއް މިލިއަން ޑޮލަރު ޔޫސުފް ނައީމް ރިޝްވަތުގެ ގޮތުގައި ދެއްވި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދެމުން އަދީބު ވިދާޅުވި ގޮތުގައި އާރަށަށް އިންވެސްޓް ކުރާނެ ބަޔަކު އެބަތިބި ކަމަށާއި އެރަށް ލިބިއްޖެއްޔާ އެއް މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޔޫސުފް ނައީމް އޭނާގެ ގާތު ވިދާޅުވި ކަމަށެވެ. އޭރު އެރަށަކީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އޮތް ރަށަކަށް ވާތީ އެކަމުގައި ކޮށްދެވޭނެ ކަމެއް ނެތް ކަމަށް އޭރު ބުނެފައިވާނެ ކަމަށް އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވި ގޮތުގައި އޭގެ ފަހުން އެރަށާ ގުޅޭގޮތުން ޔާމީން އޭނާއަށް ގުޅުއްވި އެވެ. އަދި އެ އެރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓްގެ އިކޮނޮމިކް ކައުންސިލަށް ޔާމީން ފޮނުއްވި ކަމަށާއި އެހެންވެ، އެގޮތަށް އެ ކައުންސިލުން ނިންމި ކަމަށް އަދީބު ވިދާޅުވި އެވެ.
"ޔާމީން ގުޅުއްވާފައި ވިދާޅުވީ ޔޫސުފް ނައީމަށް އެ ރަށް ބަދަލު ކުރާށޭ. ޔޫސުފް ނައީމް ވިދާޅުވެގެންނޭ އެޖެންޑާ ކޮށްފައި އެގްރިކަލްޗާގެ ދަށުން ބާތިލްކޮށްފައި ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރަނީ." އަދީބު ވިދާޅުވި އެވެ.
"ނިންމީމަ ވެސް ވިދާޅުވި ޔޫސުފް ނައީމަށް ގުޅައިގެން ކުރިއަށް ދާށޭ." އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ މިނިސްޓްރީގެ ދަށަށް އެރަށް ބަދަލު ކުރުމުން އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކަށް އެރަށް ކުއްޔަށް ދޭން ފުރަތަމަ ނިންމީ ފަސް މިލިއަން ޑޮލަރަށެވެ.
އެކަމަކު އެ އަގު ތިން މިލިއަން ޑޮލަރަށް ކުޑަކުރަން ޔާމީން އެންގެވި ކަމަށް އަދީބު ވިދާޅުވި އެވެ. އަދި ރަށުގެ އެއްބަސްވުމުގައި ސޮއިކުރަން ގާތްވެފައި އޮއްވައި އެ އަގު ދެ މިލިއަން ޑޮލަރަށް ކުޑަކުރަން ޔާމީން އެންގެވުމުން އެގޮތަށް އަމަލުކުރި ކަމަށް އަދީބު ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ އިރުޝާދު އަންނަނީ އެ ބޭފުޅާ ބޭނުންވީމަ ބަދަލުކުރަން. ދެން އަޅުގަނޑު ވެސް އަބަދު އިރުޝާދު ހޯދަން ރައީސް ޔާމީންގެ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން )ކ( އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު. --- ފޮޓޯ/ރައީސް
އަދީބު ވިދާޅުވި ގޮތުގައި ޔާމީނަށް ފައިސާ ދިން ކަމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ޔޫސުފް ނައީމް އޭނާ ގާތު ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑު ހަނދާންވަނީ އެއް މިލިއަން ޑޮލަރު،" އެއީ ކިހާ ފައިސާއެއްތޯ ދައުލަތުން ސުވާލު ކުރުމުން އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެހެން ފަރާތެއްގެ އަތުގައި ކުރިން އޮތް ރަށެއް އަތުލާއިރު ބަދަލު ދިނުމުގެ ކަންކަން ހަމަޖައްސަން އާންމުކޮށް ތިން މަހެއްހާ ދުވަސް ނަގާ ކަމަށެވެ. އެކަމަކު އާރަށުގެ ކަންތަކުގައި ހުރިހާ ކަމެއް ނިމިގެން ދިޔައީ ވަރަށް އަވަހަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހީވަނީ އާރަށް ކަންތަކުގައި މަހެއްހާ ދުވަސް ތެރޭގައި ހުރިހާ ކަމެއް ނިމިއްޖެހެން،" އަދީބު ވިދާޅުވި އެވެ.
ޔާމީނާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ނަން ދައުލަތުން ހުށަހަޅާފައި އޮއްވާ، ހެކިބަސް ދޭން ޖެހިލުންވާ ކަމަށް ބުނެ އޭނާގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ބުންޏެވެ.
ދައުލަތުން ބުނީ އައްލާމް ހެކިބަސް ދޭން ޖެހިލުންވަނީ އޭނާ މިހާރު ދިރިއުޅޭ ގައުމުގެ ކަމާބެހޭ އިދާރާތަކަށް ބަޔަކު މައްސަލަ ހުށަހަޅައިގެން އޭނާއަށް އެކި އުނދަގޫތައް ކުރިމަތިކުރަން މަސައްކަތް ކުރާތީ ކަމަށެވެ. އޭނާ މިހާރު ދިރިއުޅެނީ އިނގިރޭސިވިލާތުގަ އެވެ.
ޔާމީނާ ދެކޮޅަށް ހުށަހެޅި ހެއްކެއްގެ ޗެއިން އޮފް ކަސްޓަޑީގެ ފޯމްގައި ނުބައި ތާރީޚެއް ލިޔެފައި އޮތް މައްސަލަ ކުރިން ފެންމަތިވެފައިވާތީ އެކަމާ ބެހޭގޮތުން އާ ހެކިވެރިއަކު ހާޒިރުކުރަން ދައުލަތުން މިއަދު އެދުނެވެ. އެކަމަކު ގާޒީ ނިންމެވީ އެ ފުރުސަތު ނުދިނުމަށެވެ. އެއީ ހުށަހަޅަންޖެހޭ ހެކިތައް ކުރިން ހުށަހަޅާފައިވާތީ އެވެ.
އެ މައްސަލާގައި ދެން އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އޭގެ ތެރެއިން ބައެއް ހެކިން އުފައްދާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރި އެވެ. އެއީ ތަހުގީގުގައި ހަނު ހުރުމަށްފަހު ދިފާއީ ހެކިތަކެއް ހުށަހަޅާފައިވާތީ އާއި މައްސަލައާ ނުގުޅޭ ކަންތައްތަކެއް ސާބިތުކުރަން ހެކި ހުށަހަޅާފައިވާތީ އެވެ.
ދިފާއީ ވަކީލުން ވިދާޅުވީ ހެކި ބަލައިނުގަތުމަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ބަންދުވެފައިވާ ކަމަށެވެ.
ދައުލަތުން ދެން އެދުނީ ދިފާއީ ހެކިން ހާޒިރުކުރާ ނަމަ، ހުރިހާ ހެކިން އެއް ދުވަހެއްގައި ހާޒިރު ކުރުމަށެވެ. އެއީ އެހެން ނޫންނަމަ، އެންމެ ރާވައިގެން ވަކި ގޮތަކަށް ހެކިބަސް ދޭން މަސައްކަތް ކޮށްފާނެތީ އެވެ. އަދި ދައުލަތުގެ ހެކިން ވެސް އެގޮތަށް ހާޒިރުކޮށްފައިވާތީ އެވެ.
ތަކުރާރުކޮށް ދައުލަތުން އެގޮތަށް އެދުނަސް، އިސްގާޒީ ޝަކީލް ނިންމެވީ މާދަމާ ބާއްވާ އަޑުއެހުމުގައި ދިފާއީ އެންމެ ހެއްކަކު ހާޒިރު ކުރުމަށެވެ. އަދި މާދަމާ އެކަމަށް ހިނގާ ވަގުތު ބެލުމަށްފަހު ދެން ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅުއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލުކުރިން: އޮއިއްޓޭ
އާރަށް މައްސަލަ: ޔާމީނާއި އަދީބުގެ ކޯލް ރިކޯޑިންތަކެއް
އިއުތިރާފަކީ ފައިދާއެއްތަ؟ ގެއްލުނު ފައިސާ ކޮބާ؟
ޔާމީންގެ ޝަރީއަތް މިފަހަރު ވެސް ލައިވްކުރަން ނިންމައިފި
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ފުއްގިރިގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ކޮމިޝަން ލިބެންދެން ފުއްގިރި ޑީލް ފަސްކުރި: އަދީބު
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް