09 އޯގަސްޓް 2017
ސިޗުއާން (އޮގަސްޓް 9) - ޗައިނާގެ ހުޅަނގު ދެކުނުގެ ސިޗުއާން ޕްރޮވިންސަށް ރިކްޓާ މިންގަނޑުން 7.0 ގެ ބާރު މިނުގައި ރޭ އައި ބިންހެލުމުގައި މިހާތަނަށް 13 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސިޗުއާން (އޮގަސްޓް 9) - ޗައިނާގެ ހުޅަނގު ދެކުނުގެ ސިޗުއާން ޕްރޮވިންސަށް ރިކްޓާ މިންގަނޑުން 7.0 ގެ ބާރު މިނުގައި ރޭ އައި ބިންހެލުމުގައި މިހާތަނަށް 13 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ބިންހެލުމުގައި އަދިވެސް އިތުރު މީހުން މަރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބިންހެލުމުގެ އަސްލު ހުރީ ޓޫރިސްޓުންގެ މަޝްހޫރު އޭރިއާއަކާ ކައިރީގަ އެވެ. ބިންހެލުން އައީ ޕްރޮވިންސްގެ ވެރިރަށް ޗެންދޫގެ އުތުރުން 300 ކިލޯ މީޓަރު (180 މޭލު) ދުރުން 10 ކިލޯ މީޓަރު ބިމު އަޑިއަށެވެ.
ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ސިފައިން ވަނީ ފަށާފައި. --ފޮޓޯ:އޭއެފްޕީ
ފޮޓޯތަކުން ފެންނަ ގޮތުގައި ބިންހެލުމުގައި ވަނީ އިމާރާތްތަކާއި ހޮޓާތަކަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އޭގެ ތެރޭގައި ޗައިނާގެ އެންމެ މަޝްހޫރު ނޭޗާ ރިޒާވް އަދި ޔުނެސްކޯގެ ހެރިޓޭޖް ސައިޓް ހިމެނެ އެވެ.
ސިޗުއާން ޕްރޮވިންސަކީ އާއްމުކޮށް ބިންހެލުން އަންނަ ސަރަހައްދެކެވެ. ދެހާސް އަށް ވަނަ އަހަރު އެ ޕްރޮވިންސަށް އައި ބިންހެލުމެއްގައި ވަނީ 70،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
ބިންހެލުމާ ގުޅިގެން ހޮޓާތަކުން ޓޫރިސްޓުން ވަނީ ހުސްކޮށްފައި. --ފޮޓޯ:އޭއެފްޕީ
ސިޗުއާންގައި ރެސްޓޯރެންޓެއް ހިންގާ މީހަކު ބުނީ 2008 ވަނަ އަހަރު އައި ބިންހެލުމަށް ވުރެ މިފަހަރު އައި ބިންހެލުން މާ ވަރުގަދަ ކަމަށެވެ. ޗައިނާ ރެޑް ކްރޮސް ސޮސައިޓީން ބުނީ ލިބުނު ގެއްލުމާ މަރުވި މީހުންގެ އަދަދު ސާފުވާން އަދި ވަގުތު ނަގާނެ ކަމަށެވެ. ޗައިނާގެ ނޭޝަނަލް ކޮމިޝަން ފޯ ޑިޒާސްޓާ ރިޑަކްޝަން އިން ބުނީ 100 ވަރަކަށް މީހުން މަރުވެ 130،000 ގެ ހަލާކުވެފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ. ޗައިނާގެ މީޑިއާތަކުން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ޓޫރިސްޓުން ވެސް ހިމެނެ އެވެ.
ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމުގެ މަސައްްކަތް ހަލުވި ކުރުމަށް ރައީސް ޝީ ޗިންޕިން ވަނީ އަންގަވައިފަ އެވެ.
ޓިބެޓްގެ ބިންހެލުމުގައި މަރުވި އަދަދު 100 އިން މަތި
ބިންހެލުމެއްގައި ޓިބެޓް ސަރަހައްދުން ބަޔަކު މަރުވެއްޖެ
އެއާބަސް އޭ330 ގެ ފުރަތަމަ ދަތުރު ޗެންގްޑޫއަށް
ފިޔޯރީގައި މަސްކާރުހާނާއެއް ހަދަން ސޮއިކުރަނީ
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
މިދުވަސްވަރު ބަލިތައް ގިނަވެދާނެތީ ސަމާލުވާން އެދެފި
ޗައިނާގައި އާ ވައިރަސްއެއް ފެތުރޭ ވާހަކަ ދޮގުކޮށްފި
ރާއްޖެ-ޗައިނާ އިން އެފްޓީއޭ އަށް އަމަލުކުރަން ފަށައިފި
މަރުގެ މައްސަލައެއްގައި "ކުޑަކުއްޖަކު" އުމުރަށް ޖަލަށް
ރާއްޖެ-ޗައިނާގެ އެފްޓީއޭއަށް ބުދަ ދުވަހު އަމަލުކުރަނީ