Roadha Mihaaru

ބިންހެލުމުގައި މިއަންމާއިން މަރުވި އަދަދު 2000 އިން މައްޗަށް

މިދިޔަ ހުކުރު ދުވަހު މިއަންމާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2000 އިން މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ އަސްކަރީ ސަރުކާރުން ބުނެފި އެވެ.

ބިންހެލުމުގައި މިއަންމާއިން މަރުވި އަދަދު 2000 އަށް

މިދިޔަ ހުކުރު ދުވަހު މިއަންމާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2000 އިން މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ އަސްކަރީ ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވަނީ 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި މިއަދުގެ ނިޔަލަށް 2،056 މީހަކު މަރުވިކަން ކަށަވަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން 3،900 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ބުންޏެވެ.

ބިންހެލުމަށް ފަހު ހަބަރެއް ނުވާ މީހުންގެ އަދަދު ވެސް 270 އަށް ވުރެ ގިނަ ކަމަށް ބަޔާނުގައިވެ އެވެ.

މި ބިންހެލުމުގެ އަސަރު ދެން އެންމެ ބޮޑަށް ކުރި ތައިލެންޑުން ވެއްޓުނު، ހަދަމުން ދިޔަ 30 ބުރީގެ އިމާރާތުން 19 މީހަކު ވެސް މަރުވެފައިވެ އެވެ. ވެއްޓިފައިވާ އެ އިމާރާތުގެ ބައިތައް ނަގައި ސާފުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން ދާއިރު އެތަނުގެ މަސައްކަތްތެރިންގެ ތެރެއިން އަދިވެސް 75 މީހަކު ނުފެނެ އެވެ.

އެންމެ ބޮޑަށް ގެއްލުން ވެފައިވާ މިއަންމާގައި މަގުތަކާއި އުމްރާނީ ވަސީލަތްތައް ހަލާކުވުމުގެ ސަބަބުން ވަނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ. އަދި އެތައް ހޮސްޕިޓަލެއް ވެސް ހަލާކުވެފައި ވާތީ ހުސް މައިދާންތަކަށް މީހުން ނެރެ އެ ތަންތަނުގައި ދަނީ މީހުންނަށް ފަރުވާ ދެމުންނެވެ.