ތައިލެންޑުގެ ނުފޫޒުގަދަ ސިޔާސީ ލީޑަރު، ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާ ޖަލަށް ލާން ކުރި ހުކުމުގެ މުއްދަތުގެ ތެރޭގައި ޖަލަށް ނުގޮސް، މިދިޔަ އަހަރު ހޮސްޕިޓަލުގައި އޮތުމުން، އެއް އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން މިއަދު އިއްވައިފި އެވެ.
ތައިލެންޑުގެ ނުފޫޒުގަދަ ސިޔާސީ ލީޑަރު، ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާ ޖަލަށް ލާން ކުރި ހުކުމުގެ މުއްދަތުގެ ތެރޭގައި ޖަލަށް ނުގޮސް، މިދިޔަ އަހަރު ހޮސްޕިޓަލުގައި އޮތުމުން، އެއް އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން މިއަދު އިއްވައިފި އެވެ.
މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި ކޮރަޕްޝަންގެ ކުށުގައި، އުމުރުން 76 އަހަރުގެ ތަކްސިންއަށް 8 އަހަރުގެ ޖަލު ހުކުމެއް އޮތީ އިއްވައިފަ އެވެ. އެ ހުކުމް ތަންފީޒުކުރުމަށް ހައްޔަރުކުރީ އެތައް އަހަރެއް ވަންދެން ގައުމުން ބޭރުގައި އަރުވާލެވިގެން އުޅުއްވުމަށް ފަހު މިދިޔަ އަހަރު ގައުމަށް ވަޑައިގަތުމާ އެކުގަ އެވެ.
އެ ހުކުމް ކުރި ނަމަވެސް ހަމަ އެ ދުވަހު ތަކްސިން ވަނީ ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލްގައި އޮންނަވަނިކޮށް ރަސްގެފާނުގެ އަފޫއާންމުގައި ތަކްސިންގެ ޖަލު ހުކުމް އެއް އަހަރަށް ކުރުކޮށްދެއްވި އެވެ. އަދި ފަހުން ވަނީ އެ މުއްދަތު ވެސް ހަމަނުވަނީސް، އުމުރުން ދުވަސްވީ މީހުންނަށް ދޭ ލުޔެއްގެ ދަށުން މިނިވަންކޮށްފަ އެވެ. އެހެންވެ އެންމެ ދުވަހަކު ވެސް ތަކްސިން ޖަލުގައި ހޭދައެއް ނުކުރައްވަ އެވެ.
"ދައުވާ ލިބޭ ފަރާތް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ގާނޫނާ ހިލާފަށް. އަދި ބަލި ހާލަތު އެހާ ސީރިއަސް ނޫންކަން އޭނާއަށް ވެސް އެނގޭ. އެހެންވެ، ޖަލު ހުކުމުގެ މުއްދަތުގައި ހޮސްޕިޓަލްގައި އޮތުން އެއީ ހުކުމް ތަންފީޒުވުން ކަމުގައެއް ނުބެލެވޭނެ،" ހުކުމުގައިވެ އެވެ.
ކޯޓުން ވަނީ ބެންކޮކް ރިމާންޑް ޕްރިޒަންގައި ތަކްސިންގެ އެއް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަން އަމުރުކޮށްފަ އެވެ.
ތަކްސިން ޖަލަށް ލާން ހުކުމްކޮށްފައި މި ވަނީ އޭނާގެ ދަރިކަނބަލުން ޕެޓޮންގްޓާން ވެސް ބޮޑުވަޒީރުކަމުގެ މަގާމުން މިދިޔަ މަހުގެ 29 ވަނަ ދުވަހު، ސުޕްރީމް ކޯޓުގެ ހުކުމަކުން ވަކިކޮށްފައި ވަނިކޮށެވެ.
ބިލިއަނަރެއް ކަމަށްވާ ތަކްސިންގެ ވެރިކަމުގައި އޭނާގެ ނިންމެވުންތަކުގެ ސަބަބުން ބޮޑެތި މައްސަލަތައް އުފެދުނެވެ. އޭނާ ދެ ފަހަރަށް ވެރިކަން ކުރައްވާފައި ވާއިރު އޭނާ ވެރިކަމުން ދުރުކުރީ 2006 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުންނެވެ. އަދި އޭގެ ފަހުން އޭނާގެ މައްޗަށް އުފުލި ހިޔާނާތާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ދައުވާތައް ސާބިތުވާ ކަމަށް ނިންމައި އަށް އަހަރަށް ޖަލަށް ލާން ހުކުމްކުރީ 2006 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ.
ތައިލެންޑްގެ އާ ބޮޑުވަޒީރަކަށް އަނޫތިން ޗާންވިރަކުލް
ތައިލެންޑްގެ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ފާހެއްނުވި
ތަކްސިންއަށް ރަސްގެފާނު މާފު ދެއްވައިފި
ތައިލެންޑުގެ ވެރިކަން ތަކްސިންގެ ދަރިކަނބަލުންނަށް
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން މިނިވަންކުރަނީ
ތައިލެންޑްގައި އާ ސަރުކާރެއް އުފެއްދިދާނެކަމާމެދު ސުވާލު
މެލޭޝިއާ އާއި ތައިލެންޑަށް މޯލްޑިވިއަންގެ ފްލައިޓްތަކެއް
ތައިލެންޑުގެ މުބާރާތުން ލޫތު އާއި މައާދު އަށް ތިންވަނަ
ނިއުލެގޫންގެ 40 ފެތުންތެރިން ތައިލެންޑްގެ މުބާރާތަށް
ތައިލެންޑުގެ ބޮޑުވަޒީރު މަގާމުން ވަކިކޮށްފި