Roadha Mihaaru

ތައިލެންޑްގެ ބޮޑުވަޒީރުގެ މަގާމުން ދުރުކުރަން ފާހެއް ނުވި

ތައިލެންޑްގެ ބޮޑުވަޒީރު ޕައިތޮންގްތާން ޝިނަވަޓްރާ މަގާމުން ދުރުކުރަން ނެގި އިތުބާރު ނެތްކަމުގެ މައްސަލަ ފާސްނުވެ، އޭނާ ސަލާމަތްވެ ވަޑައިގެންފި އެވެ.

ތައިލެންޑްގެ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ފާހެއްނުވި

ތައިލެންޑްގެ ބޮޑުވަޒީރު ޕައިތޮންގްތާން ޝިނަވަޓްރާ މަގާމުން ދުރުކުރަން ނެގި އިތުބާރު ނެތްކަމުގެ މައްސަލަ ފާސްނުވެ، އޭނާ ސަލާމަތްވެ ވަޑައިގެންފި އެވެ.

ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ދަރިކަނބަލުން ކަމަށްވާ އުމުރުފުޅުން 38 އަހަރުގެ ޕައިތޮންގްތާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު މެމްބަރުން ހުށަހެޅީ އިގްތިސާދީ އަދި ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ގެންގުޅޭ ސިޔާސަތުތައް ގޯސްވެ އަދި މަގާމުގެ ޒިންމާ އަދާ ނުކުރެއްވޭ ކަމަށް ބުނެ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުން އޭނާ ސަލާމަތްވެ ވަޑައިގަތީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެގޮތުން އޭނާގެ އިތުބާރު އޮތް ކަމަށް 319 މެމްބަރުން ވޯޓު ދިންއިރު އޭނާ ވަކިކުރަން ވޯޓު ދިނީ 162 މެމްބަރުންނެވެ.

ޕައިތޮންގްތާން ބޮޑުވަޒީރު ކަމަށް އިންތިހާބުވީ މިދިޔަ އަހަރު އެވެ.

ޕައިތޮންގްތާންގެ ބައްޕާފުޅު ތަކްސިންއަކީ ތައިލެންޑްގެ ސިޔާސީ މަސްރަހުގައި އެންމެ ނުފޫޒުގަދަ އެއް ބޭފުޅާ އެވެ. އަމިއްލައަށް އަރުވާލެވިގެން 15 އަހަރު ގައުމުން ބޭރުގައި ހުންނެވުމަށްފަހު ތަކްސިން އެނބުރި ވަޑައިގަތީ 2023 ވަނަ އަހަރު އެވެ.

ތަކްސިންގެ އަންހެން ކޮއްކޯފުޅު ޔިންގްލަކް ޝިނަވަޓްރާ ވެސް ތައިލެންޑްގެ ބޮޑުވަޒީރުކަން ކުރެއްވި އެވެ. ނަމަވެސް 2014 ވަނަ އަހަރު އަސްކަރީ އިންގިލާބެއްގައި އޭނާގެ ވެރިކަން ވައްޓާލި އެވެ.