ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާ މި ހަފްތާ ބަންދުތެރޭ މިނިވަންކުރާނެ ކަމަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ތާވީ ސޮޑްސަންގް އިއްޔެ ވިދާޅުވެއްޖެ އެވެ.
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާ މި ހަފްތާ ބަންދުތެރޭ މިނިވަންކުރާނެ ކަމަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ތާވީ ސޮޑްސަންގް އިއްޔެ ވިދާޅުވެއްޖެ އެވެ.
ތަކްސިން މި މިނިވަންކުރަނީ ޖަލު ހުކުމެއް އޮއްވައި ގައުމުން ބޭރުގައި އަމިއްލައަށް އަރުވާލެއްވިގެން އުޅުއްވުމަށް ފަހު ގައުމަށް ވަޑައިގަތުމުން ހައްޔަރުކުރިތާ ހަ މަސް ފަހުންނެވެ.
ބިލިއަނަރެއް ކަމަށްވާ ތަކްސިންގެ ވެރިކަމުގައި އޭނާގެ ނިންމެވުންތަކުގެ ސަބަބުން ބޮޑެތި މައްސަލަތައް އުފެދުނެވެ. އޭނާ ދެ ފަހަރަށް ވެރިކަން ކުރައްވާފައި ވާއިރު އޭނާ ވެރިކަމުން ދުރުކުރީ 2006 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުންނެވެ. އަދި އޭގެ ފަހުން އޭނާގެ މައްޗަށް އުފުލި ހިޔާނާތާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ދައުވާތައް ސާބިތުވާ ކަމަށް ނިންމައި 2006 ވަނަ އަހަރުގެ އޯގަސްޓް މަހު އަށް އަހަރަށް ޖަލަށްލި އެވެ.
އެކަމަކު ހުކުމް ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭ ރަސްގެފާނު މާހާ ވަޖީރަލޯންގްކޯން ވަނީ އެ ހުކުމުގެ މުއްދަތު އެއް އަހަރަށް ކުރުކޮށްދެއްވައިފަ އެވެ.
މެންޗެސްޓާ ސިޓީ ފުޓްބޯލް ކްލަބުގެ ކުރީގެ ވެރިޔާ ތަކްސިންގެ އުމުރުން މިހާރު 74 އަހަރު ވެފައި ވާއިރު ޖަސްޓިސް މިނިސްޓަރު ވިދާޅުވީ މާފުދީ ދޫކޮށްލަން ނިންމާފައިވާ 930 ކުށްވެރިންގެ ތެރޭގައި ތަކްސިން ވެސް ހިމެނޭ ކަމަށެވެ.
"އޭނާ ހިމެނެނީ ބަލި ހާލަތު ގޯސް އަދި އުމުރުން 70 އަހަރުން މަތީ މީހުގެ ކެޓަގަރީގައި. އޭނާ އަކީ [ހައްޔަރުކުރި އިރު ވެސް] ނިޒާމު އޮތް ގޮތުން ހަ މަސް ފަހުން ދޫކޮށްލަންޖެހޭ މީހެއް،" ޖަސްޓިސް މިނިސްޓަރު ވިދާޅުވި އެވެ.
ތަކްސިން ގައުމަށް ވަޑައިގަތުމުން ހައްޔަރުކޮށް ޖަލަށް ލީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 22 ވަނަ ދުވަހު އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާ ޖަލުން ދޫކޮށްލާނީ ހޮނިހިރު ދުވަހު އެވެ. -- އޭއެފްޕީ
ތައިލެންޑްގެ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ފާހެއްނުވި
ތަކްސިންއަށް ރަސްގެފާނު މާފު ދެއްވައިފި
ތައިލެންޑުގެ ވެރިކަން ތަކްސިންގެ ދަރިކަނބަލުންނަށް
ތައިލެންޑްގައި އާ ސަރުކާރެއް އުފެއްދިދާނެކަމާމެދު ސުވާލު
ތައިލެންޑަށް ދާއިރު އެރައިވަލް ކާޑު ފުރަން ޖެހޭ
ބިންހެލުމުގައި ބިމާ ހަމަވި މިއަންމާއަށް ގަދަ ވިއްސާރަ
ބިންހެލުމުގައި މިއަންމާއިން މަރުވި އަދަދު 2000 އަށް
ބިންހެލުމުގައި މަރުވި އަދަދު 1،600 އިން މަތީގައި
ބިންހެލުމުގައި މިއަންމާ އާއި ތައިލެންޑުން 150 މަރު
ދިވެހިންގެ ހާލު މިދަނީ ބަލަމުން: ފޮރިން މިނިސްޓްރީ