ތައިލެންޑާއި ކެމްބޯޑިއާއާ މައްސަލަގަނޑު ތެރޭ ސަސްޕެންޑްކުރި ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ އެންމެފަހުން މަގާމުން ވަކިކޮށްފި އެވެ.
ތައިލެންޑާއި ކެމްބޯޑިއާއާ މައްސަލަގަނޑު ތެރޭ ސަސްޕެންޑްކުރި ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ އެންމެފަހުން މަގާމުން ވަކިކޮށްފި އެވެ.
މިއީ 2008 ގެ ފަހުން ތައިލެންޑުގައި މަގާމުން ވަކިކުރި ފަސް ވަނަ ބޮޑުވަޒީރެވެ.
ކެމްބޯޑިއާ މައްސަލައިގައި އަމަލުކުރާ ގޮތުން ކަމަށް ބުނެ ދުސްތޫރީ ކޯޓުން ޖުލައި 1 ވަނަ ދުވަހުން އޭނާ ސަސްޕެންޑްކުރީ މައްސަލަ ބަލައި ނިމެންދެންނެވެ.
އޭރު ބޮޑުވަޒީރު ޒިންމާތަކުން އެކަހެރިކުރުމަށް ނިންމީ ބޯޑަރުގެ މައްސަލައިގައި ކެމްބޯޑިއާ ދެމެދު އޮތް މައްސަލައިގެ ތެރޭ ބޮޑުވަޒީރު ސުލޫކީ ހަމަތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
މައްސަލަ ހުށަހެޅީ އުމުރުން 38 އަހަރުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ ކެމްބޯޑިއާގެ ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ ހުން ސެން އަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ލީކުވުމާ އެކުގަ އެވެ. އެ ކޯލްގައި އޭނާއަށް ތައިލެންޑުގެ ބޮޑުވަޒީރު މުހާތަބުކުރައްވަނީ "އަންކަލް" ގެ ގޮތުގަ އެވެ. އެ ކޯލްގައި ތައިލެންޑުގެ އަސްކަރީ ކޮމާންޑަރުންނަކީ އިދިކޮޅު މީހުން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވެ އެވެ.
ކޯލްގެ މައްސަލައިގައި އޭނާ ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.
ޕެޓޮންގްޓާންގެ ބަދަލުގައި ދެން މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ އޭނާގެ ނައިބެވެ.
ހުކުމް ތަންފީޒުނުވެ އޮތުމުން ތަކްސިންއަށް ޖަލު ހުކުމެއް
މެލޭޝިއާ އާއި ތައިލެންޑަށް މޯލްޑިވިއަންގެ ފްލައިޓްތަކެއް
ތައިލެންޑުގެ މުބާރާތުން ލޫތު އާއި މައާދު އަށް ތިންވަނަ
ތައިލެންޑްގެ އާ ބޮޑުވަޒީރަކަށް އަނޫތިން ޗާންވިރަކުލް
ނިއުލެގޫންގެ 40 ފެތުންތެރިން ތައިލެންޑްގެ މުބާރާތަށް
ތައިލެންޑާއި ކެމްބޯޑިއާގެ ހަމަލާތައް ނުހުއްޓި ކުރިއަށް
ތައިލެންޑާއި ކެމްބޯޑިއާއިން ހަމަލާދީ 11 މީހަކު މަރު
ތައިލެންޑުގެ ދުސްތޫރީ ކޯޓުން ބޮޑުވަޒީރު ސަސްޕެންޑްކޮށްފި
މިސް ވޯލްޑްގެ ތާޖު ތައިލެންޑަށް
ތައިލެންޑު މުބާރާތުން ރާއްޖެ އަށް ފަހު ފުރުސަތު ދީފި