Roadha Mihaaru

ބެންކޮކްގެ ބިން ހެލުން: ސަފީރަށް ބިރުވެރި ދުވަހެއް، ހީވީ އޮއިގަނޑެއް ޖެހުނުހެން

ބިންހެލުމުގެ ތަޖުރިބާ އަކީ، ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރު ފުއާދު ތައުފީގަށް އާ ކަމެއް ނޫނެވެ. އާންމުކޮށް ބިންހެލުން އަންނަ ޖަޕާނުގައި ދިރިއުޅުއްވި ދުވަސްވަރު ބިންހެލުމުގެ އިހުސާސް ނުކުރެއްވޭ ދުވަސްވަރެއް އޭނާ އަށް ވަރަށް މަދެވެ. އެކަމަކު، ތައިލެންޑުގެ ވެރިރަށް ބެންކޮކަށް މިއަދު މެންދުރު އައި ބާރުގަދަ ބިންހެލުމުގެ ބާރު، ޖަޕާނުގައި އެ ކުރެއްވުނު ތަޖުރިބާތަކަށް ބަލާއިރު މާ ވަރުގަދަ ކަމަށް ފުއާދު ވިދާޅުވި އެވެ.

ބެންކޮކްގެ ބިން ހެލުން: ސަފީރަށް ބިރުވެރި ދުވަހެއް!
އަހުމަދު ހަމްދޫން
އަހުމަދު ހަމްދޫން

28 މާޗް 2025

ބިންހެލުމުގެ ތަޖުރިބާ އަކީ، ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރު ފުއާދު ތައުފީގަށް އާ ކަމެއް ނޫނެވެ. އާންމުކޮށް ބިންހެލުން އަންނަ ޖަޕާނުގައި ދިރިއުޅުއްވި ދުވަސްވަރު ބިންހެލުމުގެ އިހުސާސް ނުކުރެއްވޭ ދުވަސްވަރެއް އޭނާ އަށް ވަރަށް މަދެވެ. އެކަމަކު، ތައިލެންޑުގެ ވެރިރަށް ބެންކޮކަށް މިއަދު މެންދުރު އައި ބާރުގަދަ ބިންހެލުމުގެ ބާރު، ޖަޕާނުގައި އެ ކުރެއްވުނު ތަޖުރިބާތަކަށް ބަލާއިރު މާ ވަރުގަދަ ކަމަށް ފުއާދު ވިދާޅުވި އެވެ.

"އަޅުގަނޑު ޖަޕާނުގައި އުޅުނުއިރު ބިންހެލުން ފުދޭވަރަކަށް ތަޖުރިބާ ކުރެވުނު. އެކަމަކު މި ވަރުގެ ކަމެއް ނުދެކެން،" ބެންކޮކަށް މިއަދުގެ މެންދުރު 12:30 ގައި އައި ބިންހެލުމުގެ ބާރުމިން ކިޔައި ދެއްވަމުން ފުއާދު ވިދާޅުވި އެވެ.

ބިންހެލުން އައީ ތައިލެންޑުގައި ހުންނަ އެމްބަސީގެ މަސައްކަތުގައި އޭނާ އުޅުއްވަނިކޮށެވެ. އެއީ ރާއްޖޭގެ ގަޑިން ހެނދުނު 10:30 އެވެ.

ފުއާދު ވިދާޅުވި ގޮތުން ނަމަ އިމާރާތުގެ 11 ވަނަ ބުރީގައި ހުރި އޮފީހުގައި އޭނާ ހުންނެވިއިރު ހީވީ "ދޯންޏަކުން އޮއިގަނޑެއްގައި" ޖެހިގެން އުޅޭ ހެންނެވެ.

"އަޅުގަނޑަށް ކޮއްޅަށް ވެސް ނުހުރެވުނު،" 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅޭ ގޮތުން ފުއާދު ވިދާޅުވި އެވެ.

ތައިލެންޑުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފުއާދު: މިއަދުގެ ބިންހެލުމަކީ ބިރުވެރި ތަޖުރިބާއެއް ކަމަށް ވިދާޅުވި. -- ފޮޓޯ: މިހާރު

ތައިލެންޑުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފުއާދު: މިއަދުގެ ބިންހެލުމަކީ ބިރުވެރި ތަޖުރިބާއެއް ކަމަށް ވިދާޅުވި. -- ފޮޓޯ: މިހާރު

ބިންހެލުން އައުމާ އެކު، ރާއްޖޭގެ އެމްބަސީން ވެސް ވަގުތުން މީހުން ހުސްކުރި އެވެ. ލިފްޓުތައް ބަންދުކުރުމާ އެކު އެންމެން ތިރިއަށް ފޭބީ ސިޑިންނެވެ. އެމްބަސީ ހުންނަ އިމާރާތުގައި ރެނދުލުން ފިޔަވައި މާ ބޮޑު ކަމެއް ނުވެ އެވެ.

"އެކަމަކު ޑެޕިއުޓީ އެމްބެސެޑަރު ހުންނަވާ ގެއަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު ކަމަށް އެނގިފައިވޭ. އެ ގޭގައި ބަޔަކަށް ނޫޅެވޭ ވަރަށް ހަލާކުވި،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވިގޮތުގައި، މި ބިންހެލުމާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބެ އެވެ. ހުރިހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ބެންކޮކަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ބިންގަނޑު ކަނޑައިގެން ގޮސްފައި.

ބެންކޮކަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ބިންގަނޑު ކަނޑައިގެން ގޮސްފައި.

"އެމްބަސީ ކައިރި ހިސާބުގައި ވަރަށް ގިނަ ދިވެހިން އުޅޭނެ. ޖުމުލަކޮށް ބެންކޮކުގެ ހުރިހާ ހިސާބެއްގައި ވެސް ދިވެހިން އުޅޭ. ﷲ ގެ ރަހުމަތް ވަރަށް ބޮޑު. އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވޭ. ފުރާނައަކަށް ގެއްލުމެއް ނުވޭ. އެކަމަކު، ވަރަށް ގިނަ އިމާރާތްތަކުގައި ރެނދުލާފައި ހުންނާނެ ކަމަށް މިހާރު މި ބެލެވެނީ،" ފުއާދު ވިދާޅުވި އެވެ.

އެމްބަސީގެ ރެކޯޑުތައް ދައްކާ ގޮތުން ތައިލެންޑުގައި ދިރިއުޅެނީ 150 އެއްހާ ދިވެހިންނެވެ. އެކަމަކު ބޭހަށާއި އެ ނޫން ކަންކަމަށް އޭގެ ދެގުނަ އަށް މީހުން އުޅޭނެ ކަމަށް ސަފީރު ލަފާކުރައްވަ އެވެ.

"އެމްބަސީގައި ރަޖިސްޓަރީ ކޮށްފައި މި ތިބެނީ މިތާނގައި ދިރިއުޅޭ މީހުން އެކަނި. އެ މީހުންނަށް ގުޅައިގެން ހާލަތު ބެލުމުގެ ކަންކަން މިހާރު ވެސް ކުރިއަށް އެބަދޭ،" ފުއާދު ވިދާޅުވި އެވެ.

ބެންކޮކަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތެއްގައި ތާށިވި މީހަކު ނެރެނީ.

ބެންކޮކަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތެއްގައި ތާށިވި މީހަކު ނެރެނީ.

ތައިލެންޑުގެ އިތުރުން މިއަންމާ އަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. ތައިލެންޑުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާގޮތުގައި، ބެންކޮކްގެ އުތުރުގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެއްޓުނެވެ. އެ ތަނުގެ ދަށުގައި 43 މީހަކު ތާށިވެފައިވާ ކަމަށް ވަނީ ބެލެވިފައި ވާއިރު މިހާތަނަށް ތިން މީހަކު މަރުވިކަން ވަނީ އެނގިފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ދެ ގައުމުގެ ހާލަތު މޮނިޓަކޮށް، ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްބަސީ މެދުވެރިކޮށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ބެލިބެލުމުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ، ބިންހެލުމުގައި އެންމެ ގެއްލުން ބޮޑު މިޔަންމާގައި އެއްވެސް ދިވެއްސަކު މިވަގުތު ހުރިތޯބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.