03 ޑިސެމްބަރ 2024
ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް، އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް، އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މިދިޔަ މަހުގެ 23 ގައި އިލެކްޝަންސް ކޮމިޝަންގެ ދައުރު ހަމަވެވަޑައިގެންނެވި ފުއާދު، ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވާފައިވަނީ 25 ވަނަ ދުވަހު އެވެ.
ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުއާދަށް ރުހުން ދީފައި ވަނީ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ފުއާދު އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގަތީ ކޮމިޝަންގައި ދެ ދައުރު ފުރިހަމަވުމުންނެވެ. ގާނޫނުގައި ވާ ގޮތުން މެންބަރަކަށް އަދާ ކުރެވޭނީ އެންމެ ގިނަ ވެގެން ދެ ދައުރެވެ. ދެ ވަނަ ދައުރަކަށް އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު، 2019 ގަ އެވެ.
އިންތިހާބުތަކާ ގުޅޭ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ފުއާދު ވަނީ 1978 ވަނަ އަހަރުން ފެށިގެން އެކި އިންތިހާބުތަކުގައި މަސައްކަތް ކުރައްވައިފަ އެވެ.
އާ ގާނޫނުއަސާސީއާ އެކު އީސީ އުފެދި އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ އިންތިގާލީ ކޮމިޝަންގެ މެންބަރު ކަމެވެ. އޭގެ ފަހުން އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި އެވެ. ކޮމިޝަަނަކަށް ބަދަލުވުމަށް ފަހު، 2009 ވަނަ އަހަރުގެ ނޮވެންބަރުން ފެށިގެން 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ފުއާދު އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި އެވެ.
އޭގެ ފަހުން ދެ ވަނަ ދައުރަކަށް އަލުން އީސީގެ މެންބަރު ކަމަށް ވަޑައިގެން ކޮމިޝަންގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.
ތައިލެންޑު ސަފީރަކަށް ފުއާދު އައްޔަން ކުރަން ފާސްކޮށްފި
ތައިލެންޑް ސަފީރަކަށް ފުއާދު ތައުފީގު އައްޔަން ކުރަނީ
ރިޖެކްޓް މަދުކުރަން ތައިލެންޑު ބަޔަރުން ބޭނުމެއް ނުވި
ތައިލެންޑްގެ ސަފީރަކަށް ނަޝީދު އައްޔަންކުރަން ފާސްކޮށްފި
ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް ނަޝީދު އައްޔަންކުރަނީ
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބުމާ ގާތަށް!
ފުއާދުގެ ދައުރު ހަމަވާތީ އީސީ އަށް ހަސީބު
ތައިލެންޑުން 60 ދުވަހުގެ ވިސާ ލިބޭ ގޮތް ހަދައިފި
ޑައިވިންއަށް ދިޔަ ތައިލެންޑުމީހަކު ގެނބިގެން މަރުވެެެއްޖެ