13 ޖޫން 2017
ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލިހުގެ މެމްބަރު ކަން ކުރިން ކުރެއްވި ނަޝީދު ތައިލެންޑުގެ ސަފީރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.
ނަޝީދުގެ ނަން ދިރާސާ ކުރި ގައުމީ ސަލާމަތުގެ ކޮމެޓީން ވެސް ވަނީ އޭނާ އަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފަ އެވެ. އަދި އޭނާއަކީ އެ ދާއިރާ އަށް ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަން ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ކުރިން އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ނަޝީދު ޑީއާރުޕީއާ ގުޅިވަޑައިގަތްތަނާ އެ ޕާޓީގެ ލީޑަޝިޕް ބައެއް ބޭފުޅުން ޕާޓީން ވަކިވެ، އެމްޑީޕީއާ ގުޅިވަޑައިގަތުމުން ޑީއާރުޕީގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތީ ނަޝީދެވެ. އޭގެ ފަހުން މިއަދާ ހަމަ އަށް އައި އިރު އޭނާ ހުންނެވީ އެ މަގާމުގަ އެވެ.
ނޮޅިވަރަމު ދާއިރާގެ މެމްބަރުކަން 2009 އިން ފެށިގެން 2014 އަށް ކުރެއްވި ނަޝީދު ވަނީ ރާއްޖެ އާއި އިންޑޮނޭޝިއާ ގުޅިގެން އުފެއްދި ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއާމަން ކަން ވެސް ކުރައްވައިފަ އެވެ. އަދި މަޖިލިހުގެ ބައެއް ކޮމެޓީތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ.
މަޖިލިހުގެ މެމްބަރު ކަމަށް ވަޑައިގަތުމުގެ ކުރިން ނަޝީދު ވަނީ ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގަ އާއި ކަނިފުށި ރިސޯޓުގައި އެގްޒެކްޓިވް ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އެމްޑީޕީގެ ކައުންސިލް މެމްބަރު ކަމަށް ވަޑައިގަތުމުގެ ކުރިން ނަޝީދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޕޮލިޓިކަލް އެފެއާޒް ޑިވިޝަންގެ ސެކްރެޓަރީ ކަން ކުރައްވައިފަ އެވެ.
ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދަރުމަވަންތަ ސްކޫލްގެ ޓީޗަރު ކަމަށް ވަޑައިގަތުމުގެ ކުރިން އޭނާ އެންމެ ފުރަތަމަ ވަޒީފާ އަދާ ކުރެއްވީ އެމްއެންޑީއެފްގަ އެވެ.
ނަޝީދު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން މާސްޓާސް، އާޓްސް އިން ލިންގުއިސްޓިކްސް ދާއިރާ އިން ބެޗްލާސް ހާސިލް ކުރައްވައިފަ އެވެ.
ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް ނަޝީދު އައްޔަންކުރަނީ
ޔާމީން މިނިވަންކުރަން ގޮވާލައި ޖާބިރުގެ ގަރާރެއް
ޖަރުމަނުގެ ސަފީރަކަށް ޖަމީލާ ހަމަޖައްސަނީ
ރިޖެކްޓް މަދުކުރަން ތައިލެންޑު ބަޔަރުން ބޭނުމެއް ނުވި
ލަންކާގެ ދިވެހި ސަފީރަކަށް އަލީ ފާއިޒު އައްޔަންކުރަނީ
ބަރުލަމާނީ ނިޒާމު ގެންނަން ޖާބިރު ހުށަހަޅުއްވަނީ
ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް
ސިޔާމްގެ ލޯނުގެ މައްސަލާގައި އަމީރާ ސުވާލުކުރަނީ
އަސްލަމަށް މަޖިލީހުން ރުހުން ދީފި
ކުރީގެ ރައީސުން އިނާޔަތް ދޫކޮށްލައްވާ: ސަލީމް