ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
03 ޖޫން 2017
ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ނަޝީދުގެ ނަން ރައީސް ޔާމީން މަޖިލީހަށް ފޮނުއްވުމުން އެކަން މަޖިލީހުގެެ ކަމާބެހޭ ކޮމެޓީއަށް ފޮނުވުމުގެ މައްސަލަ އަންނަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. ޗުއްޓީއަށް ފަހު މަޖިލިސް ހުޅުވޭނީ ހޯމަ ދުވަހު އެވެ.
ކުރިން އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ނަޝީދު ޑީއާރުޕީއާ ގުޅިވަޑައިގަތްތަނާ އެ ޕާޓީގެ ލީޑަޝިޕް ހުރިހާ ބޭފުޅުން ޕާޓީން ވަކިވެ ވަޑައިގެން، އެމްޑީޕީއާ ގުޅިވަޑައިގަތުމުން ޑީއާރުޕީގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތީ ނަޝީދެވެ. ނިމިދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބަށް ޑީއާރުޕީން ނިކުތީ ސަރުކާރު ކޯލިޝަނާ ގުޅިގެންނެވެ.
ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލުން ސަރުކާރު ކޯލިޝަނަށް ލިބުނު ހަމައެކަނި ގޮނޑި ކާމިޔާބުކުރީ ޑީއާރުޕީގެ ކެންޑިޑޭޓެކެވެ.
ތައިލެންޑްގެ ސަފީރަކަށް ނަޝީދު އައްޔަންކުރަން ފާސްކޮށްފި
ޔާމީން މިނިވަންކުރަން ގޮވާލައި ޖާބިރުގެ ގަރާރެއް
ތައިލެންޑްގައި ހުންނަވާ ދިވެހި ސަފީރަކަށް ނަޝީދު
ޖަރުމަނުގެ ސަފީރަކަށް ޖަމީލާ ހަމަޖައްސަނީ
ތައިލެންޑު ސަފީރަކަށް ފުއާދު އައްޔަން ކުރަން ފާސްކޮށްފި
ތައިލޭންޑުގެ ސަފީރަކަށް ފުއާދަށް ކޮމިޓީން ރުހުން ދީފި
ރިޖެކްޓް މަދުކުރަން ތައިލެންޑު ބަޔަރުން ބޭނުމެއް ނުވި
ލަންކާގެ ދިވެހި ސަފީރަކަށް އަލީ ފާއިޒު އައްޔަންކުރަނީ
ބަރުލަމާނީ ނިޒާމު ގެންނަން ޖާބިރު ހުށަހަޅުއްވަނީ
ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް