04 އޯގަސްޓް 2020
މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަންޓްރެވެލް ސިޔާމް) ގެ ކުންފުންޏަކަށް، ކުރީގެ ސަރުކާރުން ދިން ސޮވެރިން ގެރެންޓީއަކާ އެކު، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ބޮޑު ލޯނެއް ޑިފޯލްޓްވެ، 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ދައްކަންޖެހޭ މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ
މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަންޓްރެވެލް ސިޔާމް) ގެ ކުންފުންޏަކަށް، ކުރީގެ ސަރުކާރުން ދިން ސޮވެރިން ގެރެންޓީއަކާ އެކު، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ބޮޑު ލޯނެއް ޑިފޯލްޓްވެ، 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ދައްކަންޖެހޭ މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، "އަހުމަދު ސިޔާމް ޕްރައިވެޓް ލިމިޑެޓް" އަށް އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ގެ ލޯނަކަށް އޭރުގެ ސަރުކާރުން އޮތީ ސޮވެރިން ގެރެންޓީ ދީފަ އެވެ. އޭގެ ތެރެއިން 10 މިލިއަން ޑޮލަރު ޑިފޯލްޓްވުުމުން މި މަސް ތެރޭގައި އެ ފައިސާ ދައްކަން ސަރުކާރަށް ބޭންކުން އޮތީ އަންގާފައި ކަމަށް ވެ އެވެ.
އެކަމަކު ސަރުކާރުން އެކަމާ ގުޅިގެން އެއްވެސް އެއްޗެއް އަދި ހާމައެއް ނުކުރެ އެވެ. ސިޔާމްއާ "މިހާރު" ން ކުރިން ސުވާލު ކުރުމުން ވެސް ވަކި ޖަވާބެއް ނުދެއްވަ އެވެ.
ސިޔާމްގެ ލޯނުން ޑިފޯލްޓްވީ އަދަދަށް ދިވެހި ސަރުކާރުން ފައިސާ ދައްކަންޖެހޭ މައްސަލައިގައި ފިނޭންސް މިނިސްޓަރު އަމީރުއާ ސުވާލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
އޭނާ މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި ވަނީ ދައުލަތުން ގެރެންޓީ ދީގެން ސިޔާމްގެ ކުންފުންޏަކުން ނެގި ލޯނެއް ޑިފޯލްޓްވިތޯ އާއި އެ ފައިސާ ސަރުކާރުން ދައްކާނެ ގޮތެއް އޮތްތޯ އާއި ލޯނު ދެއްކުމުގެ މުއްދަތު އިތުރުކުރަން އެދިފައިވޭތޯ އަދި އޭގެ ސަބަބުން މާލީ ގޮތުން ކުރާނެ އަސަރުތަކަކީ ކޮބައިތޯ ބެލުމަށެވެ. އަދި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރު ކުރާ ނަމަ ދައުލަތުގެ މާލީ އިންތިޒާމުތަކަށް ކުރާނެ އަސަރުތައް ސާފުކުރަން ވެސް މީކާއިލް އެދިވަޑައިގެންފައި ވެ އެވެ.
މީކާއިލް އެދިވަޑައިގެންފައި ވަނީ، އެ ސުވާލުތަކުގެ ޖަވާބު އަމީރު ލިޔުމުން ދެއްވުމަށެވެ.
އެމްޑީއޭގެ ލީޑަރު ސިޔާމްގެ ކުންފުނިިން މިހާރު ދަނީ ނ. ދިގުރަށުގައި ރާއްޖޭގައި މިހާތަނަށް ތަރައްގީކުރާ އެންމެ ބޮޑު ރިސޯޓް ހަދަމުންނެވެ. އެގްޒިމް ބޭންކުން ނެގި ލޯނުން ތަރައްގީކުރާ އެ ރިސޯޓް މިއަހަރު ހުޅުވާނެ ކަމަށް ކުރިން އޮތީ ބުނެފަ އެވެ.
ލޯނު ދައްކަން ސިޔާމަށް ސަރުކާރުން އެހީވިކަމުގެ ތުހުމަތު
ސިޔާމްގެ ލޯނަކަށް ފައިސާ ދައްކަން ސަރުކާރަށް އަންގައިފި
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"
ބަޖެޓަކީ ޅޮސް ލަކުޑި ކަމަށް ނަޝީދު ސިފަކުރައްވައިފި
އެފްޓީއޭ ތަންފީޒުނުވަނީ "ޕަވަސްޓްރަގުލް"އާ ހެދި:ސައީދު
ޗައިނާއާއެކު ފްރީޓްރޭޑް އެއްބަސްވުމެއް ނެތް: ނަޝީދު
ގެރެންޓީއާ ނުލައި ފައިސާދޭން ހުއްދައެއް ނުދެން: އަމީރު
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
ސަރުކާރުގެ ނިންމުމަށް މާލިއްޔަތު ކޮމިޓީން ތާއީދުކޮށްފި
އެމްއޭސީއެލުން މަޖިލީހަށް ދޮގު ހެދި: ޔައުގޫބް