25 ނޮވެމްބަރ 2024
އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ކަމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވުމުން، ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް އޭނާ އައްޔަން ކުރުމަށް ނިންމައި، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ކަމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވުމުން، ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް އޭނާ އައްޔަން ކުރުމަށް ނިންމައި، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަން އިއުލާނު ކުރައްވަމުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ތައިލެންޑް ސަފީރުކަމަށް ފުއާދު އައްޔަން ކުރުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު އިއްވަވައިފަ އެވެ.
ފުއާދުގެ މެމްބަރުކަމުގެ ދައުރު ހަމަވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ދެ ވަނަ ދައުރަކަށް އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު، 2019 ގަ އެވެ. އީސީގެ ގަވައިދު ބުނާ ގޮތުން އެ ކޮމިޝަންގެ މެންބަރުކަން ދެ ދައުރަށް ވުރެ ގިނަ ދައުރު އަދައެއް ނުކުރެވޭނެ އެވެ.
އިންތިހާބުތަކާ ގުޅޭ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ފުއާދު ވަނީ 1978 ވަނަ އަހަރުން ފެށިގެން އެކި އިންތިހާބުތަކުގައި މަސައްކަތް ކުރައްވައިފަ އެވެ.
އާ ގާނޫނު އަސާސީއާ އެކު އީސީ އުފެދުމާ އެކު އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ އިންތިގާލީ ކޮމިޝަންގެ މެންބަރު ކަމެވެ. އޭގެ ފަހުން އެ ކޮމިޝަންގެ ރައީސް ކަން ކުރެއްވި އެވެ. ކޮމިޝަަނަކަށް ބަދަލުވުމަށް ފަހު، 2009 ވަނަ އަހަރުގެ ނޮވެންބަރުން ފެށިގެން 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ފުއާދު އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި އެވެ.
އޭގެ ފަހުން ދެ ވަނަ ދައުރަކަށް އަލުން އީސީގެ މެންބަރު ކަމަށް ވަޑައިގެން ކޮމިޝަންގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.
ތައިލެންޑު ސަފީރަކަށް ފުއާދު އައްޔަން ކުރަން ފާސްކޮށްފި
ތައިލޭންޑުގެ ސަފީރަކަށް ފުއާދަށް ކޮމިޓީން ރުހުން ދީފި
ސަފީރު ކަމަށް ސަރީރު އައްޔަން ކުރަން ރުހުންދީފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ފުއާދުގެ ދައުރު ހަމަވާތީ އީސީ އަށް ހަސީބު
ގިނަ ދުވަސްތަކެއް ފަހުން 8 ސަފީރުންނަށް ރުހުން ދީފި
ރިޖެކްޓް މަދުކުރަން ތައިލެންޑު ބަޔަރުން ބޭނުމެއް ނުވި
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
ތިން ގައުމެއްގެ ސަފީރުންނަށް ރުހުން ދީފި
ގަވައިދާ ހިލާފަށް ކުރާ ކަމެއްގެ ޒިންމާ ނަގާކަށް ނުޖެހޭ