Roadha Mihaaru

މިއަންމާގެ ޖަލު ފަޅާލި މީހުން ތައިލެންޑަށް ދިއުން އެކަށީގެންވޭ

ޔަންގޮން (ސެޕްޓެމްބަރު 17) - މިއަންމާގެ ޖަލެއް ފަޅާލުމަށް ފަހު އިއްޔެ ފިލައިގެން ދިޔަ ގައިދީން ތައިލެންްޑަށް ވަނުމަށް މިސްރާބު ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.

މިއަންމާގެ ޖަލު ފަޅާލި މީހުން ތައިލެންޑަށް!
ހަސަން އާމިރު
ހަސަން އާމިރު

17 ސެޕްޓެމްބަރ 2018

ޔަންގޮން (ސެޕްޓެމްބަރު 17) - މިއަންމާގެ ޖަލެއް ފަޅާލުމަށް ފަހު އިއްޔެ ފިލައިގެން ދިޔަ ގައިދީން ތައިލެންްޑަށް ވަނުމަށް މިސްރާބު ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޑެލިވަރީ ޓްރަކެއް ހައިޖެކް ކުރުމަށް ފަހު އިރުމަތީގެ ކަރެން ސްޓޭޓުގެ ޖަލުގެ ގޮޅިތަކުގެ ގޭޓުގައި ޖައްސާ ޖަލު ފަޅާލުމަށް ފަހު ފިލި މީހުންގެ ތެރޭން 31 ގައިދީއަކު އަދި އަތެއް ނުވެ އެވެ. އެއީ ތައިލެންޑުގެ ބޯޑަރާ ކައިރީގައި އޮންނަ ސްޓޭޓެކެވެ.

މިއަންމާގެ ރަސްމީ މީޑިއާ އިން ބުނީ ޖަލުން ފިލި 41 ގައިދީންގެ ތެރޭން 10 މީހުން އަތުލައިގެންފައިވާ ކަމަށެވެ. ފިލި ގައިދީން ހޯދަން ފުލުހުން ވަނީ އޮޕަރޭޝަނެއް ފަށައިފަ އެވެ. ފުލުހުން ބުނީ ޖަލުން ކުށްވެރިންތަކެއް ފިލާފައިވާތީ އެ ސަރަހައްދުގެ އަވަށްތަކުގެ މީހުން ބިރުން އުޅޭ ކަމަށެވެ.

"ޖަލުން ފިލި މީހުން ތައިލެންޑަށް ވަދެފާނެތީ ބޯޑަރު ހުރަސް ކުރެވެން ހުރި ހުރިހާ ދިމަދިމާލެއް މިދަނީ ބަންދުކުރަމުން،" މިއަންމާ ފުލުހުން ބުންޏެވެ.

ޖަލު ފިލި މީހުންގެ ބޮޑަކަށް ހުރި މީހާ ވަނީ ޑްރަގުގެ ވިޔަފާރި ކުރުމާއި ހަތިޔާރު ގެންގުޅުމާ އަދި މީހުން މަރަން އުޅުމުގެ ކުށުގައި އުމުރަށް ޖަލަށްލައިފަ އެވެ.