ޗައިނާގެ ޓިބެޓް ސަރަހައްދަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި 32 މީހުން މަރުވެ "ގިނަ އިމާރާތްތަކެއް" ވެއްޓިފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ.
ޗައިނާގެ ޓިބެޓް ސަރަހައްދަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި 32 މީހުން މަރުވެ "ގިނަ އިމާރާތްތަކެއް" ވެއްޓިފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ.
މި ބިންހެލުމުގެ އަސަރު ނޭޕާލްގެ ވެރިރަށް ކަތުމަންޑޫ އާއި އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވެސް ކުރި އެވެ.
ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބިންހެލުމުގެ ސަބަބުން ގެތައް ވަރަށް ބޮޑަށް ހަލާކުވެފައިވެ އެވެ.
ޗައިނާ އާތުކުއޭކް ނެޓްވޯކްސް ސެންޓަރު (ސީއީއެންސީ) އިން ބުނީ ބިންހެލުން އައިސްފައިވަނީ ނޭޕާލްގެ ބޯޑަރު ކައިރިއަށް 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ ބިންހެލުމުގެ ބާރުމިނަކީ 7.1 މެގްނިޓިއުޑް ކަމަށެވެ.
"އަންގާރަ ދުވަހުގެ ހެނދުނު 9:05 ހާއިރު ޒިޒާންގް (ޓިބެޓް) އޮޓޮނޮމަސް ރީޖަންގެ ޝިގާޒޭ ސިޓީގެ ޑިންގްރީ ކައުންޓީއަށް އައި 6.8 މެގްނިޓިއުޑްގެ ބިންހެލުމުގައި 32 މީހުން މަރުވެ 38 މީހުން ޒަޚަމްވެފައިވާކަން މިހާތަނަށް ވަނީ ކަށަވަރުވެފައި،" ރީޖަނަލް ޑިޒާސްޓާ ރިލީފް ހެޑްކުއާޓާސްއާ ހަވާލާދީ ޒިންހުއާ ނިއުސް އެޖެންސީން ބުންޏެވެ.
"ޑިންގްރީ ކައުންޓީ އާއި އެ ސަރަހައްދުގެ ވަށައިގެންވާ ސަރަހައްދުތަކަށް ވަރަށް ބާރުގަދަ ބިންހެލުމެއް އައިސް، އެ ސަރަހައްދު ކައިރީގައި ހުރި ގިނަ އިމާރާތްތަކެއް ވަނީ ވެއްޓިފައި،" ސީސީޓީވީން ކުރިން ބުނެފައިވެ އެވެ.
ޗައިނާގެ މީޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަނުން ބުނީ ޑިންގްރީގެ ފިނިހޫނުމިން މައިނަސް 8 ޑިގްރީ ސެލްސިއަސް (46 ޑިގްރީ ފެރެންހައިޓް) އާ ގާތްކުރާ ކަމަށާއި މިރޭ މައިނަސް 18 އަށް ދަށްވާނެ ކަމަށެވެ.
ޓިބެޓް ސަރަހައްދުގެ ވަރަށް އުހުގައި އޮންނަ މި ކައުންޓީއަކީ ގާތްގަނޑަކަށް 62،000 މީހުން ދިރިއުޅޭ އަދި މައުންޓް އެވަރެސްޓްގެ ޗައިނާ ފަރާތުގައި އޮންނަ ތަނެކެވެ.
ސީއީއެންސީން ބުނީ ބިންހެލުންތަކަކީ އެ ސަރަހައްދަށް އާންމު ކަމެއް ނަމަވެސް އަންގާރަ ދުވަހު އައި ބިންހެލުމަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި، 200 ކިލޯމީޓަރުގެ އެ ސަރަހައްދަށް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ.
ޓިބެޓްގެ ބިންހެލުމުގައި މަރުވި އަދަދު 100 އިން މަތި
ޗައިނާއަށް އައި ބިންހެލުމުގައި 13 މީހުން މަރުވެއްޖެ
ބެއިޖިންގެ ބަހާރުން، ޗޮންޗިންގެ ދެގުނަ އުފާވެރިކަމަށް
އެމެރިކާގެ ޓެރިފުން އިލެކްޓްރޯނިކް ސާމާނު އުނިކޮށްފި
ޗައިނާއިން އެމެރިކާގެ މުދަލަށް 125 ޕަސެންޓުގެ ޓެރިފް
އެމެރިކާއިން ޓެރިފް ބޮޑުކުރުން 90 ދުވަހަށް ފަސްކޮށްފި
ޗައިނާ-އެމެރިކާގެ ވިޔަފާރީގެ ހަނގުރާމަ ވަރުގަދަވެއްޖެ
ބިންހެލުމުގައި ބިމާ ހަމަވި މިއަންމާއަށް ގަދަ ވިއްސާރަ
ބިންހެލުމުގައި މިއަންމާއިން މަރުވި އަދަދު 2000 އަށް
ބިންހެލުމުގައި މަރުވި އަދަދު 1،600 އިން މަތީގައި