25 ޖުލައި 2017
އޯޓިޒަމް ކުދިންނަށް ފަރުވާ ދިނުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިން އުފައްދަވާފައިވާ ޖަމިއްޔާއިން ހުޅުމާލޭގައި ފަސް ބުރީގެ އިމާރާތެއް ހުޅުވައިފި އެވެ.
އޯޓިޒަމް ކުދިންނަށް ފަރުވާ ދިނުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިން އުފައްދަވާފައިވާ ޖަމިއްޔާއިން ހުޅުމާލޭގައި ފަސް ބުރީގެ އިމާރާތެއް ހުޅުވައިފި އެވެ.
އޯޓިޒަމް ސެންޓަރުގެ ނަމުގައި ރޭ ހުޅުވި މި ތަން އިމާރާތްކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ އެހީގަ އެވެ. ތިން ސަތޭކަ އަށް ވުރެ ގިނަ ކުދިންނަށް ފަރުވާ ދެވޭ މި އިމާރާތުގައި އޯޓިޒަމް ކުދިންނަށް އެކި ބާވަތުގެ ތެރަޕީތައް ދެވޭނެ ކަމަށް އެތަނުން ބުންޏެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތް ހުޅުއްވައިދެއްވީ ސައުދީ އެމްބެސެޑަރު ބަދުރު އަލް ޚައިރު އެވެ. އޭނާ އާ އެކު ކުރީގެ ރައީސް ވަހީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އޯޓިޒަމް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ސައުދީ ސަފީރު ބަދުރު (މެދުގައި) އާއި ރައީސް ވަހީދާއި އިލްހާމް ބައިވެރިވެ ވަޑައިގަންނަވަނީ
"މިހާރު"އާ ވާހަކަ ދައްކަވަމުން އިލްހާމު ވިދާޅުވީ އޯޓިޒަމް ކުދިންނަށް ފަރުވާ ދިނުމަށް އަމިއްލަ ގޭގައި އޭނާ މީގެ 17 އަހަރު ކުރިން ފެއްޓެވި މަސައްކަތް މިއަދު ވަރަށް ބޮޑަށް ފުޅާކުރެވިއްޖެ ކަމަށެވެ. އޯޓިޒަމް ކުދިންނަށް ފަރުވާ ދިނުމަށް ސެންޓަރެއް ގާއިމުކޮށްދިނުމަށް ސަރުކާރުގައި އެދިވަޑައިގަތީ ވެސް ގޭގައި ހިދުމަތް ނުދެވޭ ވަރަށް، ކުދިންގެ އަދަދު އިތުރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޭގައި އަޅުގަނޑުމެން ތެރަޕީތައް ދޭން ފެށުމާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުދިން އިތުރުވެއްޖެ. އެހެންވެ، ދެން ޖެހުނީ ތަނެއް ކުއްޔަށް ހިފައިގެން އެ ހިދުމަތް ދޭން. އެކަމަކު ދާއިމީ ގޮތެއްގައި މި ހިދުމަތް ދޭން ވަރަށް މަސައްކަތުން ބިމެއް ހޯދީ،" އިލްހާމް ވިދާޅުވި އެވެ.
އޯޓިޒަމް އެސޯސިއޭޝަނުން ހުޅުމާލޭގައި ހުޅުވި ސެންޓަރު ޑިޒައިންކޮށްފައި ވަނީ ކުޑަކުދިންނާ ވަަރަށް ގުޅޭގޮތަށެވެ. ފަސްބުރިއަށް އެތަން އިމާރާތްކޮށްފައި ހުރި އިރު، ފެނުގައި ކަސްރަތު ކުރުމަށް އެތަނުގައި ޕޫލެއް ވެސް އޮވެ އެވެ.
އިލްހާމް ވިދާޅުވީ އެތަން އިމާރާތް ކުރުމަށް މާލޭން ބިމެއް ހޯދުމަށް ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި ހުޅުމާލޭގައި އެކަން ކުރުމަށް ދަތިތަކެއް ވެސް ހުރި ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް އޭނާ ފާހަގަ ކުރެއްވީ ދަތުރުކުރަން ޖެހުމުން ބައެއް ބެލެނިވެރިން އެ ސެންޓަރުން ވަކިވުމެވެ.
އަލަށް ހުޅުވި އޯޓިޒަމް ސެންޓަރުގައި އަދި ދާއިމީ ތެރަޕިސްޓުންނެއް ނުތިބެ އެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި ރާއްޖޭން ބޭރުން ވެސް ތެރަޕިސްޓުން ގެންނަވައިގެން ތަނުގެ ހިދުމަތް ފުޅާ ކުރައްވާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ.
އޯޓިޒަމަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފި
އޯޓިސްޓިކް ކުދިންނާއެކު ކުޑަކުދިންގެ ދުވަސް
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ
ރޯގާ ފެތުރޭތީ ކާނިވާ ހުޅުވުން ފަސްކޮށްފި
މެޑިކަލް ފެސިލިޓީއެއް ހަދަން އޭޑީކޭއާ ހަވާލުކޮށްފި
އޮރެންޖް ހިޔާ އެހެން ބަލިތަކުގެ ފަރުވާއަށް ބޭނުންކުރަނީ
ހުޅުމާލޭ ހޮސްޕިޓަލުން އައިސީޔޫއާއެކު ހިދުމަތް ފުޅާކުރަނީ
ޓްރީ ޓޮޕަށް ފުރަތަމަ ފަހަރަށް ފައިދާވާން ފަށައިފި