10 މެއި 2017
ޗަމްޕާ ސެންޓްރަލް ހޮޓެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން، މި އަހަރުގެ ކުޑަކުދިންގެ ދުވަސް އޯޓިސްޓިކް ކުދިންނާއެކު މިއަދު ފާހަގަކޮށްފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން، މި އަހަރުގެ ކުޑަކުދިންގެ ދުވަސް އޯޓިސްޓިކް ކުދިންނާއެކު މިއަދު ފާހަގަކޮށްފި އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ކުޑަކުދިންގެ ދުވަހާ ގުޅިގެން، ޗަމްޕާ ސެންޓްރަލް ހޮޓަލުން އޯޓިސްޓިކް ކުދިންނާ އެކު ބޭއްވި ހަރަކާތްތަކުގައި އެ ކުދިންގެ އާއިލާގެ މެމްބަރުން ބައިވެރިވިއިރު ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ މަންޒަރެވެ.
ހަބޭސް ބޮޑުބެރުގެ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އޯޓިޒަމް އެސޯސިއޭޝަންގެ ޗެއާމަން އިލްހާމް ހުސެއިން ފާހަގަކުރެއްްވި ގޮތުގައި، އެފަދަ ޖަމިއްޔާއެއް ހިންގަމުން އަންނަނީ ގިނަ ބައެއްގެ އެހީތެރިކަމާ އެކު އެވެ. އެހެންކަމުން އެ ޖަމިއްޔާ އަށާއި އޯޓިސްޓިކް ކުދިންނަށް ދެމުން އަންނަ އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު ދަންނަވައިފަ އެވެ.
އޯޓިސްޓިކް ކުދިންނާއެކު ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ހަފުލާގައި، އޯޓިސްޓިކް ކުދިންތަކެއް ކުރަހަނީ:
އޯޓިސްޓިކް ކުދިންނަކީ ވެސް މުޖުތަމައުގެ އަޅާލުން ބޭނުންވާ ކުދިން ކަމަށާއި ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އެންމެހައި ކުޑަކުދިންނަށް އަދި ހާއްސަގޮތެއްގައި އޯޓިޒަމް ކުދިންނަށް، ކުރީގެ ފަސްޓް ލޭޑީ އިލްހާމް ވަނީ ދަންނަވައިފަ އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގެ އޮފިޝަލަކު ވިދާޅުވީ މިފަދަ ހާއްސަ ދުވަހެއް، އޯޓިޒަމް ކުދިންނާއެކު ހޭދަކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ހަފުލާގައި، އޯޓިސްޓިކް ކުދިން ކުރަހާފައިވާ ބައެއް މަންޒަރު
މިއަދުގެ ހަފުލާގެ ތެރޭގައިި އޯޓިސްޓިކް ކުދިން ވަނީ އެ ކުދިންގެ ހުނަރު ދައްކުވައިދޭނެ ތަފާތު މަންޒަރުތައް ކުރަހައިފަ އެވެ.
އޯޓިޒަމް ކުދިންނަށް ހާއްސަ އިމާރާތެއް ހުޅުވައިފި
ޖަޕާނުން އޯޓިޒަމް އެސޯސިއޭޝަނަށް ބޮޑު އެހީއެއް
އޯޓިސްޓިކް ކުދިންނަށް ނިއުލެގޫންއިން ފަތަން ދަސްކޮށްދެނީ
އޯޓިޒަމަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފި
އޯޓިޒަމް މުބާރާތަކުން އެއްވަނަ ދިވެހި ކުއްޖަކަށް
އޯޓިޒަމް ކުދިންނަށް ޚާއްސަ ޑިސްކައުންޓެއް ދެނީ
އަދިވެސް ބޭނުންވަނީ މުޖުތަމައުގެ އަޅާލުން: އެމްއޭއޭ
އޯޓިސްޓިކް ދަރިވަރެއްގެ މަންމަ ގޮތް ހުސްވެފައި
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ރިވައިވްގެ ޒުމްބާ
އޯޓިޒަމް ގާލާގައި ރާއްޖޭގެ ހަތް ކުދިން، ވޯޓު މުހިއްމު