Roadha Mihaaru
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ރިވައިވްގެ ޒުމްބާ

ރިވައިވް ފިޓްނަސް އިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިލޭ ޒުމްބާ ކްލާސް ނަގައިދެނީ

29 ނޮވެމްބަރ 2016

ރިިވައިވް ފިޓްނަސް އިން އޯޓިސްޓިކް އަދި ޑަައުންސިންޑްރޮމް ކުދިންނަށް ހިލޭ ޒުމްބާ ކްލާސްތައް ނަގައިދޭން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިިވައިވް ފިޓްނަސް އިން އޯޓިސްޓިކް އަދި ޑަައުންސިންޑްރޮމް ކުދިންނަށް ހިލޭ ޒުމްބާ ކްލާސްތައް ނަގައިދޭން ފަށައިފި އެވެ.

އޯޓިޒަމް އެސޯސިއޭޝަނާ ގުޅިގެން ހިންގާ ޕްރޮގްރާމުގައި ޒުމްބާ ކްލާސްތައް ނަގައިދެމުން އަންނަނީ ކޮންމެ ހަފުތާ ބަންދެއްގަ އެވެ. އެގޮތުން މި ކްލާސްތައް ނަގައިދެމުން އަންނަތާ މިހާރު ދެ މަސް ވެފައިވާކަމަށް ރިވައިވް އިން ބުންޏެވެ.

ރިވައިވް ފިޓްނަސްގެ މާކެޓިން މެނޭޖަރު ޒައިނަބު މަންސޫރު ވިދާޅުވީ މި ކްލާސްތައް ނަގައިދިނުމުގެ މަގުސަދަކީ ހުރިހާ ކުދިންނަށް ވެސް ގުޅިގެން އުޅެން ދަސްކޮށްދިނުމާ އެކު، އެއީ މުޖުތަމައުގެ ލޯބި ބޭނުންވާ ބައެއްކަން ހާމަކުރުމެވެ.

އޯޓިޒަމް ކުދިންނަށް ރިވައިވް ފިޓްނެސް ގްރޫޕުން ޒުމްބާ ކްލާސްތައް ނަގައިދެނީ.-- ފޮޓޯ: ރިވައިވް ފިޓްނެސް

އޯޓިޒަމް ކުދިންނަށް ރިވައިވް ފިޓްނެސް ގްރޫޕުން ޒުމްބާ ކްލާސްތައް ނަގައިދެނީ.-- ފޮޓޯ: ރިވައިވް ފިޓްނެސް

"އަޅުގަނޑުމެން ހިލޭ މި ކުދިންނަށް މި ކްލާސްތައް ނަަގައިދެމުން އަންނަނީ،" ޒައިނަބު ވިދާޅުވި އެވެ.

މި ޕްރޮގްރާމަށް އޯޓިޒަމް އެސޯސިއޭޝަންގެ ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

ރިވައިވް ފިޓްނަސްގެ މި ޒުމްބާ ކްލާހުގައި އޯޓިޒަމް އަދި ޑައުންސިންޑްރޮމްގެ ޖުމްލަ 17 ކުދިން ބައިވެރިވެ އެވެ.

ރިވައިވް ފިޓްނެސްއިން މިއުޒިކާ ނުލައި ވެސް ޒުމްބާ ކްލާސްތައް ނަގައިދޭން ފަށާފައިވާކަމަށާއި އެތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާނެ ކަމަށް ޒައިނަބު ވިދާޅުވި އެވެ،

މިދިޔަ މެއި މަހު ހިދުމަތްދޭން ފެށި މި ފިޓްނަސް ގްރޫޕުން ވަނީ ފުރާވަރު ކުދިންނަށް ހާއްސަކޮށްގެން ވެސް ޒުމްބާ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެގޮތުން ހެޔޮ އަގެއްގައި ހަފުތާގެ ތިން ދުވަހު އެ ކުދިންނަށް ޒުމްބާ ކްލާސްތައް ނަގައިދޭނެ ކަމަށް ވެސް ޒައިނަބު ވިދާޅުވި އެވެ.