Roadha Mihaaru
އެންމެ ގިނައިން ހިނގަނީ ހޮންކޮންގު މީހުން

އެންމެ ގިނައިން ހިނގަނީ ހޮންކޮންގު މީހުން، މަދުން ހިނގަނީ މެލޭޝިއާ މީހުން

15 ޖުލައި 2017

އެޅެނީ ކިތައް ފިޔަވަޅުކަން ބެލުން، ސްމާޓްފޯނާ އެކު މިހާރު ވަރަށް ފަސޭހަވެއްޖެ އެވެ. އާދައިގެ ސިއްހަތެއްގައި ހުންނަ މީހަކު ދުވާލަކު 10،000 ފިޔަވަޅު އަޅާ ނަމަ އެއީ ހަރަކާތްތެރިވެ އުޅޭ މީހެއް ކަމަށް ބެލިދާނެ އެވެ. އެހެންވެ މި އަމާޒަށް ވާސިލުވާން މަސައްކަތްކުރާ މީހުން ވެސް އުޅެ އެވެ.

އެޅެނީ ކިތައް ފިޔަވަޅުކަން ބެލުން، ސްމާޓްފޯނާ އެކު މިހާރު ވަރަށް ފަސޭހަވެއްޖެ އެވެ. އާދައިގެ ސިއްހަތެއްގައި ހުންނަ މީހަކު ދުވާލަކު 10،000 ފިޔަވަޅު އަޅާ ނަމަ އެއީ ހަރަކާތްތެރިވެ އުޅޭ މީހެއް ކަމަށް ބެލިދާނެ އެވެ. އެހެންވެ މި އަމާޒަށް ވާސިލުވާން މަސައްކަތްކުރާ މީހުން ވެސް އުޅެ އެވެ.

ފިޔަވަޅު ގުޅުމަށް ބޭނުންކުރާ ފޯން އެޕްލިކޭޝަނެއް ކަމަށްވާ "އާގަސް" މެދުވެރިކޮށް ރިސާޗް ޓީމަކުން މި ވަނީ އެންމެ ހަރަކާތްތެރި މީހުން އުޅެނީ ކޮން ގައުމުތަކެއްގައިތޯ ބަލައިފަ އެވެ. މި ޓީމުން 111 ގައުމަކުން 717،527 މީހުންގެ މައުލޫމާތު އެއްކޮށްގެން ބެލި އިރު އެންމެ ހަރަކާތްތެރީ ހޮންކޮންގު މީހުންނެވެ.

ނޭޗާ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓަށް ނެގީ މަދުވެގެން 1000 މީހުން އެޕްލިކޭޝަން ބޭނުންކޮށްފައިވާ ގައުމުތަކެވެ. އެގޮތުން ދިރާސާ ބިނާކުރީ 46 ގައުމެއްގެ މައުލޫމާތުގެ މައްޗަށެވެ. މި މީހުންގެ ޖިންސާއި އުމުރު ފަދަ މައުލޫމާތު ވެސް ބެލި އެވެ.

މި ކަންކަމަށް ބިނާކޮށް ހެދި ދިރާސާއިން އެނގުނީ އެންމެ ގިނައިން ހިނގަނީ ހޮންކޮންގު މީހުން ކަމަށާއި އެ ގައުމުގެ މީހުން އެވްރެޖްކޮށް ކޮންމެ ދުވަހަކު 6880 ފިޔަވަޅު އަޅާ ކަމަށެވެ. ދެން އެންމެ ގިނައިން ހިނގަނީ ޗައިނާ މީހުންނެވެ. އެ ގައުމު މީހުން އެވްރެޖްކޮށް ކޮންމެ ދުވަހަކު 6189 ފިޔަވަޅު އަޅަ އެވެ. ޔުކްރެއިނަށް ތިން ވަނަ ލިބެނީ 6107 ފިޔަވަޅުންނެވެ.

ހަރަކާތްތެރިކަން އެންމެ ކުޑައީ މެލޭޝިއާ މީހުންގެ އެވެ. އެ ގައުމުގައި އެވްރެޖްކޮށް ކޮންމެ މީހަކު އަޅަނީ ދުވާލަކު 3963 ފިޔަވަޅެވެ. ފަހަތުން ދެ ވަނާގައި ސައޫދީ އަރަބިއްޔާ އޮތީ 3807 ފިޔަވަޅާ އެކުގަ އެވެ. އަދި އިންޑޮނީޝިއާ އަށް ފަހަތުން ތިން ވަނަ ލިބެނީ 3513 ފިޔަވަޅުންނެވެ.

ދިރާސާ ޓީމުން ބުނީ ފަލަ މީހުން އެންމެ ގިނަ ގައުމުތަކުގައި ހަރަކާތްތެރިކަން ކުޑަކަން މި ދިރާސާއިން ވެސް އެނގުނު ކަމަށެވެ. އެގޮތުން މި މައްސަލަ އެންމެ ބޮޑު އެމެރިކާ އާއި މެކްސިކޯގައި މީހުންގެ ހަރަކާތްތެރިކަން ހުރި މިންވަރު ވަރަށް އެއްވަރެވެ.