Roadha Mihaaru
ދުވަންޏާ ކަކުލު ހުޅު ހަލާކުވާނެތަ؟

ދުވަންޏާ ކަކުލު ހުޅު ހަލާކުވާނެތަ؟

08 ޖެނުއަރީ 2017

ދުވުމަކީ ވަރުބަލިކަމާއި ގައިގެ ރިހުމާ ކުރިމަކުރުވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި ކަކުލު ހުޅުގެ މައްސަލަ ޖެހޭ އަދި މައްސަލައެއް ހުންނަ ނަމަ ދުވުމުގެ ސަބަބުން އެކަން ބޮޑުވާ ކަމަށް ވެސް ގަބޫލުކުރެ އެވެ. އެކަމަކު އާ ދިރާސާއެއްގައި ބުނަނީ ދުވުމުން ކަކުލު ހުޅުގެ ވޭންތަކަށް ލުއިވާ ކަމަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ދުވުމަކީ ވަރުބަލިކަމާއި ގައިގެ ރިހުމާ ކުރިމަކުރުވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި ކަކުލު ހުޅުގެ މައްސަލަ ޖެހޭ އަދި މައްސަލައެއް ހުންނަ ނަމަ ދުވުމުގެ ސަބަބުން އެކަން ބޮޑުވާ ކަމަށް ވެސް ގަބޫލުކުރެ އެވެ. އެކަމަކު އާ ދިރާސާއެއްގައި ބުނަނީ ދުވުމުން ކަކުލު ހުޅުގެ ވޭންތަކަށް ލުއިވާ ކަމަށެވެ.

ބްރިގަމް ޔަންގް ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސަ އޮފް އެކްސަސައިޒް ސައިންސަސް މެޓް ސިލީ ވިދާޅުވީ ދުވުމަކީ ކަކުލު ހުޅު ހަލާކުވާ ކަމެއްގެ ގޮތުގައި ގަބޫލުކުރެވިފައި އޮންނަނީ ހަގީގަތަށް ބެލުމެއް ނެތި ކަމަށެވެ.

"ގިނައިރު ދުވުމަކީ ކަކުލު ހުޅަށް ގެއްލުން ހުރި ކަމެއްގެ ގޮތުގައި ކުރެވޭ ހީއަކީ ކުށް ހީއެއް ކަމަށް ވެދާނެ،" ސިލީ ވިދާޅުވި އެވެ.

ސިލީ އާއި އޭނާގެ ޓީމުން ދިރާސާގައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އަންހެނުންނާއި ފިރިހެނުންގެ އެތައް ބައެއްގެ ކަކުލު ހުޅުގެ ލޮނޖަށް އަންނަ ބަދަލު ދެނެގެންފަ އެވެ. އެގޮތުން، 30 މިނެޓް ވަންދެން ދުވުމަށް ފަހު އަދި ދުވުމުގެ ކުރިން ކަކުލުގެ އިންފްލެމޭޝަން އަންނަ ބަދަލު ދެނެގެންފަ އެވެ.

"ދިރާސާއިން އެނގުނީ ޒުވާން، ސިއްހަތު ރަނގަޅު މީހުން ދުވުމުން ކަކުލު ހުޅު ތެރޭގައި އިންފްލެމޭޝަންއާ ދެކޮޅަށް މަސައްކަތްކުރާ ގޮތް މެދުވެރިވާކަން. އަދި މިކަމުން އިންފްލެމޭޝަން ކުޑަވެދާނެ ކަމަށް ގަބޫލުކުރެވޭ،" ޔުނިވަސިޓީ ނިއުސް ރިލީޒްގައި، ދިރާސާގައި އިސްކޮށް ހުންނެވި އެސިސްޓެންޓް ޕްރޮފެސަރު އޮފް އެކްސަސައިޒް ސައިންސް ރޮބަޓް ހައިޑަލް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ދުވުމަކީ އާތުރައިޓިސް އާއި ހުޅުތަކުގެ މިފަދަ އެހެން ބައެއް ބަލިތައް އުފެދުން ލަސްކޮށްދޭނެ ކަމެއްގެ ގޮތުގައި މި ދިރާސާއިން ދެއްކި ކަމަށެވެ.

"ދިރާސާއަކުން ނުދައްކާ ގިނައިން ދުވާ މީހުންގެ ހުޅުތަކަށް މިފަދަ ބަލިތަކާ ކުރިމަތިވުމުގެ ފުރުސަތު، ނުދުވާ މީހުންނާ އަޅާބަލާއިރު ބޮޑުވާ ކަމަކަށް،" ސިލީ ވިދާޅުވި އެވެ. "އެކަމަކު ދުވުމަކީ ހުޅުތަކަށް ފަރުވާއެއްގެ ގޮތުގައި ފެނުނީ."

މި ދިރާސާ ވަނީ ޔޫރަޕިއަން ޖާނަލް އޮފް އެޕްލައިޑް ފިޒިއޮލޮޖީގައި ޝާއިއުކޮށްފަ އެވެ. -- ހެލްތު ޑޭ ނިއުސް