10 މެއި 2017
ދުވުމާއި ބާރަށް ހިނގުމަކީ ވެސް ހިތާއި ލޭ ހޮޅިތަކަށް ކަސްރަތު ލިއްބައިދޭ "ކާޑިއޯ" ކަސްރަތުގައި އާންމު ދެ ގޮތެވެ. އެކަމަކު ދުވެގެން ވަރުބަލިކަން ބޮޑަށް އިހްސާސްވާ ގޮތަށް ކުރާ ކަސްރަތާ އެއްވަރުގެ ފައިދާއެއް ހިނގައިގެން ލިބިދާނެ ހެއްޔެވެ؟
ދުވުމާއި ބާރަށް ހިނގުމަކީ ވެސް ހިތާއި ލޭ ހޮޅިތަކަށް ކަސްރަތު ލިއްބައިދޭ "ކާޑިއޯ" ކަސްރަތުގައި އާންމު ދެ ގޮތެވެ. އެކަމަކު ދުވެގެން ވަރުބަލިކަން ބޮޑަށް އިހްސާސްވާ ގޮތަށް ކުރާ ކަސްރަތާ އެއްވަރުގެ ފައިދާއެއް ހިނގައިގެން ލިބިދާނެ ހެއްޔެވެ؟
އެމެރިކަން ހާޓް އެސޯސިއޭޝަނުން ދިރާސާއަކާ ހަވާލާދީ ބުނީ ހިތުގެ ބަލިތައް ޖެހުމަށް އޮންނަ ފުރުސަތު ކުޑަކުރުމަށް، ހިނގުމަކީ ވެސް ދުވުމުން ލިބޭ ފައިދާ ލިއްބައިދޭ ކަސްރަތެއް ކަމަށެވެ.
މިހެން ބުނެފައި ވަނީ ދުވާ އަދި ހިނގާ 48،000 މީހަކު ބައިވެރިކޮށްގެން ކުރި ދިރާސާއަކަށް ފަހުގަ އެވެ. މި ދިރާސާގައި ގިނައީ އުމުރުން 40 އާއި 50 ގެ އަހަރުތަކުގެ މީހުންނެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ދާހިއްލާ ވަރަށް ބާރަށް ހިނގުމަކީ ހަކުރު ބައްޔާއި ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރުގެ މައްސަލަ ހުންނަ މީހުންނަށް އެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އެހީއަކަށްވެ އެވެ.
އެކަމަކު މި ދިރާސާގައި ބުނެފައި ވަނީ ދުވެގެން ލިބޭ ފައިދާ ހިނގައިގެން ލިބޭނީ ގިނައިރު ހިނގުމުން ކަމަށެވެ. އެހެންވެ، ދުވުމުގައި ހޭދަކުރާ ވަގުތަށް ވުރެ ގިނައިރު ހިނގުމުގައި ހޭދަކުރަން ޖެހެ އެވެ. އެހެންވެ، 15 މިނެޓް ދުވެގެން އަނދާ ކެލަރީއާ އެއްވަރަށް، 30 މިނެޓް ހިނގައިގެން ކެލަރީ އަނދާނެ އެވެ.
ހާނީއްކައެއް ލިބުމުގެ ފުރުސަތު ބޮޑީ ދުވުމުން ކަމަށް ވާއިރު، މިކަމަށް ވިސްނާ މީހަކު ހިނގުމަކީ ބުއްދިވެރި ކަމަކަށް ވެދާނެ އެވެ. ދުވުމަކީ ކުޑަ ވަގުތުކޮޅަކުން ގިނަ ކެލަރީސް އަންދާލެވޭނެ ގޮތަކަށް ވިޔަސް އާތުރައިޓިސް އާއި މިފަދަ އެހެން ބައްޔެއް ހުންނަ މީހުން މިކަމުގައި ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހޭނެ އެވެ.
އުފާވެރި ޚަބަރަކީ، ދުވުމާއި ހިނގުމުގެ ތެރެއިން ވަކި ކަމެއްގައި ދެމިހުންނަން ނުޖެހުމެވެ. ހިނގިޔަސް، ދުވިޔަސް މައްސަލައެއް ނެތެވެ. ނުވަތަ މި ދެ ކަންތައް އެކުގައި ވެސް ކުރެވިދާނެ އެވެ. އެ މީހަކަށް ފަސޭހަ ގޮތެއް ޚިޔާރުކުރަންވީ އެވެ.
ހިނގުމުން ސިކުނޑިއަށް ބޮޑު ފައިދާއެއް
ދުވަންޏާ ކަކުލު ހުޅު ހަލާކުވާނެތަ؟
ކަސްރަތު ކުރަންވީ ދުވާލު، އެންމެ ރަނގަޅީ ހެނދުނު
މި މީހުންގެ ދިރިއުޅުން ބަދަލުވީ ދުވެގެން
އެންމެ ގިނައިން ހިނގަނީ ހޮންކޮންގު މީހުން
ފަރުވާ: އެ ހުއްޓުނީ ހިތް! ސަބަބުތައް ބައިވަރު
ގަޑިއެއްހާއިރުގެ ލުއި ކަސްރަތަކުން ބޮޑު ފައިދާއެއް
ކަރަންގެ މަންމަ ހޮސްޕިޓަލުގައި ބާއްވައިފި
އޭއެމްޑީސީގެ ސައިންސް ލެބަށް އައިއެސްއޯ ސެޓްފިކެޓް
ބަލިތައް މައްޗަށް، އަދިވެސް ހަކުރު ސަބްސިޑީ ދޭންޖެހޭ؟