21 ޖޫން 2016
ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ ލައިސަންސް މިއަދު ލިބުމާ އެކު އެކަން އަންނަ އަހަރު ފަށާނެ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދު ބުނެފި އެވެ.
ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ ލައިސަންސް މިއަދު ލިބުމާ އެކު އެކަން އަންނަ އަހަރު ފަށާނެ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދު ބުނެފި އެވެ.
ދައުލަތުގެ ބަޖެޓުން ހިންގާ ޕީއެސްއެމަށް މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ދިހަ އަހަރު ދުވަހުގެ ލައިސަންސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ވަނީ ދީފަ އެވެ. މި ލައިސަންސް ޕީއެސްއެމްއާ ހަވާލުކޮށްދެއްވީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބެވެ. ޕީއެސްއެމްގެ ފަރާތުން ލައިސަންސާ ހަވާލުވެވަޑައިގެންނެވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ.
ޕީއެސްއެމަށް ލައިސަންސް ދޭން ބްރޯޑްކާސްޓިން ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ ކޭބަލް ޓީވީގެ ހިދުމަތް ފަށަން މިހާރު ވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ ކުންފުންޏަށް މިވަގުތު ވެސް މާލެ އަށް ހިދުމަތް ދޭން ފެށިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން މިހިނދުން މިހިނދަށް ވެސް މި ހިދުމަތް ދެވެން ހުރި ހުރިހާ ގޮތްތަކެއް ބަލައި، އަޅުގަނޑުމެންގެ އަމިއްލަ އިންފްރާސްޓަރަކްޗާ ގާއިމުވެ ނިމުމުގެ ކުރިން ވެސް ރާއްޖޭގައި ގާއިމުކޮށްފައިވާ އެހެނިހެން އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން ވީހާވެސް އަވަހަކަށް ފަށާނަން --ހަލީލް
"2017 ވަނަ އަހަރު މި ހިދުމަތް ދިނުމަށް އިންފްރާސްޓަރަކްޗާ ގާއިމުވެ ނިމެންދެން މަޑުކުރަނީއެއް ނޫން. އަޅުގަނޑުމެން މިހިނދުން މިހިނދަށް ވެސް މި ހިދުމަތް ދެވެން ހުރި ހުރިހާ ގޮތްތަކެއް ބަލައި، އަޅުގަނޑުމެންގެ އަމިއްލަ އިންފްރާސްޓަރަކްޗާ ގާއިމުވެ ނިމުމުގެ ކުރިން މިހާރު ވެސް ރާއްޖޭގައި ގާއިމުކޮށްފައިވާ އެހެނިހެން އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން ހިދުމަތް ވީހާވެސް އަވަހަކަށް ފަށާނަން،" ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ޓީވީއެމް ބެލޭނެ ގޮތް ހަދާނެ ކަމަށެވެ. އޭގެ އިތުރުން އެހެނިހެން ޑިވައިސްތައް މެދުވެރިކޮށް ޗެނަލްތައް ބެލޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީބު ވިދާޅުވީ މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ދިރާގަށް ދޫކޮށްފައިވީ ނަމަވެސް އެ ކުންފުނިން އަދި މުޅި ރާއްޖެ އަށް އެކަން ނުފަށާ ކަމަށެވެ.
"މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެ ހިދުމަތް ދެމުން ނުދޭ. އަޅުގަނޑުމެންނަށް މި ފެންނަނީ ހަމައެކަނި މާލެއަށް [މީޑިއާ ނެޓުން] އެ ހިދުމަތް ދެމުން އަންނަ ތަން. އަދި ރަށްރަށުގައި ވަކިވަކި 110 އޮޕަރޭޓަރުން. ނަމަވެސް އަޅުގަނޑުމެންގެ ތަސައްވުރަކީ އެއް ނެޓްވޯކަކުން އުތުރާއި ދެކުނަށް ގުޅާލެވޭނެ ދުވަހެއް،" އޭނާ ވިދާޅުވި އެވެ.
ކޭބަލް ޓީވީ ވާދަވެރި މާކެޓަކަށް: ދެން އަގު ހެޔޮވާނެ!
ބްރޯޑްކޮމްގެ ކުރީގެ ނިންމުންތައް ރިވިއުއަށް ފުރުސަތުދެނީ
ޕީއެސްއެމްއާ މެދު އަމަލުކުރީ އާންމު އުސޫލުން:ބްރޯޑްކޮމް
ކެންޑިޑޭޓުންނަށް ވަގުތުދޭ އުސޫލަށް އަމަލުކުރަން ފަށައިިފި
ޝޯއާ ގުޅިގެން ޕީއެސްއެމުން މާފަށް އެދެން އަންގައިފި
ކޭބަލް ޓީވީ ކުންފުންޏެއް 290،000ރ.އިން ޖޫރިމަނާ
ބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ހިޔާލު ހޯދަނީ
"ކޭބަލް ޓީވީ އޮންނަން ޖެހޭނީ ދައުލަތުގެ ދަށުގައި"
ބްރޯޑްކޮމްގެ މެމްބަރުކަމަށް އަލުން ހުޅުވާލައިފި
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި