03 ޖޫން 2019
ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްވި މައްސަލާގައި ޕީއެސްއެމް އިން މައާފަށް އެދެން އެންގި މައްސަލާގައި އަމަލުކުރީ އާންމު އުސޫލުތަކުގެ ތެރެއިން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.
ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްވި މައްސަލާގައި ޕީއެސްއެމް އިން މައާފަށް އެދެން އެންގި މައްސަލާގައި އަމަލުކުރީ އާންމު އުސޫލުތަކުގެ ތެރެއިން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.
މައާފަށް އެދި ބަޔާން ނެރުމަށް ފެބްރުއަރީ، 2018 ގައި ބްރޯޑްކާސްޓިން ކޮމިޝަނުން ޕީއެސްއެމްއަށް އެންގީ އެ އަހަރުގެ އާ އަހަރު ފާހަގަކުރަން ބޭއްވި ޝޯގައި ނިވާކަން ކުޑަ ހެދުންތަކެއް ލައިގެން ބަޔަކު ނެށި މަންޒަރު ދެއްކި މައްސަލާގަ އެވެ. އެކަމަކީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް ކަމަކަށްވާތީ ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައި އޮތީ މައާފަށް އެދި ބަޔާނެއް އާންމު ކުރުމަށެވެ.
ޕީއެސްއެމް އިން އެ އެންގުމާ އެއްގޮތަށް މައާފަށް އެދުނީ އޭގެ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ މަހު އެވެ. މައާފަށް އެދި ޕީއެސްއެމް އިން ނެރުނު ބަޔާނުގައިވަނީ ޕީއެސްއެމްގެ ކުރީގެ މެނޭޖްމަންޓް އޮތްއިރު އެ އެންގުން ތަންފީޒު ކުރަން ކޮމިޝަނުން މަސައްކަތް ނުކޮށް ތިބުމަށް ފަހު އެ މަސައްކަތް ކޮމިޝަނުން ފެށީ މިދިޔަ އޭޕްރީލް މަހު ކަމަށެވެ.
އެކަމާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ޕީއެސްއެމްއަށް ފޮނުވި ސިޓީގައިވަނީ ޕީއެސްއެމް އިން އެ ކޮމިޝަންގެ އެންގުމަށް އަމަލު ނުކުރާތީ އެ މައްސަލަ ކޯޓަށް ފޮނުވަން އެޓާނީ ޖެނެރަލްގެ އޮފީހަށް އޭޕްރީލް، 2018 ގައި ފޮނުވި ކަމަށެވެ. އެކަމަކު އެ މައްސަލަ ކޯޓަށް ފޮނުވުމުގެ ބަދަލުގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލު ކުރުމަށް އޮކްޓޫބަރު، 2018 ގައި އެޓާނީ ޖެނެރަލްގެ އޮފީހުން އަންގާފައިވާ ކަމަށް އެ ސިޓީގައިވެ އެވެ. އަދި ޕީއެސްއެމްގެ މެނޭޖްމަންޓް ފަހުން ބަދަލުވެފައި ވިޔަސް، އެ ކޮމިޝަންގެ އެ އެންގުން ތަންފީޒު ކުރަން ޖެހޭނެ ކަމަށާއި އެހެންވެ، އެކަން ޕީއެސްއެމް އަށް މިދިޔަ މަހު އެންގީ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ސިޓީގައިވެ އެވެ.
"މި މައްސަލާގައި ކޮމިޝަނުން އަމަލު ކޮށްފައިވާނީ ޕީއެސްއެމްގެ ބަޔާނުގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމަކާ ގުޅުމެއް ނެތި، އެހެން މައްސަލަތަކުގައި ވެސް މި ކޮމިޝަނުން އަމަލުކުރާ އުސޫލުން ކަމުގައި ދަންނަވަމެވެ." އެ ސިޓީގައިވެ އެވެ.
އެ ސިޓީގައި ވަނީ ޕީއެސްއެމްގެ ބަޔާނުގައި ކޮމިޝަންގެ ޒިންމާތަކާ މެދު ސުވާލު އުފެދޭ ގޮތަށް އަދި ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ހިމަނާފައި އޮތްއޮތުމަކީ ދައުލަތުގެ މީޑިއާ އިން ދައުލަތުގެ އެހެން މުއައްސަސާއެއްގެ އަގު ވައްޓާލަން މަސައްކަތް ކުރުން ކަމަށް ދެކޭ ކަމަށެވެ. އަދި ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރަން ޕީއެސްއެމް އިން މަސައްކަތް ކުރަމުން ދާއިރު، މިފަދަ ކަންކަން ތަކުރާރު ނުކުރަން އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.
އެކްރެޑިޓް ފާސް ދޫކުރާނީ ބްރޯޑްކާސްޓަރުންނަށް:ބްރޯޑްކޮމް
ރައީސަށް ވަގަށް ގޮވާ ލަވަ ނުދައްކަން އަންގައިފި
60 އަހަރު ލަސްވިޔަސް މިއީ ދޭންޖެހޭ އެވޯޑެއް: ރައީސް
ބްރޯޑްކާސްޓަރުންނާއެކު މައްސަލަތަައް ހައްލުުކުރާނަން: މަރީ
ބްރޯޑްކޮމްއަށް ޖަވާބުދޭން ޗެނަލް-13 އުޒުރުވެރި ވެއްޖެ
ޖިންސީ ގޯނާ: ޗެނަލް13ގެ މައްސަލަ ބަލަން ފަށައިފި
ބްރޯޑްކޮމްއަށް އަނާ އައްޔަން ކުރަން ފާސްކޮށްފި
ކޮވިޑް-19: ބްރޯޑްކާސްޓަރުންގެ ހާލަތު ބަލައި އެހީވަނީ
މަޖިލީހުގެ ރައީސްގެ އިވެންޓްތައް ވެސް ހިލޭ ލައިވް!
ބްރޯޑްކޮމްގެ ކުރީގެ ނިންމުންތައް ރިވިއުއަށް ފުރުސަތުދެނީ