14 އެޕްރީލް 2020
ކޮރޯނާވައިރަސްއާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކުގައި ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންނަށް ކުރިމަތިވެފައިވާ މާލީ މައްސަލަތައް ދެނެގަތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ
ކޮރޯނާވައިރަސްއާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކުގައި ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންނަށް ކުރިމަތިވެފައިވާ މާލީ މައްސަލަތައް ދެނެގަތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ
އެ ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަަކުގެ ސަބަބުން، ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންނަށް ކުރިމަތިވެފައިވާ މާލީ ނުތަނަވަސް ކަމަށް ހައްލެއް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުންގެ މިހާރުގެ ހާލަތު ދެނެގަތުމަށްޓަކައި ބްރޯޑްކޮމުން ތައްޔާރު ކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށް އެދިފައި ވެ އެވެ.
ސަރކިއުލަރ - ކޮވިޑް-19 އާ ގުޅިގެން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް ކުރިމަތިވެފައިވާ ޙާލަތު ދެނެގަތުންhttps://t.co/vu4m9CpRZ7 pic.twitter.com/ZYcxuI8Odh
— MVbroadcom (@broadcomMV) April 14, 2020
އެ ފޯމު ފުރިހަމަ ކުރުމަށް ފަހު ބްރޯޑްކޮމް އަށް އެ ފޮނުވަންޖެހޭ އެންމެ ފަހު ތާރީޚަކީ މި މަހުގެ 21 އެވެ. ފޯމު ހުށަހަޅަން ޖެހެނީ ބްރޯޑްކޮމްގެ އީމެއިލް info@broadcom.org.mv މެދުވެރިކޮށެވެ.
ބްރޯޑްކޮމަށް ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ އިންވެސްޓްމަންޓުގެ އަގާއި މި އަހަރަށް ލަފާކުރާ ފައިދާ އާއި ގެއްލުމުގެ އަދަދާއި މުވައްޒަފުންގެ އަދަދާއި އެ މީހުންގެ އެވްރެޖު މުސާރަ އާއި ޖުމްލަ މުސާރަ އާއި ރިކަރަންޓް ޚަރަދާއި ލޯނެއް ނަގާފައިވާ ނަމަ އެ ލޯނެއްގެ އަދަދެވެ. އަދި ކޮރޯނާވައިރަސް އާ ގުޅިގެން އެއްވެސް ކަހަލަ މާލީ ގެއްލުމެއް ވެފައިވާ ނަމަ އަދި ގެއްލުމެއް ވާ ނަމަ އޭގެ ތަފްސީލާއި ހާލަތުން އަރައިގަތުމަށް އެ ބްރޯޑްކާސްޓަރަކަށް ފެންނަ ކަންކަމާއި ބޭނުންވާ އެހީތެރިކަމުގެ މައުލޫމާތު ވެސް ދިނުމަށް ބްރޯޑްކޮމުން އެދިފައި ވެ އެވެ.
އެކްރެޑިޓް ފާސް ދޫކުރާނީ ބްރޯޑްކާސްޓަރުންނަށް:ބްރޯޑްކޮމް
ރައީސަށް ވަގަށް ގޮވާ ލަވަ ނުދައްކަން އަންގައިފި
60 އަހަރު ލަސްވިޔަސް މިއީ ދޭންޖެހޭ އެވޯޑެއް: ރައީސް
ބްރޯޑްކާސްޓަރުންނާއެކު މައްސަލަތަައް ހައްލުުކުރާނަން: މަރީ
ބްރޯޑްކޮމްއަށް ޖަވާބުދޭން ޗެނަލް-13 އުޒުރުވެރި ވެއްޖެ
ޖިންސީ ގޯނާ: ޗެނަލް13ގެ މައްސަލަ ބަލަން ފަށައިފި
ބްރޯޑްކޮމްއަށް އަނާ އައްޔަން ކުރަން ފާސްކޮށްފި
ބްރޯޑްކޮމްގެ ކުރީގެ ނިންމުންތައް ރިވިއުއަށް ފުރުސަތުދެނީ
ޕީއެސްއެމްއާ މެދު އަމަލުކުރީ އާންމު އުސޫލުން:ބްރޯޑްކޮމް
ޓީވީތަކުން އިންތިހާބު ކަވަރުކުރީ ހަމަހަމަކޮށެއް ނޫން