Roadha Mihaaru
ބްރޯޑްކޮމްގެ ކުރީގެ ނިންމުންތައް ރިވިއުއަށް ފުރުސަތުދެނީ

ބްރޯޑްކޮމްގެ ކުރީގެ ނިންމުންތައް ރިވިއު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި

30 ޖެނުއަރީ 2020

ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިން ނިންމާފައިވާ ނިންމުންތައް ވެސް ރިވިއު ކުރަން އެދި އެ ކޮމިޝަނަށް ހުށަހެޅޭ ގޮތަށް އެ ކޮމިޝަނުން މިއަދު ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިން ނިންމާފައިވާ ނިންމުންތައް ވެސް ރިވިއު ކުރަން އެދި އެ ކޮމިޝަނަށް ހުށަހެޅޭ ގޮތަށް އެ ކޮމިޝަނުން މިއަދު ހަމަޖައްސައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމާއި ބަލައިގަތުމުގެ އުސޫލަށް މިއަދު ގެނައި އިސްލާހުގެ ދަށުން އެ ކޮމިޝަނުން ކުރިން ނިންމާފައިވާ މައްސަލަތައް ރައްދުވާ ފަރާތްތަކުން އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ ނިންމުން ރިވިއު ކުރަން އެ ކޮމިޝަނަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން ނިންމުން ރިވިއުކުރަން ހުށަހަޅާ މައްސަލަތައް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރިވިއު ކުރަން ހުށަހަޅަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެކަމަކު ރިވިއުކުރަން ނިންމާފައިވާ، ރިވިއު ކުރަންޖެހޭ އެކަށީގެންވާ ގާނޫނީ ސަބަބުތަކެއް ހުރި ނަމަ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން މައްސަލާގައި ހިމެނޭ ދެ ފަރާތުން ސުލްހަވެރި ހައްލަކަށް އާދެވޭނެ ކަމަށް ކޮމިޝަނަށް ފެންނަ މައްސަލަތަކުގައި ހައްލެއް ލިބޭތޯ ބެލުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއެއް ވެސް ފަށަން ނިންމާފައިވާ އެ ކޮމިޝަނުން ބުންޏެވެ. އެފަދަ މައްސަލަތަކުގައި ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުން އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އެގޮތަށް މައްސަލަ ނިންމާނެ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.