Roadha Mihaaru
ބައިސްކޯފު ހުއްޓާލަން އެންގުނީ އޮޅުމަކުން: ބްރޯޑްކޮމް

ބައިސްކޯފު ހުއްޓާލަން އެންގުނީ އޮޅުމަކުން: ބްރޯޑްކޮމް

20 އެޕްރީލް 2023

މުނިފޫހިފިލުވުމުގެ ހާއްސަ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ބައިސްކޯފު ހުއްޓާލަން އެންގުނީ އޮޅުމަކުން ކަމަށާއި ބައިސްކޯފަށް އެ ކޮމިޝަނުން އަންގާނީ ރީބްރޯޑްކާސްޓް ނުކުރަން ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ބައިސްކޯފުން ދޭ ހިދުމަތްތަކުގެ ތެރެއިން ބައެއް ޗެނަލްތައް ރީބްރޯޑްކާސްޓް ކުރާ ކަމަށް ފާހަގަވެފައިވާތީ ރީބްރޯޑްކާސްޓް ނުކުރަން އެންގުމަށް ނިންމި ކަމަށެވެ.

އެކަމަކު އެ ކޮމިޝަންގެ ސިޓީ އިބާރާތް ކުރެވިފައި އޮތީ ބައިސްކޯފްގެ ހުރިހާ ހިދުމަތެއް ހުއްޓާލަންޖެހޭ ގޮތަށް އޮތް ކަމަށާއި އެހެންވެ، އެކަން އިސްލާހުކޮށް، ބައިސްކޯފަށް އަލުން އަންގާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ބްރޯޑްކޮމްގެ ގަވާއިދު އޮންނަ ގޮތުން ލައިސަންސް ލިބިފައިވާ އެއްވެސް ޗެނަލެއް އެއްވެސް ޕްލެޓްފޯމަކުން ގެނެސްދޭ ނަމަ، ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނަގަންޖެހެ އެވެ.