Roadha Mihaaru
ބައެއް ރީބްރޯޑްކާސްޓަރުންގެ ޖޫރިމަނާ މާފުކުރަނީ

ބައެއް ރީބްރޯޑްކާސްޓަރުންގެ ޖޫރިމަނާ މާފުކުރަން އޭޖީގެ ލަފައަކަށް އެދިއްޖެ

28 މެއި 2019

މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރީބްރޯޑްކާސްޓަރުންގެ މައްޗަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި ޖޫރިމަނާތައް މާފުކޮށްދެވޭނެ ހަމައެއް އޮތްތޯ ބަލައި އެކަމުގެ ލަފައަކަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އަރިހުގައި އެ ކޮމިޝަނުން މިއަދު އެދިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރީބްރޯޑްކާސްޓަރުންގެ މައްޗަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި ޖޫރިމަނާތައް މާފުކޮށްދެވޭނެ ހަމައެއް އޮތްތޯ ބަލައި އެކަމުގެ ލަފައަކަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އަރިހުގައި އެ ކޮމިޝަނުން މިއަދު އެދިއްޖެ އެވެ.

ބްރޯޑްކޮމް އިން ރިފްއަތަށް ފޮނުވި ސިޓީއެއްގައި ބުނީ، ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގައި ބަޔާންކުރާ ޖޫރިމަނާ 29 ފަރާތަކުން ދައްކަން ކޮމިޝަނުން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ފައިސާ ދެއްކީ 15 ފަރާތެއް ކަމަށް ސިޓީގައި ވެ އެވެ.

ޖޫރިމަނާ ނުދައްކާ ބައެއް ފަރާތްތަކުން އެ ޖޫރިމަނާ މާފު ކޮށްދިނުމަށް އެދި ކޮމިޝަނަށް ހުށަހެޅިއިރު، އެއީ ރަށްރަށުގައި ކުދި ވިޔަފާރިކުރާ ބައެއް ކަމަށް ސިޓީގައިވެ އެވެ.

މާލީ ހާލަތު ހުރި ގޮތުން ޖޫރިމަނާ ދެއްކުމަށް ނުކުޅެދިފައިވާތީ، އިތުރު ފުރުސަތެއް ދިނުމަށް އެ ފަރާތްތަކުން ބްރޯޑްކޮމްގައި އެދިފައިވާ ކަމަށް އެ ކޮމިޝަނުން އެދިފައި ވެ އެވެ.

ބައެއް ކުންފުނިތަކުން ޖޫރިމަނާ މާފު ކޮށްދިނުމަށް އެދި ރައީސް އޮފީހަށް ހުށަހެޅި އިރު، ސަރުކާރުގެ ބައެއް ވަޒީރުން ވެސް މިކަމުގައި ލުޔެއް އޮތްތޯ ބަލަން ބްރޯޑްކޮމް އަށް ހުށަހެޅި ކަމަށް ސިޓީގައިވެ އެވެ.

ކުންފުނިތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ބަލައި، އެ ދަތިކަމުން އަރައިގަތުމަށާއި ގާނޫނާއި ގަވައިދުގެ ތެރެއިން ހަރަކާތްތެރިވުމަށް ހިތްވަރު ދިނުމަށް އިތުރު ފުރުސަތެއް ހޯދައި ދިނުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ މިހާތަނަށް ޖޫރިމަނާ ފައިސާ ދައްކާފައި ނުވާ ފަރާތްތަކުގެ ޖޫރިމަނާ ގާނޫނާއި ގަވައިދުގެ ތެރެއިން މާފު ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ކޮމިޝަނުން ވަނީ ބަންޑާރަ ނައިބުގެ އަރިހުގައި އެދިފަ އެވެ.