14 ސެޕްޓެމްބަރ 2022
ރާއްޖޭގެ ބްރޯޑްކާސްޓަރުންނާ އެއް މޭޒެއްގައި މަޝްވަރާކޮށް، މައްސަލަތައް ހައްލުކުރުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް މަރިޔަމް ވަހީދާ މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބްރޯޑްކާސްޓަރުންނާ އެއް މޭޒެއްގައި މަޝްވަރާކޮށް، މައްސަލަތައް ހައްލުކުރުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް މަރިޔަމް ވަހީދާ މިރޭ ވިދާޅުވެއްޖެ އެވެ.
ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އެވޯޑް ހަފްލާގައި އޭނާ ވިދާޅުވީ، ކޮމިޝަނުގެ މެމްބަރުން މަސައްކަތްކުރަން ބޭނުންވަނީ ބްރޯޑްކާސްޓަރުންގެ ޝަކުވާތައް އަޑު އަހައި ވަރަށް ރަހުމަތްތެރިކޮށް ކަމަށެވެ.
"މިހާރުގެ ކޮމިޝަނުން މި އޮތީ ތިބޭފުޅުންނާ އެކު، އެއް މޭޒެއްގައި މައްސަލަތައް ހައްލުކޮށް، ތިބޭފުޅުންނަށް އެހީތެރިވެދީގެން، ރަހުމަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަން އަޅުގަނޑު ޔަގީންކޮށްދެން،" ރާއްޖޭގެ އެންމެ މަގުބޫލު ޕްރެޒެންޓަރުންގެ ތެރޭގައި ހިމެނޭ މަރީ ވިދާޅުވި އެވެ.
ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައި ބޭއްވި އެވޯޑް ހަފުލާގައި މަރީ ވިދާޅުވީ، ދިވެހިންގެ މުޅި ހަޔާތް ގުޅިފައިވަނީ ޓީވީ އާއި ރޭޑިއޯއާ ކަމަށާއި ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވާތީ ބްރޯޑްކާސްޓިންއާ ނުލައި ނުޅޭވެނެ ކަމަށެވެ. ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ކިތަންމެ ފުޅާވިޔަސް އެއީ ހުއްޓާނުލެވޭނެ ދާއިރާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިނިވަން ނޫސްވެރިކަމަށް ބެލިޔަސް އިސްލާމްދީނުގެ އެކި މައުލޫމާތު ކިޔައިދޭން ކަމުގައި ވިޔަސް އަދި އިގްތިސޯދު ތަރައްގީ ކުރުމަށް ކަމަށް ވިޔަަސް، ތަރައްގީގެ ދާއިރާ ވިޔަސް މި ކަންކަން ގެނެސްދެނީ ރޭޑިއޯ އާއި ޓީވީ މެދުވެރިކޮށް،" މަރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ނިއު މީޑިއާ ފުޅާވިޔަސް ޓީވީ އާއި ރޭޑިއޯ ހުއްޓާނުލެވޭނެ ސަބަބަކީ އެއީ ރިސާޗުކޮށް، ގިނަ މައުލޫމާތުތަކަކަށް ބިނާކޮށް ގެނެސްދޭ މައުލޫމާތުތަކަކަށް ވާތީ އެވެ.
"އެހެންކަމުން އަޅުގަނޑުމެންގެ ބްރޯޑްކާސްޓިން ދާއިރާ ދުވަހަކު ވެސް ފޮހެވިގެން ނުދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" މަރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބްރޯޑްކާސްޓިން ދާއިރާގައި އެއްވެސް ކަހަލަ އަގު ވަޒަންކުރުމެއް ނެތުމުގެ ސަބަބުން އެ ދާއިރާ އިން ބައެއް މީހުން ގެއްލިފައިވާ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގުވަޒަންކޮށް، އެ މީހުންނަށް އެވޯޑް ދޭ ސަބަބަކީ މިހާރުގެ ޖީލަށް އެއީ އިންސްޕިރޭޝަނަކަށް ހަދައި ދާއިރާ އަށް ޝައުގުވެރިކަން އުފެއްދުމެވެ.
ޕްރޮގްރާމުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ، ބްރޯޑްކާސްޓަރުންގެ ފަރާތުން ލިބޭ ކަމަށާއި އެކަންކަން ކުރެވޭނީ ސްޕޮންސަރުންގެ އެހީއާއެކު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ މީޑިއާތަކަށް ހަމަހަމަ ގޮތުގައި އެހީތެރިކަން ފޯރުކޮށްދޭން އެދިވަޑައިގަތަވެ.
ފުރަތަމަ ފަހަރަށް ބްރޯޑްކާސްޓިން އެވޯޑެއް ދޭން ބްރޯޑްކޮމުން ފެށިއިރު، މަރީ ވިދާޅުވީ އެ ދާއިރާގައި މަސައްކަތްނުކުރާ ބަޔަކު ފަނޑިޔާރުންގެ ޕެނަލްގައި ހިމެނީ އިންސާފުވެރި ގޮތަކަށް ހަފުލާ ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ.
އެ އެވޯޑްގެ ޖުރީންގެ ތެރޭގައި ހިމެނެނީ ޓީވީ ޕްރޮޑަކްޝަނުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި މަރިޔަމް ޝައުގީ އާއި ޕްރެޒެންޓަރު މަސްއޫދު އަލީ އަދި ޑރ. ލުޖެއިން އިސްމާއިލް ޝަފީގާއި ޑައިރެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި މާކެޓިން ދާއިރާ އިން އިމްޖާދު ޖަލީލާއި ދީނީ އިލްމުވެރިޔާ ސާމިޔާ ޒަކަރިއްޔާ އެވެ.
60 އަހަރު ލަސްވިޔަސް މިއީ ދޭންޖެހޭ އެވޯޑެއް: ރައީސް
އެކްރެޑިޓް ފާސް ދޫކުރާނީ ބްރޯޑްކާސްޓަރުންނަށް:ބްރޯޑްކޮމް
ބްރޯޑްކޮމްއަށް އަނާ އައްޔަން ކުރަން ފާސްކޮށްފި
ބްރޯޑްކޮމްގެ ރައީސަކަށް މަރީ، ނައިބަކަށް ގައިސް
އަލީ، ގައިސް އަދި މަރީ އަށް މަޖިލީހުން ރުހުން ދީފި
ލައިވް އިވެންޓްތަކުގެ ފީޑް ކަނޑަން އެންގޭ އުސޫލެއް
ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށެއް ނުދިން
ޖޫރިމަނާ ކުރީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އަޅަން
ގައިދީންގެ އިންޓަވިއު ނުގެންނަން އެންގުމުން ކޯޓަށް
ސަންގު ޓީވީން ޖޫރިމަނާ ދެއްކީ ޖާޑިއެއްގެ ފައިިސާއިން