20 ފެބުރުއަރީ 2018
އާ އަހަރު ފާހަގަ ކުރުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޝޯގެ ނެށުމެއްގައި އަންހެނުންތަކެއް ނިވައިކަން ކުޑަ ހެދުންތަކެއް ލައިގެން ނެށި މަންޒަރު ދެއްކި މައްސަލައިގައި މާފަށް އެދުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް މިއަދު އަންގައިފި އެވެ.
އާ އަހަރު ފާހަގަ ކުރުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޝޯގެ ނެށުމެއްގައި އަންހެނުންތަކެއް ނިވައިކަން ކުޑަ ހެދުންތަކެއް ލައިގެން ނެށި މަންޒަރު ދެއްކި މައްސަލައިގައި މާފަށް އެދުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް މިއަދު އަންގައިފި އެވެ.
ޕީއެސްއެމުން ލައިވް ކުރި އެ ޝޯގެ މައްސަލައެއް ބެލީ، ކޮމިޝަނުން ބުނި ގޮތުގައި، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި ދީނީ ގޮތުންނާއި އިޖްތިމާއީ މިންގަޑާއި ޚިލާފަށް ކޮންޓެންޓް ފޮނުވި ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެ ކޮމިޝަނުން ބުނީ އާ އަހަރުގެ ޝޯ ޕީއެސްއެމުން ލައިވްކުރި އިރު އެ ރޭ 21:03 އިން އިން 21:09 އަށް ގެނެސްދިން ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ. އެހެންވެ ބްރޯޑްކާސްޓިން ކޮމިޝަނުން ޕީއެސްއެމަށް އެންގީ އެ މައްސަލައިގައި މާފަށް އެދި ބަޔާނެއް ނެރެ، އެ ބަޔާން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ޓީވީން އާއްމު ކުރުމަށެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި އެ މައްސަލައިގެ ތަހުގީގުގައި ޕީއެސްއެމަށް ޖަވާބުދާރީވާން ފުރުސަތު ދިން ނަމަވެސް، އެ ތަނުން ޖަވާބުދާރީއެއް ނުވި އެވެ.
ޕީއެސްއެމުން ލައިވް ކުރި އެ ޝޯގައި ނިވައިކަން ކުޑަ ހެދުން ލައިގެން ނެށުމުން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ފާޑުކި އެވެ. ޝޯ އިންތިޒާމްކުރި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އެ މައްސަލައިގައި މާފަށް އެދުނެވެ.
އެ ކުންފުނިން ބުނެފައި ވަނީ ޝޯގައި ނެށި ބަޔަކު ހެދުން އަޅާފައިވަނީ އެ ފަދަ ހަރަކާތެއްގައި ބޭނުން ކުރަން އެންމެ އެކަށީގެންވާ ފަދަ ގޮތަކަށް ނޫން ކަމަށް އެ ކުންފުނިން ގަބޫލު ކުރާ ކަމަށެވެ. ކުރިމަގުގައި އެ ތަނުން އިންތިޒާމް ކުރާ ހަރަކާތްތައް، ރާއްޖޭގެ ސަގާފަތާއި ރިވެތި އުސޫލު އަދި އާއްމު އިޖްތިމާއީ މިންގަނޑާ އެއްގޮތަށް ކުރިއަށް ގެންދަން ސަމާލުކަން ދޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ޕީއެސްއެމްއާ މެދު އަމަލުކުރީ އާންމު އުސޫލުން:ބްރޯޑްކޮމް
ކޭބަލް ޓީވީ ހުއްދަ ޕީއެސްއެމަށް، 2017 ގައި ފަށަނީ
ބްރޯޑްކޮމްގެ މެމްބަރުކަމަށް އަލުން ހުޅުވާލައިފި
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
"އެވޯޑު ހަފުލާގައި އަޅުގަނޑުގެ ބައިވެރިވުމެއް ނެތް"
ޗެނަލް13ގެ ލައިސެންސް ބާތިލްކުރާ ނިންމުން ބަދަލުކޮށްފި
އެކްރެޑިޓް ފާސް ދޫކުރާނީ ބްރޯޑްކާސްޓަރުންނަށް:ބްރޯޑްކޮމް
ޕީއެސްއެމްގެ އަހަރީ ދުވަހު ކުރީގެ މޫނުތައް