25 ޖުލައި 2016
މީގެ 10 ވަރަކަށް އަހަރު ކުރި އެވެ. އެއީ ރާއްޖޭގައި މުއާސަލާތީ ހިދުމަތް އެންމެ ކުންފުންޏަކުން ދިން ދުވަސްވަރެވެ. ކައިރި ރަށެއްގައި ހުންނަ މީހަކަށް ގުޅައި "ހަލޯ" އޭ ބުނެ ނިމޭ އިރު ފޯނު ބިލަށް ހައެއްކަ ރުފިޔާ އަރަ އެވެ. ބޭރު ގައުމަކަށް ގުޅާލައިފި ނަމަ މަހު މުސާރަ އެއްކޮށް ހެން ހުސްވެ އެވެ.
މީގެ 10 ވަރަކަށް އަހަރު ކުރި އެވެ. އެއީ ރާއްޖޭގައި މުއާސަލާތީ ހިދުމަތް އެންމެ ކުންފުންޏަކުން ދިން ދުވަސްވަރެވެ. ކައިރި ރަށެއްގައި ހުންނަ މީހަކަށް ގުޅައި "ހަލޯ" އޭ ބުނެ ނިމޭ އިރު ފޯނު ބިލަށް ހައެއްކަ ރުފިޔާ އަރަ އެވެ. ބޭރު ގައުމަކަށް ގުޅާލައިފި ނަމަ މަހު މުސާރަ އެއްކޮށް ހެން ހުސްވެ އެވެ.
އޭރު ދިރާގުން ހަމައެއް ލަމައެއް ނެތި އަގުތައް ހަދާފައި ހުރީ އެކަން އެމީހުންނަށް ކުރެވެން އޮތީމަ އެވެ. ވާދަވެރި އެހެން ބަޔަކު އެ ވިޔަފާރިއަކު ނެތެވެ. އެކަން ހަމައަކަށް އެޅުމުގެ ކޮޅުމަތި ފެންނަން ފެށީ ވާދަ ކުރާނެ އިތުރު ކުންފުންޏެއް ގެނައުމުންނެވެ. މިހާރު މި ވަނީ މުއާސަލާތީ ހިދުމަތްތަކުގެ އަގުތައް އަތް ފޯރާ ފަށަށް އައިސްފަ އެވެ.
ކޭބަލް ޓީވީ އާއި އެއާ ގުޅުން ހުރި ހިދުމަތްތަކުގެ ހާލަތު އަދިވެސް އޮތީ މުއާސަލާތީ ހިދުމަތްތައް މީގެ އަހަރުތަކެއް ކުރިން އޮތް ހާލަތުގަ އެވެ. ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރި އަށް ވެސް ފާއިތުވެ ދިިޔަ އަހަރުތަކުގައި ދިމާވެފައި ވަނީ ހަމަ އެ މައްސަލަ އެވެ. އެ ދާއިރާގައި މީޑިއާނެޓާ ވާދަ ކުރާނެ ބަޔަކު ނެތުމުން އެ ތަނަށް ދައްކަން ޖެހޭ މަހުފީ އާއި ގަންނަން ޖެހޭ ޑީކޯޑަރުތަކުގެ އަގުތައް އަހަރުން އަހަރަށް ދިޔައީ ބޮޑު ވަމުންނެވެ. މުހިއްމު އިވެންޓުތައް ފަދަ ކަންކަމާ ގުޅިގެން ކުރަންޖެހޭ ހަރަދުތައް އިންތިހާ އަށް އުފުލެ އެވެ.
އެކަން ބަދަލު ކޮށްލުމުގެ ފުރުސަތު މިހާރު މިވަނީ ލިބިފަ އެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން އިތުރު ކުންފުނިތަކަށް ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދިނުމާ އެކު ކޭބަލް ޓީވީގެ އަގު ހެޔޮ ވާނެ ކަމުގެ އުއްމީދު މިވަނީ އާވެފަ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މުޅި ރާއްޖެ އަށް ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށްދޭނެ އިތުރު ފަރާތްތަކެއް ހޯދަން އިއުލާނެއް ކޮށްފަ އެވެ. އެ ފުރުސަތުގައި މި ހިދުމަތް ދޭން ކުރިމަތިލި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި އަމިއްލަ ކުންފުންޏަށް ވެސް މިހާރު ވަނީ ހުއްދަ ދޫކޮށްފަ އެވެ. އެ ދެ ފަރާތަށް ވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށްދިނުމަށް މިހާރު އެއްވެސް ގާނޫނީ ހުރަހެއް ނެތެވެ.
އެ ކޮމިޝަނުން ބުނާ ގޮތުގައި އެ ފުރުސަތު ހުޅުވާލީ މުޅި ރާއްޖެ ކަވަރު ކުރެވޭ ފެންވަރު ރަނގަޅު، އަގު ހެޔޮ ހިދުމަތެއް އާއްމުންނަށް ފޯރުކޮށްދޭން ބޭނުން ވާތީ އެވެ. އަދި މިހާރު ކޭބަލް ޓީވީގެ ހިދުމަތް ދޭ ފަރާތުގެ ޕެކޭޖުތަކުގެ ފީ ބޮޑު ކަމަށް ގިނަ ޝަކުވާ ލިބޭތީ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.
މީގެ ކުރިން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން އެ ފުރުސަތު އެކި ކުންފުނިތަކަށް ދިނެވެ. އެ ގޮތުން، ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގަށް ވެސް ވަނީ ލައިސެންސް ދީފަ އެވެ. އެކަމަކު، އެ ކުންފުނިން އަދި މުޅި ރާއްޖެ އަށް ކޭބަލް ޓީވީގެ ހިދުމަތް ދޭކަށް ނުފަށަ އެވެ. ދިރާގުގެ ކުރިން، ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދިން އެންމެ ފާހަގަކޮށްލެވޭ ކުންފުންޏަކީ ބީނެޓެވެ. އެ ކުންފުނިން ވަރަށް ފުޅާ ދާއިރާއެއްގައި ހިދުމަތް ފެށި ނަމަވެސް، ޒަމާންވީ މީޑިއާނެޓާ ޖެހި މާ ގިނަ ދުވަހަކު ކުރިއަށް ގެންދެވޭ ގޮތް ނުވީ އެވެ.
އޯކިޑް މަގުގައި ހުންނަ މީޑިއާނެޓް ސޭލްސް ސެންޓަރު: މީޑިއާނެޓުގެ މިއަހަރުގެ ރޯދަ ހަދިޔާ ގޮތުގައި ދެނީ ތުރުކީއަށް ދަތުރެއް. -- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން
ބީނެޓަށް އެ ހިދުމަތް ފުރިހަމަ އަށް ފޯރު ކޮށްދެވިފައި ނުވަނީ އެއީ އަމިއްލަ ކުންފުންޏަކަށް ވެފައި އޭގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެންނެވެ. ޕީއެސްއެމް މި ދާއިރާ އަށް ވަނުމާ އެކު ފެންނާނެ ތަފާތަކީ މިފަދަ ބޮޑު ކަމެއް ކުރުމުގެ ގާބިލްކަން އެ ކުންފުނީގެ ކިބައިގައި ހުރުމެވެ. ޕީއެސްއެމް އަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ތަނަކެވެ. ފައިސާގެ ތަނަވަސް ކަމާއި ވަސީލަތްތަކުގެ ގޮތުން ވެސް މުއްސަނދި ކުންފުންޏެކެވެ. އެހެންވެ، މިފަދަ ހިދުމަތެއް ދިނުމުގެ ގާބިލްކަން ހުރިހާ ގޮތަކުން ވެސް ޕީއެސްއެމް އަށް ލިބިފައިވެ އެވެ. ހަމަ އެއާ އެކު ހުއްދަ ދޫކޮށްފައިވާ އަނެއް ކުންފުނިން މިހާރު ވަނީ އެ މީހުން އެ ހިދުމަތް ދިނުމުގެ ހުރިހާ މަސައްކަތެއްހެން ނިމުމަކަށް ގެނެސްފަ އެވެ.
ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް އަންނަ އަހަރު ފަށަން ޕީއެސްއެމް އިން ތައްޔާރުވަމުން އަންނައިރު، އެ ކުންފުނިން އަމާޒު ހިފާފައިވަނީ މި ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ. އާއްމުން ކުރާ އުއްމީދަކީ ވެސް އެއީ އެވެ. އެހެންވެ، އަންނަ އަހަރު ހިދުމަތް ދޭން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަރަށް ބާރު ސްޕީޑުގައި މިހާރު ވެސް ފަށައިގެން ކުރިއަށް ގެންދަމުން އަންނަ ކަމަށް އެތަނުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޕީއެސްއެމް އާއި އެ ނޫން ވެސް ކުންފުނިތަކުން މި ދާއިރާ އަށް ވަދެ، ކޭބަލް ޓީވީގެ ހިދުމަތް ދޭން ފެށުމުން އާއްމުން ދެކެން ބޭނުންވަނީ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ދުވަހެކެވެ. މާ ގިނަ ފައިސާ ހަރަދު ކުރުމެއް ނެތި ބޭނުންވާ ޗެނަލްތައް ބަލައިލުމުގެ ހިތްހަމަޖެހުމާއި އުފާ ލިބިގަތުމަށެވެ. މުއާސަލާތީ ހިދުމަތް ދިނުމަށް އިތުރު ކުންފުންޏެއް ގެނައުމުން އެ ހިދުމަތުގެ އަގަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ފަދައިން ކޭބަލް ޓީވީގެ އަގަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ބެލެވެ އެވެ.
"ރާއްޖޭގެ ހުރިހާ ހިސާބަކަށް، އަތް ފޯރާ އަގުތަކެއްގައި ގިނަ ޗެނަލްތައް ބަލާލެވޭނެ ގޮތް ހަމަޖައްސައިދޭން. އެ މަސައްކަތް ކުރުމަށް މިހާރު މި ދަނީ ބޭރުގެ ޗެނަލްތަކާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުން،" ޕީއެސްއެމްގެ އޮފިޝަލަކު ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހުއްދަ ލިބިފައިވާ އަމިއްލަ ކުންފުނީގެ އަމާޒަކީ ވެސް މި ހިދުމަތުގެ އަގު އަތްފޯރާ ފަށަށް ގެނައުމެވެ. އެނގިފައިވާ ގޮތުގައި އަގުތަކަށް ބޮޑު ބަދަލެއް އަންނާނެ އެވެ.
ރާއްޖޭގެ ކޭބަލް ޓީވީގެ ހިދުމަތުގައި އުޅުއްވާ ބޭފުޅަކު ވިދާޅުވީ ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް މިހާރު ދެމުން އަންނަނީ ވަރަށް ބޮޑެތި އަގުތަކުގަ އެވެ.
"ހަތް ސަތޭކަ ރުފިޔާ ކަރަދުކުރަންވީމަ އެއީ ވަރަށް ބޮޑުވަރެއް. އަޅުގަނޑަށް ޔަގީން މިހާރު 300 ވަރަކަށް ޗެނަލް އެންމެ ކޮލިޓީކޮށް އެންމެ ގިނަވެގެން ވެސް ހަތަރުވަރަކަށް ސަތޭކަ ރުފިޔާ އަށް ދޫކުރެވޭނެކަން،" އޭނާ ވިދާޅުވި އެވެ. "މި މާކެޓަށް އިތުރު މީހުން ވަންނަންވީ. އޭރުން އަގުތައް ބަދަލުވާނެ."
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދަން ނުވަތަ މުނިފޫހި ފިލުވާލުމަށް ވެސް ބަލައިލެވެނީ ކޮންމެވެސް ޓީވީ ޗެނަލެކެވެ. ހުރިހާ އުމުރުފަރެއްގެ މީހުންނާ ވެސް ގުޅިފައިވާ މި ހިދުމަތަކީ މި ޒަމާނުގައި ޒަރޫރީ ބޭނުމަކަށް މިވަނީ ވެފަ އެވެ. އެެހެންވެ، މި ހިދުމަތް އަތް ފޯރާ ފަށަށް އަންނަންޖެހެ އެވެ. މިހާރު ކުރެވޭ އުއްމީދަކީ އެއީ އެވެ.
ކޭބަލް ޓީވީ ހުއްދަ ޕީއެސްއެމަށް، 2017 ގައި ފަށަނީ
ދިރާގުޓީވީ މަނާވާ ގަވައިދު ބަދަލުކުރަން އަންގައިފި
މީޑިއާ ނެޓަށް މޮނޮޕޮލީ ދިނުމާ ގިނަ މެންބަރުން ދެކޮޅު
މީޑިއާނެޓުން ނުފޫޒު ފޯރުވާ މައްސަލަ ބަލަން ގަރާރެއް
މީޑިއާނެޓް 52،000ރ. އިން ޖޫރިމަނާކޮށްފި
ރީބްރޯޑްކާސްޓަރުންނަށް ވޯލްޑްކަޕް ދެއްކޭނޭ: ބްރޯޑްކޮމް
ވޯލްޑް ކަޕްގެ މެޗުތައް ފެންނާނެ: މީޑިއާނެޓް
ވޯލްޑްކަޕަށް ކޭބަލް އޮޕަރޭޓަރުންނާއެކު އެއްބަހެއް ނުވެވޭ
މީޑިއާ ނެޓު ޖޫރިމަނާކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
ކޭބަލް ޓީވީ ކުންފުންޏެއް 290،000ރ.އިން ޖޫރިމަނާ