ހައިވެފައި އޮތް މިޔަރެއްގެ ހަމަލާއިން ސަލާމަތްވުމަކީ ނާދިރު ކަމެކެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ވީޑިއޯ އަކީ އެމެރިކާ މީހަކު މިޔަރެއްގެ ހަމަލާއިން ހަނި ގޮތަކަށް ސަލާމަތްވާ މަންޒަރު ފެންނަ ވީޑިއޯއެކެވެ.
01 ޖޫން 2017
ހައިވެފައި އޮތް މިޔަރެއްގެ ހަމަލާއިން ސަލާމަތްވުމަކީ ނާދިރު ކަމެކެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ވީޑިއޯ އަކީ އެމެރިކާ މީހަކު މިޔަރެއްގެ ހަމަލާއިން ހަނި ގޮތަކަށް ސަލާމަތްވާ މަންޒަރު ފެންނަ ވީޑިއޯއެކެވެ.
ކެނޯއެއްގައި ކަނޑަށް ނުކުމެ އުޅުނު މި މީހާ އަށް ކައިރީގައި ބޮޑު މިޔަރެއް ބުރު ޖަހަމުން ދިޔަ ކަމެއް ނޭނގެ އެވެ.
ޑައިވަރެއްގެ ގޮތުގައި 18 އަހަރު މަސައްކަތްކޮށްފައިވާ ބްރައަން ކޮރޭއިއާ ކެލިފޯނިއާގެ މޮންޓެރެރީ ބޭ ގައި ކެނޯ ދުއްވާލަން ނުކުތީ އާދައިގެ މަތިންނެވެ. އެންމެ މީހަކަށް އެރޭ ވަރުގެ ކެނޯގައި އޭނާ ދަތުރު ކުރަމުން ދަނިކޮށް ހުދު ކުލައިގެ ބޮޑު މިޔަރެއް ކެނޯ ގައި ޖެހިގަތެވެ. އޭނާ އިނީ މިފަދަ ކަމެއް ދިމާވެދާނެ ކަމަށް ވިސްނައިގެން ނޫންކަމުން، އަރައަޅާލައިގެން ގޮސް ކަނޑަށް ވެއްޓުނީ އެވެ.
ބްރައަން ހަމަޖެހިލައިގެން ބަލައިލި އިރު އޭނާ ދުއްވަން އިން ކެނޯ އޮތީ މިޔަރުގެ އަނގައިގެ ތެރޭގަ އެވެ. އަދި މިޔަރާއި އޭނާއާ ދޭތެރޭގައި ހުރީ ތިން ފޫޓެއްހާ ދުރުމިނެވެ.
ބްރައަން އެއްގަމަށް އަރަން ފަތައިގަތުމުގެ ކުރިން ކޯސްޓް ގާޑާ ގުޅި އެވެ. ނަމަވެސް އޭނާގެ މެސެޖެއް ކޯސްޓް ގާޑަކަށް ނުލިބުނެވެ. އަދި އޭނާ އާ ވަރަށް ކައިރިން ދުއްވާފައި ދިޔަ ބޯޓަކާ ވެސް ދިމާވި އެވެ. ނަމަވެސް އޭނާގެ ނަސީބު ދެރަކަމުން އެ ބޯޓަށް އަރަން ހަރުގަނޑެއް ނެތެވެ. އެ ބޯޓުގައި ތިބި މީހުން ކޯސްޓް ގާޑަށް ގުޅައިގެން އެމީހާ ވަނީ ސަލާމަތް ކޮށްފަ އެވެ.
މިޔަރެއް ސަލާމަތްކުރަން އުޅުމުން ނުރައްކާތެރި ހާދިސާއެއް
ފަގީރަކަށް ކާންދިން ކުއްޖަކަށް އެތައް ބައެއްގެ ލޯބި
ކާކް މަރާލުމަށް ފަހު ފޮނުވި މެސެޖުތައް ހާމަކޮށްފި
ކާކް މަރާލި ކަމަށް ރޮބިންސަން އެއްބަހެއްނުވި
ޗާލީ ކާކް އަށް ހަމަލާ ދިނީ 22 އަހަރުގެ މީހެއް
ޗާލީ ކާކް މަރާލި ހަމަލާ ދިން މީހާ ހައްޔަރުކޮށްފި
ޓްރަމްޕުގެ އެކުވެރި އެކްޓިވިސްޓް ޗާލީ ކާކް މަރާލައިފި
ގަތަރަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި
ގަތަރަށް ދެން ހަމަލާއެއް ނުދޭނެ: އެމެރިކާ
ނޭވީ ސީލްގެ ނާކާމިޔާބު އޮޕަރޭޝަނެއް ފަޅާއަރުވާލައިފި