އެމެރިކާގެ ކެލިފޯނިއާގައި، ގެދޮރު ނެތި މަގުމަތިވެފައިވާ ފަގީރަކަށް ކާއެތިކޮޅެއް ދިން ކުޑަ ކުއްޖަކު އެތައް މިލިއަން ބައެއްގެ ލޯބި ހޯދައިފި އެވެ.
އެމެރިކާގެ ކެލިފޯނިއާގައި، ގެދޮރު ނެތި މަގުމަތިވެފައިވާ ފަގީރަކަށް ކާއެތިކޮޅެއް ދިން ކުޑަ ކުއްޖަކު އެތައް މިލިއަން ބައެއްގެ ލޯބި ހޯދައިފި އެވެ.
މި މަހުގެ ފުރަތަމަ ދުވަހު ފޭސްބުކްގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެލާ ނަމަކަށް ކިޔާ ކުއްޖާ ރެސްޓޯރަންޓެއްގައި ބައްޕައާ އެކު ކާން އިނދެފައި، ކާއެއްޗެހި ހިފައިގެން ނިކުމެ، ބޭރުގައި އިން ފަގީރު މީހާއަށް ދެ އެވެ. މި ވީޑިއޯ 42 މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައިވެ އެވެ.
ކުޑަކުއްޖާގެ ބައްޕަ އެޑީ ސްކޮޓް އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ގޮތުގައި، ފަގީރު މީހާ އަށް އެހީވުމުން ދަރިފުޅަށް ވަނީ ރަނގަޅު ފިލާވަޅެއް ދަސްވެފަ އެވެ. އަދި ދަރިފުޅުގެ ހިތްވަރަށް ފަޚުރުވެރިވާ ކަމަށް ބުނެފައިވެ އެވެ.
ވީޑިއޯ އިން އަޑު އިވޭ ގޮތުގައި ކުއްޖާ ކާން އިން ސްޓީކާއި އަލުވިކޮޅު ފަގީރު މީހާ އަތަށް ދިނުމަށް ދާން ހިތްވަރު ދެކީ ބައްޕަ އެޑީ އެވެ. ކާއެތިކޮޅު ދީފައި އައުމުން، އެ އަމަލުގެ ސަބަބުން ފަގީރު މީހާއަށް ދުވަހުގެ ކޮއްތު ލިބި އުފާވެރިކަން ލިބިދާނެ ކަމަށް ބުނާ އަޑު އިވެ އެވެ.
އެތައް މިލިއަން ބައެއްގެ ސަމާލުކަން ލިބުނު ވީޑިއޯ
ކުރުސީ ހިންގަނީ ކާކުކަން އެނގޭ: ރަޝިޔާ
ޓިކްޓޮކް ހަދާ މީހުން ވެސް ވައިޓް ހައުސްގެ ޕްރެސްތަކަށް
ޓިކްޓޮކް ގަންނަން މައިކްރޮސޮފްޓް މަޝްވަރާގައި
އެމެރިކާގައި ޓިކްޓޮކް މަނާކޮށްފި
ކޯޓުން ނާކާމިޔާބުވެ އެމެރިކާގައި ޓިކްޓޮކް މަނާވެދާނެ
ކަމަލާއަށް މަލާމަތްކުރާތީ ކަންގަނާ ރުޅިގަދަވެއްޖެ
އެމެރިކާގައި ޓިކްޓޮކް މަނާކުރާ ސްޓޭޓާ ދެކޮޅަށް ކޯޓަށް
ޓްރަމްޕަށް "ހަމަލާދޭން" ރާވާ ވީޑިއޯއެއް ބުލޮކް ކޮށްފި
ކޮންގްރެސްގެ މެމްބަރަކު ޓުވިޓާއިން ބޭރުކޮށްފި
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު