ޓަމިލް ނާޑޫ (ޖޫން 20) - އިންޑިއާގެ ދެކުނުގެ ޓަމިލް ނާޑޫ ސްޓޭޓުގައި ރާ ވިއްކާ 500 އަށް ވުރެ ގިނަ ތަންތަން ބަންދު ކުރަން ސްޓޭޓުގެ ސަރުކާރުން އަންގައިފި އެވެ.
20 ޖޫން 2016
ޓަމިލް ނާޑޫ (ޖޫން 20) - އިންޑިއާގެ ދެކުނުގެ ޓަމިލް ނާޑޫ ސްޓޭޓުގައި ރާ ވިއްކާ 500 އަށް ވުރެ ގިނަ ތަންތަން ބަންދު ކުރަން ސްޓޭޓުގެ ސަރުކާރުން އަންގައިފި އެވެ.
ޓަމިލް ނާޑޫގައި އަލަށް އިންތިޚާބުވި ސަރުކާރުން ބުނީ ރާ މަނާކުރަން ނިންމީ ގިނަ ހަމަނުޖެހުންތަކުގެ އަސްލަކީ އެއީ ކަމަށްވާތީ ހަމަނުޖެހުންތައް މަދު ކުރަން ކަމަށެވެ. ޗީފް މިނިސްޓަރު ޖަޔަލަލިތާ ޖަޔަރަމް އާއި އެހެން ސިޔާސީ ލީޑަރުން ވެސް ވަނީ ސްޓޭޓުގައި މިދިޔަ މަހު ބޭއްވި އިންތިޚާބުގެ ކެމްޕޭނުގައި ރާ މަނާ ކުރާނެ ކަމަށް ބުނެފަ އެވެ.
ރާ މަނާކުރުމުގެ ވައުދަށް ގިނަ އަދަދެއްގެ އަންހެނުން ވަނީ ތާއީދުކޮށްފަ އެވެ. އެ މީހުން ބުނި ގޮތުގައި ގެވެށި އަނިޔާ އާއި ޖިންސީ ގޯނާ ކުރުމުގެ އަސްލަކީ ރާ ބުއިމެވެ. އަދި މަދުން އާމްދަނީ ލިބޭ މީހުންގެ ފައިސާކޮޅު ރާބުއިމަށް ހޭދަކޮށް އާއިލާތައް ނިކަމެތިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ބަންދު ކުރަނީ ޓަމިލް ނާޑޫ ސްޓޭޓް މާކެޓިން ކޯޕަރޭޝަންގެ ރާ ވިއްކާ ތަންތަނެވެ. އެ ނޫން ތަންތަން ވެސް ހުޅުވާފައި ހުންނަ ވަގުތު ވަނީ ކުޑަކޮށްފަ އެވެ.
އޮފިޝަލުން ބުނީ ރާ ވިއްކުން މަނާ ކުރުމުން އެހެން ސްޓޭޓްތަކުން ރާ އެތެރެކުރުމުގެ ބިރު އެބައޮތް ކަމަށާއި އަދި އަމިއްލަ އަށް ރާ އުފައްދައިގެން ބޭނުން ކުރުމުގެ ބިރު ވެސް ބޮޑު ކަމަށެވެ.
ކެރަލާ ސްޓޭޓުގެ ވަރަށް ގިނަ ތަންތަނުގައި ރާ ވިއްކުން ވަނީ 2014 ވަނަ އަހަރު މަނާކޮށްފަ އެވެ. އިރުމަތީގެ ބިހާރު ސްޓޭޓުގައި ވެސް މި އަހަރު ވަނީ ރާ ވިއްކުން މަނާކޮށްފަ އެވެ. ހުޅަނގުގެ ގުޖުރާތުގެ ސްޓޭޓުގައި ރާ ވިއްކުން މަނާކޮށްފައިވާތާ އެތައް އަހަރެއް ވެއްޖެ އެވެ. މީގެ އިތުރުން އިރު އުތުރުގެ ބައެއް ސްޓޭޓްތަކުގައި ވެސް ވަނީ ރާ ވިއްކުން މަނާކޮށްފަ އެވެ.
ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންތަކެއް ޑީޕޯޓްކުރަނީ
އަމިއްލައަށް ހެދި ރަލަކުން އިންޑިއާގައި 17 މަރު
ބޯފެން ހުސްކުރި 40 ފުޅީގައި ބަނގުރާ
ވިހަ ރާ ބޮއެގެން އިންޑިއާގައި މަރުވި އަދަދު 53 އަށް
ރާއްޖޭގައި ތިބި ޓެމިލްނާޑޫ މީހުންނަށް ހާއްސަ ފްލައިޓެއް
ތަރައްގީކުރުމުގެ ނަމުގައި މަލިކު ހަލާކުކޮށްލަނީ!
ފްލައިޓް ތެރޭގައި ކައިވެނިކުރުމުން ބޮޑު މައްސަލައަކަށް
އިންޑިއާގެ "އިޑްލީ އައްމާ" އަށް މަހުޖަނެއްގެ އެހީ
ކަމަލް ހަސަން ފިލްމު ކުޅުމާ މެދު ދެވަނަ ވިސްނުމަކަށް
އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ރައްޔިތުން ހަނދަށް؟!