18 މެއި 2017
ބިލް ނުދައްކައިގެން ކަރަންޓު ކަނޑާލި ކަައުންސިލް އިދާރާތަކަށް އިއްޔެ އަލުން ކަރަންޓު ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ބިލް ނުދައްކައިގެން ކަރަންޓު ކަނޑާލި ކަައުންސިލް އިދާރާތަކަށް އިއްޔެ އަލުން ކަރަންޓު ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ފެނަކައިން އިއްޔެ ބުނީ ކަރަންޓު ބިލް ނުދައްކާތާ އެތައް މަހެއް ވެފައިވާ 25ހަކަށް ކައުންސިލް އިދާރާ އިން މި ހަފުތާ ތެރޭގައި ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ. ކަރަންޓު ކަނޑާލުމުން ދިހަ ކައުންސިލަކުން ބިލް ދެއްކި ކަމަށް ވެސް އެތަނުން ބުންޏެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށްގެން، ކަރަންޓު ބިލް ދެއްކޭނެ ގޮތެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެެ. އެހެންވެ، ކަރަންޓު ކަނޑާލި ކައުންސިލް އިދާރާތަކަށް މިހާރު ކަރަންޓު ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން އެ ކުންފުނީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިއްޔެ ވިދާޅުވީ ބައެއް ކައުންސިލްތަކުން ކަރަންޓު ބިލް ނުދައްކާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އެތަންތަނުން ކަރަަންޓް ބިލަށް ނުލިބި ހުރި ފައިސާގެ އަދަދު 80 މިލިޔަން ރުފިޔާ އަށް އަރާ ކަމަށެވެ.
"އާއްމު ރައްޔިތެއްގެ ގެއަކުން ކަރަންޓު ބިލް ނުދައްކާތާ ދެ މަސް ވާއިރަށް އެބަ އަޅުގަނޑުމެން ކަރަންޓު ކަނޑާލަން. އެކަމަކު ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކުން ކަރަންޓު ބިލް ނުދައްކާތާ އެތަކެއް މަހެއް ވާއިރު ވެސް އަޅުގަނޑުމެން ކަނޑައެއް ނުލަން. އޭގެ ސަބަބުން އެ ތަންތަނުން ބިލްތައް ނުދައްކައި އެތައް މިލިޔަން ރުފިޔާއަށް އެބަ އަރާ،" ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކަރަންޓު ބިލު ދެއްކުމަށް ކައުންސިލްގެ ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާއިން، ބައެއް ކައުންސިލްތަކުން އެހެން ކަންކަމަށް ބޭނުން ކުރެ އެވެ. އަދި އެކަމުގެ ސަބަބުން ބިލް ދައްކާނެ ފައިސާ ނެތިގެން ފިނޭންސް މިނިސްޓްރީގައި އެދޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރު"ން ގުޅި ބައެއް ކައުންސިލްތަކުން ބުނީ ފިނޭންސް މިނިސްޓްރީއާ ގުޅައިގެން، ކަރަންޓު ބިލް ދައްކާނެ ފައިސާ ހޯދުން އަބަދުވެސް އުނދަގޫ ކަމަށާއި ކޮންމެ މަހަކު ވެސް އެތައް ފަހަރަކު މިނިސްޓްރީއަށް ގުޅަން ޖެހޭ ކަމަށެވެ. އަދި ގިނަ ފަހަރު ބިލްތައް ދައްކަނީ ދެތިން ހަތަރު މަސް ފަހުން، ފިނޭންސުން ފައިސާ ހަމަޖެހުމުން ކަމަށް ކައުންސިލުތަކުން ބުންޏެވެ.
ބިލު ނުދައްކާ ކައުންސިލް އިދާރާތަކުން ކަރަންޓު ކަނޑަނީ
މިލިއަނުން ހުރެ ބައެއް ކައުންސިލްތަކުން ބިލެއް ނުދައްކާ
މި މަހުގެ ކަރަންޓު ބިލު ވެސް ބޮޑުވާނެ: ސްޓެލްކޯ
ރަށްރަށުގެ ކަރަންޓާއި ފެން މާލެއެކޭ އެއް އަގަކަށް
އަލިފުށީ ކަރަންޓް މައްސަލަ އަދިވެސް ހައްލެއް ނުވޭ!
ބޮޑު ކަރަންޓު ބިލެއް ތައްޔާރުކުރި މުވައްޒަފު ވަކިކޮށްފި
ފެނަކައިން ކަރަންޓުގެ އަގު ހެޔޮކޮށްފި
ކަރަންޓުގެ އަގު މައްޗަށް، އަދިވެސް ދާނީ މަތިވަމުން
ފެނަކަ އިނދަޖެހިފައި، މުސާރަ ވެސް ދެވޭ ވަރެއް ނޫން!
ކަރަންޓް ބިލްތަކަށް 400 މިލިއަން ފެނަކައަށް ނުލިބޭ