Roadha Mihaaru
ފެނަކައިން ކަރަންޓުގެ އަގު ހެޔޮކޮށްފި

ފެނަކައިން ކަރަންޓުގެ އަގު ހެޔޮކޮށްފި

23 އެޕްރީލް 2017

އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރުމުން، ފެނަަކައިން ކަރަންޓު ޔުނިޓަކުން ތިން ލާރި އަގު ހެޔޮކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރުމުން، ފެނަަކައިން ކަރަންޓު ޔުނިޓަކުން ތިން ލާރި އަގު ހެޔޮކޮށްފި އެވެ.

ފެނަކަ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗެއާމަން އިގުބާލު އާދަމް ވިދާޅުވީ ކުންފުނީގެ ބޯޑުން ނިންމީ ޑީސަލްގެ އަގު ހެޔޮވި ދުވަހުން ފެށިގެން ކަރަންޓް ބިލަށް ބަދަލު ގެންނަން ކަމަށެވެ.

"މިމަހުގެ ކަރަންޓް ބިލް ފޮނުވާއިރު، މިިދިޔަ ބުރާސްފަތި ދުވަހުން އައި ބަދަލު އިމްޕްލިމެންޓް ކުރާނެ،" އިގުބާލު ވިދާޅުވި އެވެ.

އެސްޓީއޯއިން ތެލަށް ގެނައި ބަދަލާ އެކު ސްޓެލްކޯއިން ވެސް ވަނީ ސާޗާޖް ކުޑަކުރަން ނިންމައިފަ އެވެ. އެގޮތުން އެ ކުންފުނިން ނިންމީ ސާޗާޖުން އަށް ޕަސެންޓް ކުޑަކުރުމަށެވެ.

އެސްޓީއޯ އިން މިއަދުން ފެށިގެން ތެލުގެ އަގު ވަނީ ހެޔޮކުރަން ނިންމައިފަ އެވެ. އެގޮތުން ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި ވަނީ ހެޔޮކޮށްފަ އެވެ.