02 ޖުލައި 2017
ތެލުގެ އަގު ހެޔޮވުމާ ގުޅިގެން މިމަހުން ފެށިގެން ފިއުލް ސާޗާޖު އުނިކުރުމުން ކަރަންޓުގެ އަގު މިމަހުން ފެށިގެން 10- 15 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮވާނެ ކަމަށް ބުނެފި އެވެ.
ތެލުގެ އަގު ހެޔޮވުމާ ގުޅިގެން މިމަހުން ފެށިގެން ފިއުލް ސާޗާޖު އުނިކުރުމުން ކަރަންޓުގެ އަގު މިމަހުން ފެށިގެން 10- 15 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮވާނެ ކަމަށް ބުނެފި އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ފިއުލް ސާޗާޖަށް ގެނައި ބަދަލާއެކު ސްޓެލްކޯ އާއި ފެނަކަ މެދުވެރިކޮށްދޭ ކަރަންޓު ދޭ ހުރިހާ ރަށެއްގެ އަގު ވެސް އެ ބަދަލާއެކު ހެޔޮވެގެންދާނެ ކަމަށެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަދި ޖުމްލަކޮށް ހުރިހާ ވިޔަފާރިތަކަށް ވެސް ކަރަންޓުގެ އަގަށް ބަދަލު ގެނެވިފައި އޮންނާނެ. އަދި މި ބަދަލުތައް ދެން ބިލް އަންނައިރު އޮންނާނީ އިމްޕްލިމެންޓްވެފައި. އަގު ބަދަލު ގެންނަން ވާހަކަދައްކަނީ އެއް ނޫން،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ގެނައި ބަދަލާ ގުޅިގެން ސްޓެލްކޯ އާއި ފެނަކަ އަށް ލިބޭ އާމްދަނީން އަހަރަކު ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ ރައްޔިތުންނަށް ދޫކޮށްލެވޭ ކަމަށެވެ. އަދި އެ ކުންފުނިތަކަށް ލިބޭ އާމްދަނީ ކުޑަވުމުން ހިންގުން ހަރުދަނާކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
ކަރަންޓުގެ އަގަށް ގެނައި ބަދަލާ ބެހޭ ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކުގެ އިސްވެރިންނާއެކު އެނާޖީ މިނިސްޓަރު ތޯރިގު ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
"މި ގެނައި ބަދަލާ ގުޅިގެން ހުރިހާ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފައިދާކުރާނެ. މީގެ ސަބަބުން ސަރުކާރުގެ ކަރަންޓް ޔުނިޓިލިޓީ ކުންފުނިތަކަށް އަހަރަކު ލިބެމުންދިޔަ 270 މިލިއަން ރުފިޔާގެ ސޭވިން އެއް ރައްޔިތުންނަށް މިދެނީ. ކުރިޔަށް އޮތްތަނުގައި އެ ކުންފުނިތަކުގެ އެފިޝަންސީ ވަރުގަދަކޮށްގެން މިއަށްވުރެ ހެޔޮ ބަދަލު އަދިވެސް ގެނެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ކަރަންޓުގެ އަގު ހެޔޮކުރަން ނިންމި ގޮތުގެ ތަފުސީލެއް އެ ކުންފުނިތަކުން ހާމައެއްނުކުރެ އެވެ. އަދި އެ ކުންފުނިތަކުން ބުނީ ތަފުސީލްތައް ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އާއްމުކުރާނެ ކަމަށެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ ކަރަންޓުގެ އަގަށް ބަދަލު ގެނައިއިރު ޓެރިފަށާއި ފިއުލް ސާޗާޖު ނަގާ ބޭންޑަށް އެއްވެސް ބަދަލެއް ގެންނަން ނިންމާފައިނުވާ ކަމަށެވެ.
"ސާޗާޖުގެ ބޭންޑަށް އެއްވެސް ބަދަލެއް ގެންނާކަށް އަދި ނިންމާފައެއް ނެތް. ކުރިން އޮތް ގޮތަށް އޮންނާނީ،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކަރަންޓުގެ އަގަށް ބަދަލު ގެންނަން ނިންމީ ދާދިފަހުން ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރުމާ ގުޅިގެން ކަމަށެވެ. އަދި އެ ބަދަލާ ގުޅިގެން ސްޓެލްކޯއަށާއި ފެނަކައަށް ތެޔޮ ލިޓަރެއް ވިއްކާ އަގު މިހާރު 7.94ރ. އަށް ހެޔޮކޮށްފައިވާ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
"ފިއުލް ސާޗަށް ބަދަލުތަކެއް އައިސްގެން އަގުހެޔޮކުރެވިގެން ދަނީ. ފިއުލް ސާޗާޖު ނަގަނީ 8ރ. އިން ފެށިގެން މައްޗަށް ދިއުމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ އެސްޓީއޯ އިން ކަރަންޓު ކުންފުނިތަކަށް ތެޔޮ ވިއްކާ އަގަކީ ވަރަށް ހާއްސަ އަގެއް ކަމަށެވެ. އަދި އެ އަގު އެގޮތުގައި ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކަށް ޑީސަލް ލީޓަރެއް ގަންނަ އަގު 8ރ. އަށް ވުރެ ބޮޑުވާ ނަމަ ކޮންމެ ދިހަ ލާރިއަކުން ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމަށް ހުއްދަ ދީފަ އެވެ.
ތެލުގެ އަގު ބޮޑުވަނީ ލިބޭ އަގު ވެސް ބޮޑުވާތީ:އެސްޓީއޯ
ރަށްރަށުގެ ކަރަންޓާއި ފެން މާލެއެކޭ އެއް އަގަކަށް
ކަރަންޓުގެ އަގު މައްޗަށް، އަދިވެސް ދާނީ މަތިވަމުން
ފެނަކަ އިން ވެސް ތެލުގެ ސާޗާޖަށް 27ލ. ނަގަނީ
ކަރަންޓު ހެޔޮ ކުރުމުގެ ވައުދު ދަނީ ފުލުން: އެމްޑީޕީ
ތިން އަހަރު ތެރޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރަނީ
ކުޑަހުވަދޫގައި ސްމާޓް މީޓަރުތައް ބޭނުންކުރަން ފަށައިފި
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
ރޯދަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދެނީ
މިސްކިތްތަކުގެ ކަރަންޓް ބިލް ކުޑަކުރަނީ