12 ޖޫން 2016
ކަރަންޓުގެ އަގު ހެޔޮކޮށް ރައްޔިތުންގެ ޖީބަށް ލުއިވެގެން ދާނެ ކަމަށް ސަރުކާރުން ހާމަކުރިޔަސް އެ ވައުދު ދަނީ ފުލުން ކަމަށް އިދިކޮޅު އެމްޑީޕީން ރޭ ބުނެފި އެވެ.
ކަރަންޓުގެ އަގު ހެޔޮކޮށް ރައްޔިތުންގެ ޖީބަށް ލުއިވެގެން ދާނެ ކަމަށް ސަރުކާރުން ހާމަކުރިޔަސް އެ ވައުދު ދަނީ ފުލުން ކަމަށް އިދިކޮޅު އެމްޑީޕީން ރޭ ބުނެފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން އަމަލު ކުރަމުން އަންނަނީ ކަރަންޓުގެ ހިދުމަތް ދިނުމުގައި ރައްޔިތުންނަށް އޮޅުވާލާއި ގައުމުގެ އިގްތިސާދަށް ނުހަނު ނޭދެވޭ އަސަރުތަކެއް ކުރާނެ ގޮތްތަކަކަށް ކަމަށާއި އެކަމާ އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ.
އާންމު ގޭބިސީތަކަށް ދޫކުރާ ކަރަންޓްގެ އަގު ހެޔޮ ނުކޮށް އުޅެނިކޮށް ވިޔަފާރިތަކަށް ސަރުކާރުން ބިލް ކުރަމުން އައި ގޮތަށް ބަދަލު ގެނެސް، 3000 ޔުނިޓަށް ވުރެ މައްޗަށް ހިނގާ ޔުނިޓަށް އަގު ކުރެވޭ ރޭޓް އިތުރު ކުރެވިފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
މިހެން ހެދުމުން، ކަރަންޓު ގިނަ އިން ބޭނުންކުރާ މީހުންގެ ބިލް 23 ޕަސަންޓު ނުވަތަ އެ އަށް ވުރެ އިތުރު ވެގެންދާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އާއްމުކޮށް ކަރަންޓު ބޭނުން ކުރުން އިތުރުވެގެން ދާނީ ވިޔަފާރިކުރާ ތަންތަނުގައި ކަމަށްވާތީ މިއީ ވިޔަފާރިކުރާ ފަރާތްތަކަށް ހުރި ބޮޑު ގޮންޖެހުމެއްކަމުގައި ދެކެމެވެ. --އެމްޑީޕީގެ ބަޔާން
އެ ޕާޓީގެ ބަޔާނުގައިވާ ގޮތުން މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކެތްކޮށްލަން އުނދަގޫވާ ފަދަ ހާލަތަށް ދާނެ ކަމަށް ބެލެވެ އެވެ. ވިޔަފާރިކުރާ މީހުންނަށް މިފަދަ ދަތިތަކާ ކުރިމަތިވުމުން މިކަމުގެ ސީދާ ގެއްލުން ރައްޔިތުންނަށް ކުރާނެ އެވެ.
މީގެ އިތުރުން ވިޔަފާރި އަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި މުދަލާއި ހިދުމަތްތަކުގެ އަގު ބޮޑުކުރުމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގުތައް އަތް ނުފޯރާ ފަށަށް ގޮސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށް ވާ ތަން ފެންނަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ހަމައެއާއެކު، ގިނަ މީހުން އެއް ގެއެއްގައި އުޅޭ ކަމުގައިވާ ނަމަ އެގޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ބިލް ބޮޑުވެގެންދާނެ އެވެ. ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ހާލަތު ހުރި ގޮތުން، ގިނަ ފަހަރު ގިނަ މީހުން އެއް ކޮޓަރިއެެއްގައި ނުވަތަ އެއ ގެއެއްގައި އުޅެން މެދުވެރިވަނީ ތަންކޮޅެއް ފޯރުންތެރިކަން ކުޑަ އާއިލާތަކުގަ އެވެ. ކަރަންޓުގެ ހިދުމަތަށް މި ގެނެވުނު ބަދަލުގެ ސަބަބުން ގިނަ އާއިލާތައް ދިރިއުޅޭ ގެތަކުގެ ބިލް ވެސް ވަރަށް ބޮޑު ތަން އިތުރުވެެ ގޮސްފައިވާކަން ހިތާމައާ އެކު ފާހަގަ ކުރަމެވެ." ބަޔާނުގައިވެ އެވެ.
ސްޓެލްކޯގެ މައި އިމާރާތް. ވިޔަފާރިތަކަށް ޗާޖުކުރާ ކަރަންޓްގެ އާ ޓެރިފް ރޭޓްތަކާ އެކު ބޮޑެތި ވިޔަފާރިތަކުގެ ކަރަންޓް ބިލް ވަނީ ބޮޑުވެފައި. ފޮޓޯ: ނިޝާން އަލީ/މިހާރު
އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ކަރަންޓުގެ އަގު ބޮޑު ކުރީ ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެކަމަށް ސަމާލުކަމެއް ނުދީ ސަރުކާރަށް ލިބޭ ފައިސާ އިތުރުކުރުމަށެވެ.
އެ ބަޔާނުގައިވާ ގޮތުން ކަރަންޓު އަގަށް ކުއްލި ބަދަލުތައް އައުމުން ވިޔަފާރިތަކަށްވާނެ ދަތިތަކާއި އެ ވިޔަފާރިތަކުން ހަދާފައިވާ ޕްލޭންތަކަށް ބުރޫ އަރާނެ މިންވަރާ މެދު ސަރުކާރުން ނުވިސްނާކަން ސާފުވެ އެވެ. އަދި މިއީ އިގްތިސާދީ މާހިރުން ކަން ކުރައްވާނެ ގޮތް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެހެންވެ އެމްޑީޕީން ވަނީ އޮޅުވާލައިގެން ހޯދާ ފައިސާ ކޮރަޕްޝަންގެ އަމަލުތަކުން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް ކަރަންޓު ބިލް ބޮޑު ނުކުރުމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުންނަ ވަރަށް އަތްފޯރާ އަގުގައި ތެޔޮ ފޯރު ކޮށްދިނުމަށާއި ސަބްސިޑީ ކަނޑާނުލުމަށް ގޮވާލައިފަ އެވެ.
ކަރަންޓު އަގު ހެޔޮކުރަން ޓެރިފް ރޭޓް އެއްހަމަކުރަނީ
އެމްޑީޕީން ކަރަންޓާ ގުޅޭ ވެރިންނާ ބައްދަލުކޮށްފި
ފިއުލް ސާޗާޖު އުނިކުރުމުން ކަރަންޓުގެ އަގު ހެޔޮވަނީ
ކަރަންޓުގެ އަގު މައްޗަށް، އަދިވެސް ދާނީ މަތިވަމުން
ތެލުގެ އަގު ބޮޑުވަނީ ލިބޭ އަގު ވެސް ބޮޑުވާތީ:އެސްޓީއޯ
ރޯދަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދެނީ
މިސްކިތްތަކުގެ ކަރަންޓް ބިލް ކުޑަކުރަނީ
ސްޓެލްކޯއިން ފެނަކަ އަށް ފަންނީ އެހީ ދެނީ
ކަރަންޓު ބިލް ގުޑުވާލުން: ވުމަށްވުރެ ނުވުން ގާތް!
ކަރަންޓުގެ ޓެރިފް ރޭޓުތައް ޒަމާނަކަށް ނުފެތޭ!