19 އެޕްރީލް 2017
ދިމިޝްގު (އެޕްރީލް 19) - އެމެރިކާ އިން މިދިޔަ މަހު ސީރިއާ އަށް ދިން ޑްރޯން ހަމަލާ އަރާފައި ވަނީ މީހުން ފުރިފައި ތިބި މިސްކިތަކަށް ކަމަށް އެ ހާދިސާ ތަހުގީގު ކުރި ތަފާތު ތިން ފަރާތަކުން ބުނެފި އެވެ.
ދިމިޝްގު (އެޕްރީލް 19) - އެމެރިކާ އިން މިދިޔަ މަހު ސީރިއާ އަށް ދިން ޑްރޯން ހަމަލާ އަރާފައި ވަނީ މީހުން ފުރިފައި ތިބި މިސްކިތަކަށް ކަމަށް އެ ހާދިސާ ތަހުގީގު ކުރި ތަފާތު ތިން ފަރާތަކުން ބުނެފި އެވެ.
ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އާއި ލަންޑަނުގައި ހިންގާ ފޮރެންސިކް އާކިޓެކްޗާ އަދި ތަހުގީގީ ގޮތްޕެއް ކަމަށްވާ ބެލިންކެޓުން ބުނެފައި ވަނީ މާޗް 16 ވަނަ ދުވަހު އެމެރިކާ އިން ހަލަބުގެ ހުޅަނގަށް ދިން ހަމަލާ އަރާފައި ވަނީ މިސްކިތަކަށް ކަމަށެވެ. އެ ހަމަލާގައި ވަނީ 38 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފަ އެވެ.
އެކަމަކު އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ ހަމަލާ ދިނީ ސީރިއާގައި ހަރަކާތްތެރިވާ އަލް ގައިދާ ޖަމާއަތުގެ މެންބަރުން ބާއްވަމުން ދިޔަ ބައްދަލުވުމަކަށް ކަމަށެވެ. ނަމަވެސް ފޮޓޯގްރާފަރުންނާއި ވީޑިއޯ އަދި ހަމަލާ ދިން އިމާރާތް ބެލުމަށް ފަހު ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައި ވަނީ ހަމަލާ ދީފައި ވަނީ އަލް ޖިނާ އަވަށުގެ މިސްކިތަކަށް ކަމަށެވެ. އަދި ޑްރޯން ހަމަލާ ދިނުމުން މިސްކިތުން މީހުން ނުކުންނަނިކޮށް އިތުރު މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް ވެސް ތަހުގީގުގައި ބުނެފައިވެ އެވެ.
އެޗްއާރުޑަބްލިއުގެ ތަހުގީގުގައި އިސްކޮށް އުޅުއްވި އޮލެ ސޮލްވަން އަލް ޖަޒީރާ އަށް ބުނީ އާއްމުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އެމެރިކާ އިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ. އަދި ހަމަލާ ދިނީ މިސްކިތެއްކަން ނޭނގޭ ކަމަށް އެމެރިކާ ސިފައިން ބުނެފައިވާ ކަމަށް ސޮލްވަން ބުންޏެވެ. އެޗްއާރުޑަބްލިއު އިން ވަނީ އެ ހަމަލާގެ މައުލޫމާތު އެނގޭ 14 މީހަކާ އިންޓަވިއު ކޮށްފަ އެވެ. އޭގެ ތެރޭގައި ހަމަލާ ދިން އިރު މިސްކިތުގައި ތިބި ހަތަރު މީހުން ވެސް ހިމެނެ އެވެ.
އެޗްއާރުޑަބްލިއު އަށް މައުލޫމާތު ދިން މީހުން ބުނީ މިސްކިތަށް ހަމަލާ ދިނީ މަޣްރިބް ނަމާދަށް ފަހު އެއް ގަޑިއިރު ފަހުން ކަމަށެވެ. އަދި އެއީ އިޝާ ނަމާދުވުމުގެ 15 މިނިޓް ކުރިން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ ވަގުތު މިސްކިތުގައި ކުރިއަށް ދިޔަ ދަރުސް އަޑު އަހަން 300 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ވެސް އެޗްއާރުޑަބްލިއު އިން ބުނެފައިވެ އެވެ.
އެޗްއާރުޑަބްލިއުގެ ރިޕޯޓުގައި ބުނެފައި ވަނީ ނަމާދު ފަށަން ތައްޔާރުވެފައި ވަނިކޮށް މިސްކިތަކަށް ހަމަލާ ދިނުމާއި އަދި އެ މިސްކިތުން ނުކުތް މީހުންނަށް ހަމަލާ ދިނުމަކީ ހަނގުރާމައިގެ އުސޫލްތަކާ މުޅިން ޚިލާފަށް އެމެރިކާ އިން ކޮށްފައިވާ ކަމެއް ކަމަށެވެ.
ރަޝިޔާ ދަނީ ކެމިކަލް ހަމަލާ ފޮރުވަން މަސައްކަތް ކުރަމުން
އެމެރިކާ އިން ސީރިއާއަށް ދިން ހަމަލާ ހަނދާން ނުނެތޭނެ
ސީރިއާ އަށް އިތުރު ހަމަލާ ދޭނެކަމުގެ އިންޒާރު ދީފި
ސީރިއާއަށް އެމެރިކާ ހަމަލާދިނުމުން ރަޝިޔާ ރުޅިގަދަވެއްޖެ
ސީރިއާ އަށް އެމެރިކާ އިން ވައިގެ ހަމަލާދީފި
ހަލަބުގެ މިސްކިތަކަށް ވައިގެ ހަމަލާދީ 42 މަރު
ސީރިއާ މައްސަލާގައި ރަޝިޔާ އިން ދަނީ ދޮގު ހަދަމުން
އެހީގެ ވެހިކަލްތަކަށް ހަމަލާ ދިނުމުން އެމެރިކާ ރަތަށް
އައިއެސްގެ ތެޔޮ ޓޭންކަރުތަކަކަށް ވައިގެ ހަމަލާދީފި
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ