Roadha Mihaaru
އެހީގެ ވެހިކަލްތަކަށް ހަމަލާ ދިނުމުން އެމެރިކާ ރަތަށް

ސީރިއާގައި އެހީގެ ވެހިކަލްތަކަށް ހަމަލާ ދިނުމުން އެމެރިކާ ރުޅިގަދަވެއްޖެ

20 ސެޕްޓެމްބަރ 2016

ވޮޝިންޓަން (ސެޕްޓެމްބަރު 20) - ސީރިއާގެ ހަލަބު ސިޓީގެ ކައިރިން އެހީ ހިފައިގެން ދަތުރު ކުރި ވެހިކަލްތަކަކަށް ހަމަލާ ދިނުމުން އެމެރިކާ ރުޅިގަދަ ވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ސެޕްޓެމްބަރު 20) - ސީރިއާގެ ހަލަބު ސިޓީގެ ކައިރިން އެހީ ހިފައިގެން ދަތުރު ކުރި ވެހިކަލްތަކަކަށް ހަމަލާ ދިނުމުން އެމެރިކާ ރުޅިގަދަ ވެއްޖެ އެވެ.

އުރްމުލް އަލް ކަރުބާގެ ކައިރިން ދަތުރު ކުރަމުން ދިޔަ އެހީގެ ވެހިކަލްތަކަށް ހަމަލާ ދިންކަން އދ. އިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. މި ހަމަލާތަކުގައި ވަނީ 12 މީހުން މަރުވެފަ އެވެ.

އެކްޓިވިސްޓުން ބުނީ އެހީގެ ވެހިކަލްތަކަށް ހަމަލާ ދިނީ އެމެރިކާ އާއި ރަޝިޔާ ގުޅިގެން އެކުލަވާލި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިކަން އިއުލާންކުރި ފަހުން ކަމަށެވެ.

ސީރިއާ އަށް އެހީ ހިފައިގެން ދަތުރު ކުރި 31 ވެހިކަލުގެ ތެރޭން 18 ވެހިކަލަށް ވަނީ ހަމަލާ އަރާފައި.

ސީރިއާ އަށް އެހީ ހިފައިގެން ދަތުރު ކުރި 31 ވެހިކަލުގެ ތެރޭން 18 ވެހިކަލަށް ވަނީ ހަމަލާ އަރާފައި.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެހީގެ ތަކެތި ހިފައިގެން ދިޔަ ވެހިކަލްތަކުގެ މަންޒިލް ސީރިއާ ސިފައިންނާއި ރަޝިޔާ އަށް އެނގޭނެ ކަމަށެވެ. އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އެހީގެ ވެހިކަލްތަކަށް ހަމަލާ ދިނީ ރަޝިޔާ ނޫނީ ސީރިއާ ސިފައިން ކަމަށް ބެލެވޭ ކަމަށެވެ. އެހީ ދިނުމާ ބެހޭ އދ. ގެ އިސްވެރިޔާ ސްޓޭފަން އޯ ބްރިއަން ވިދާޅުވީ އެހީގެ ތަކެތި ހިފައިގެން ދިޔަ ވެހިކަލްތަކަށް ހަމަލާދީފައި ވަނީ ގަސްދުގައި ކަމަށާއި އެއީ ބޮޑު ކުށެއް ކަމަށެވެ.

އދ. ގެ ތަރުޖަމާނަކު ބުނީ އެހީގެ ތަކެތި ހިފައިގެން ދަތުރުކުރި 31 ވެހިކަލްގެ ތެރޭން 18 ވެހިކަލަށް ހަމަލާ އެރި ކަމަށެވެ. މަންޒަރުދުށް މީހުން ބުނީ ފަސް މިސައިލެއް ވެހިކަލްތަކަށް އެރި ކަމަށެވެ.

ސީރިއާގައި ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި އޮތް ނަމަވެސް ޓެރަރިސްޓް ޖަމާއަތްތަކަށް ހަމަލާ ދޭން އުޅުނު ކަމަށް ބަލާ ކޯލީޝަނުގެ ބޯޓުތަކުން ވަނީ ސީރިއާ ސިފައިންނަށް ހަމަލާދީ 60 މީހުން މަރާލައިފަ އެވެ. އެމެރިކާ އިން ބުނީ އެ ހަމަލާތަކުގެ އަމާޒަކަށް ހެދީ އިސްލާމިކް ސްޓޭޓް (އައިއެސް) ކަމަށެވެ. އަދި އެއީ ސީރިއާ ސިފައިން ކަމަށް ރަޝިޔާ އިން އެންގި ހިސާބުން ހަމަލާތައް ހުއްޓާލި ކަމަށް ވެސް ބުނެފައިވެ އެވެ.