Roadha Mihaaru
ސީރިއާ އަށް އިތުރު ހަމަލާ ދޭނެކަމުގެ އިންޒާރު ދީފި

ސީރިއާ އަށް އިތުރު ހަމަލާ ދޭނެކަމުގެ އިންޒާރު އެމެރިކާ އިން ދީފި

08 އެޕްރީލް 2017

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 8) - ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމުގެ ތުހުމަތުގައި ސީރިއާ އަށް މިސައިލް ހަމަލާތަކެއް ދީފައި ވަނިކޮށް އިތުރު ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 8) - ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމުގެ ތުހުމަތުގައި ސީރިއާ އަށް މިސައިލް ހަމަލާތަކެއް ދީފައި ވަނިކޮށް އިތުރު ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފި އެވެ.

އދ. އަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު ނިކީ ހޭލީ ވިދާޅުވީ ސީރިއާ އިން ކެމިކަލް ހަތިޔާރު ބޭނުންކުރާ އިރު އެމެރިކާ ހިމޭނުން ނޯންނާނެ ކަމަށެވެ. ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ހޭލީ ވިދާޅުވީ ކެމިކަލް ހަތިޔާރު ހުއްޓުވުމަކީ އެމެރިކާގެ ގައުމީ ސަލާމަތާ ވެސް ގުޅިފައިވާ މައްސަލައެއް ކަމަށާއި ސީރިއާ އިން ކެމިކަލް ހަތިޔާރު ބޭނުންކުރާ ނަމަ އެ ގައުމަށް އިތުރު ހަމަލާ ދިނުމަށް އެމެރިކާ ތައްޔާރަށް އޮތް ކަމަށެވެ. ސީރިއާ އިން ޖަރީމާތައް ހިންގަމުންދާ އިރު ރަޝިޔާ އާއި އީރާނުން އެ ގައުމަށް ވާގިވެރިވަމުންދާތީ ހޭލީ ވަނީ އެ ދެ ގައުމަށް ފާޑުވިދާޅުވެފަ އެވެ.

އެމެރިކާ އިން ދިން ވައިގެ ހަމަލާތަކުގައި ސީރިއާގެ ވައިގެ މަރުކަޒަށް ގެއްލުންތައް ލިބިފައި. --ފޮޓޯ:އޭއެފްޕީ

އެމެރިކާ އިން ދިން ވައިގެ ހަމަލާތަކުގައި ސީރިއާގެ ވައިގެ މަރުކަޒަށް ގެއްލުންތައް ލިބިފައި. --ފޮޓޯ:އޭއެފްޕީ

"ރައީސް ބައްޝާރުލް އަސަދުގުގެ ބާރުގަދަވެގެން ދިއުމަކީ އިތުރު ޖަރީމާތައް ހިންގުމަށް ހުޅުވިގެންދާނެ މަގެއް،" ހޭލީ ވިދާޅުވި އެވެ.

ރަޝިޔާ އިން ބުނީ ސީރިއާއާ ދެކޮޅަށް އެމެރިކާ އިން ހަމަލާދީގެން އެ ގައުމުގައި ހަނގުރާމަކުރާ އިދިކޮޅު ފަރާތްތަކަށް ވާގިވެރިވަމުންދާ ކަމަށެވެ. އަދި ވައިގެ ހަމަލާތަކުން ސީރިއާ ދިފާއުވެވޭނެ ނިޒާމު ވަރުގަދަ ކުރާނެ ކަމަށް ރަޝިޔާ އިން ވަނީ ބުނެފަ އެވެ. ސީރިއާގެ މަތިން އުދުހޭ ހަނގުރާމަ މަތީ ބޯޓުތައް އެކްސިޑެންޓްތަކުން ސަލާމަތް ކުރުމަށް ގާއިމްކޮށްފައިވާ އެއްބަސްވުން މަޑުޖައްސާލުމަށް ވެސް ރަޝިޔާ އިން ވަނީ ނިންމައިފަ އެވެ.

އެމެރިކާ އިން ވައިގެ ހަމަލާތަކުގައި ޒަޚަމްވި ޕައިލެޓެއްގެ ހާލު ބެލުމަށް ސީރިއާ ސިފައިންގެ އިސް ބޭފުޅުން ޒިޔާރަތް ކުރަނީ. --ފޮޓޯ:އީޕީއޭ

އެމެރިކާ އިން ވައިގެ ހަމަލާތަކުގައި ޒަޚަމްވި ޕައިލެޓެއްގެ ހާލު ބެލުމަށް ސީރިއާ ސިފައިންގެ އިސް ބޭފުޅުން ޒިޔާރަތް ކުރަނީ. --ފޮޓޯ:އީޕީއޭ

ސީރިއާ އިން ކެމިކަލް ހަމަލާ ދިން ކަމަށް ބުނާ ވައިގެ މަރުކަޒަށް އެމެރިކާ އިން ދިން ވައިގެ ހަމަލާތަކުގައި ހަ މީހުން ވަނީ މަރުވެފަ އެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ޚާން ޝެއިޚޫން އަށް އަންގާރަ ދުވަހު ދިން ކެމިކަލް ހަމަލާގައި 89 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އިދްލީބުގެ ހެލްތު އޮތޯރިޓީން ބުންޏެވެ. މަރުވި މީހުންގެ ތެރޭގައި 33 ކުޑަ ކުދިންނާއި 18 އަންހެނުން ހިމެނެ އެވެ.

އދ. އަށް ކަނޑަޅާފައި ހުންނަ އެމެރިކާ ސަފީރުގެ ނައިބް ލަޑިމިއާ ސަފްރޮންކޯފް ވިދާޅުވީ އެމެރިކާ އިން ހަމަލާ ދިނުމުގައި ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ.