12 އެޕްރީލް 2018
ބޭރޫތު (އެޕްރީލް 12) - ސީރިއާ އަށް އަމާޒުކޮށް އެމެރިކާ އިން ފޮނުވާލާ ކޮންމެ މިސައިލެއް ވައްޓާލާނެ ކަމަށް ލުބުނާނަށް ކަނޑައަޅާފައި ހުންނަ ރަޝިޔާގެ ސަފީރު އެލެގްޒެންޑާ ޒަސިޕްކިން ވިދާޅުވެއްޖެ އެވެ.
ބޭރޫތު (އެޕްރީލް 12) - ސީރިއާ އަށް އަމާޒުކޮށް އެމެރިކާ އިން ފޮނުވާލާ ކޮންމެ މިސައިލެއް ވައްޓާލާނެ ކަމަށް ލުބުނާނަށް ކަނޑައަޅާފައި ހުންނަ ރަޝިޔާގެ ސަފީރު އެލެގްޒެންޑާ ޒަސިޕްކިން ވިދާޅުވެއްޖެ އެވެ.
ހިޒްބުﷲ އިން ހިންގާ އަލް މަނާރު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ޒަސިޕްކިން ވިދާޅުވީ އެމެރިކާ އިން ފޮނުވާލާ މިސައިލްތައް ވައްޓާލާނެކަމުގެ އިންޒާރު ރަޝިޔާ ސިފައިންގެ ވެރިޔާ ވެސް ކުރިން ދީފައިވާ ކަމަށެވެ. ރަޝިޔާގެ ޗީފް އޮފް ސްޓާފް ޖެނެރަލް ވަލެރޭ ޖެރަސިމޯވް މާޗް މަހު ވިދާޅުވެފައި ވަނީ ސީރިއާ އަށް އަމާޒުކޮށް އެމެރިކާ އިން ދޭ މިސައިލެއްގެ ނުރައްކާ ރަޝިޔާ އަށް އޮތް ނަމަ ވައްޓާލާނެ ކަމަށެވެ.
ޒަސިޕްކިން ވިދާޅުވީ ސީރިއާގައި ރަޝިޔާ ސިފައިން ބައެއް ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހަނގުރާމަވެރިންގެ އަތް ދަށުން އިރުމަތީ ޣޫތާ ދާދި ފަހުން ސަލާމަތް ކުރުން އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ރަސިޕްކިން އިންޓަވިއު ދެއްވި އިރު ވަނީ ސީރިއާގައި ކެމިކަލް ހަމަލާއެއް ދިން މައްސަލާގައި އެމެރިކާ އާއި ހުޅަނގުން ގުޅިގެން ސީރިއާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ އެވެ. މި އިންޒާރުތަކާ ގުޅިގެން ސީރިއާ ސިފައިން ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ.
ސީރިއާ އާއި ރަޝިޔާ އިން ބުނަމުން ދަނީ އިރުމަތީ ޣޫތާގައި ކެމިކަލް ހަމަލާއެއް ނުދޭ ކަމަށެވެ.
ރަޝިޔާގެ މަނަވަރުތަކުން އައިއެސް އަށް ހަމަލާ ދީފި
އެމެރިކާގެ ނިއުކްލިއާ މައުލޫމާތު ރަޝިޔާއަށް ނުދޭނެ
އެމެރިކާ އިން ޔޫކްރޭންގެ ސިފައިން ތަމްރީންކުރަނީ
އެމެރިކާގެ މިސައިލް ނިޒާމުތަކަށް ހަމަލާ ދޭނަން: ރަޝިޔާ
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
އުތުރު ކޮރެއާގެ ދިފާއުގައި ރަޝިޔާ އާއި ޗައިނާ
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ތުރުކީގެ ވައިގެ ސަރަހައްދު ރަޝިޔާ އަށް ބަންދު
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި